بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

އާދެ، މިއަދުގެ މި ޕްރެސް ކޮންފަރެންސަށް ވަޑައިގެންނެވި ހުރިހާ ނޫސްވެރިންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އާދެ، އާންމު އުސޫލުން ކޮންމެ ހަފުތާއަކު ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މިއަދު މީގެ ދެވަނަ ބައްދަލުވުން ބޭއްވިގެން މިދަނީ.

އާދެ، އަޅުގަނޑު ހަމަ ދެތިން ކަމެއް ފުރަތަމަ ޙިއްޞާކޮށްލަން ގަސްދުކުރަން. އާދެ، ތިޔަބޭފުޅުންނަށްވެސް އިއްޔެ ފެނިވަޑައިގެންފައިވާނެ، ނޫސްވެރިންނާ ބައްދަލުކުރެއްވި މިނިސްޓީރިއަލް ކޮމިޓީގެ ފަރާތުން މިހާރު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި، ކަންކަން ދިރާސާކުރުމަށް އަދި ކަންކަން ކަނޑައެޅުމަށްޓަކައި އެކުލަވާލެވިފައިވާ މިނިސްޓީރިއަލް ކޮމިޓީން ވަރަށް ތަފްޞީލުކޮށް އެކިއެކި ދާއިރާތަކުން ކަންކަން ގެންދަމުންދާ ގޮތް، ނޫނިއްޔާ ކުރިއަށް ގެންދިޔުމަށް ގަސްދުކުރާ ގޮތާބެހޭ މަޢުލޫމާތު ވަނީ ޙިއްޞާކޮށްފައި.

އާދެ، ސަރުކާރުން ވަރަށް ގާތުން މިދަނީ މިހާރު މި ހިނގާ ހަނގުރާމައިގެ ކަންތައްތައް ބަލަމުން. ރާއްޖެއަށް މިއިން ކުރާ އަސަރުތަކާއި އަދި އެކަންކަމުން އަރައިގަތުމަށްޓަކައި ރައްޔިތުންނަށް އެންމެ ރަނގަޅަށް ކަންތައްތައް ފޯރުކޮށްދިނުމަށްޓަކައި ކުރެވޭނެ ކަންތައްތައް ބަލައި ދިރާސާކޮށް، ގޮތްގޮތް ކަނޑައަޅަމުން. އެގޮތުން، އިއްޔެ ވަރަށް ގިނަ މަޢުލޫމާތުތައް ވާނީ އެކިއެކި ވަޒީރުން ޙިއްޞާކުރައްވާފައި. އެއީ، ޓޫރިޒަމްގެ ދާއިރާއިން ދިމާވަމުންދާ ގޮންޖެހުންތަކާ ގުޅޭގޮތުން ކަމުގައިވިޔަސް، އަދި ތެޔޮ ހޯދުމުގައި، ނޫނިއްޔާ ކާބޯތަކެތި ހޯދުންކަމުގައިވިޔަސް، މިހެންގޮސް ކޮންމެ ދާއިރާއަކުންވެސް މުހިންމު މަޢުލޫމާތުތަކެއް އިއްޔެ ވަނީ ޙިއްޞާކުރެވިފައި.

އާދެ، މި ހިނގާ ހަނގުރާމައަކީ ރާއްޖެ ފަދައިން ހަމަ އެހެން ހުރިހާ ޤައުމުތަކަށްވެސް އޭގެ އަސަރުތައް ކުރާ ކަމެއް. ރާއްޖެއަކީ މި ހަނގުރާމަ ހިނގާ ސަރަހައްދާ ކިތަންމެ ދުރުގައި އޮތް ޤައުމެއް ކަމަށްވިޔަސް، ރާއްޖެއަކީ ވަރަށް ބޮޑަށް ފަތުރުވެރިކަމަށް ޑިޕެންޑްވެފައި އޮތް ޤައުމަކަށްވާއިރުގައި، މި ހަނގުރާމައިގެ އަސަރު ކޮންމެގޮތެއްވިޔަސް ވަރަށް ބޮޑަށް ކުރަމުންދާކަން އަޅުގަނޑުމެން އިއްޔެ ވާނީ ތަފްޞީލުކޮށް ބަޔާންކޮށްފައި.

އާދެ، މެދުއިރުމަތީގެ އެއަރޕޯޓުތަކާއި، އެއަރލައިންތައް ބޭނުންކޮށްގެން ވަރަށް ގިނަ ފަތުރުވެރިން ރާއްޖެ މި އަންނަނީ. ގާތްގަނޑަކަށް 30 އިންސައްތަ ފަތުރުވެރިން ރާއްޖެ މި އަންނަނީ މެދުއިރުމަތީގެ އެކިއެކި އެއަރލައިންތަކާއި އަދި އެއަރޕޯޓުތައް ބޭނުންކޮށްގެން. އެހެންވީމާ، އޭގެ ސަބަބުން މިދިޔަ ގާތްގަނޑަކަށް ވިއްސަކަށް ދުވަސް، އެކާވީސް ދުވަސް ތެރޭގައި، މިދިޔަ އަހަރުގެ މި ދުވަސްވަރާ ބަލާއިރުގައި، ދަށްވެގެން މި ދިޔައީ 21 އިންސައްތަ ޓޫރިސްޓް އެރައިވަލް. އެ ކެޗަޕްކުރާނެ ގޮތް، ނޫނީ އެއަށް ހެދޭނެ ގޮތްތައް އިއްޔެ އަޅުގަނޑުމެން ވާނީ އޯލްޓަރނޭޓިވް ގޮތްތަކެއް ކަނޑައަޅާފައި، އަޅުގަނޑުމެން ރާއްޖޭގެ ޓޫރިޒަމް ޑައިވަރސިފައި ކުރުމަށްޓަކައި. ކުރީގައިވެސް އަޅުގަނޑުމެންގެ މެނިފެސްޓޯގައި ކަނޑައަޅައިގެން ވިޒިޓަރ އިކޮނޮމީ ސިޔާސަތުގެ ދަށުން ކުރަމުންދާ ކަންތައްތައް އިތުރަށް ފުޅާކޮށް އަދި އާ ކަންތައްތައް އީޖާދުކުރުމުގެ މަސައްކަތްތަކެއް ކުރި. ރާއްޖެއަށް މިހާރު އަންނަން ބޭނުންވާ ޓޫރިސްޓުން ރާއްޖެ އައިސް، ރާއްޖޭގައި ތިބެ، އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކާ ބެހޭ ފިޔަވަޅުތަކެއް އަޅައި، މިދަނީ ޙިއްޞާކުރަމުން. އަދި އެއާއެކީގައި، އިތުރު ޑެސްޓިނޭޝަންތަކާއި، އިތުރު ރޫޓުތައް ކަނޑައެޅުމާ ބެހޭގޮތުންވެސް ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ކުރަން. އަޅުގަނޑުމެންނާ އެކުވެރި ވަރަށް ގިނަ ޤައުމުތަކާ އެކީގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވި، ވަރަށް ކުރިއެރުންތައް ލިބެމުން މިދަނީ. އެހެންވީމާ، ޓޫރިޒަމްގެ ޞިނާޢަތަށް މި އަންނަ ޝޮކް، ނޫނިއްޔާ އެ ގެއްލެމުންދާ ގެއްލުން ކުޑަކުރުމަށްޓަކައި ވީހާވެސް ރަނގަޅު ފިޔަވަޅުތަކެއް އެޅުމަށް އިރާދަކުރެއްވީތީ މަސައްކަތް ކުރަމުން އެބަ ގެންދަން.

އަސާސީ ކާބޯތަކެއްޗަށް ބަލާއިރުގައި، އެކަމުގައި އިރާދަކުރެއްވިއްޔާ ހަނގުރާމައިގެ ކުރިންވެސް އޮތް ހާލަތުގައި، ހަނޑޫ، ހަކުރު، ފުށް ހަމަ އެއްވެސް ކަހަލަ ދަތިކަމެއް ނެތި މިހާރުވެސް ރާއްޖޭގައި ކުރިންވެސް ހުރި އަދަދަށް އަބަދުވެސް ގެނެވި، ސްޓޮކް މެއިންޓެއިން ކުރަމުން ދަނީ. އެހެންވީމާ، އެކަމުގައި އިރާދަކުރެއްވީތީ އެއްވެސް ކަހަލަ ދަތިކަމެއް އަދި ދިމައެއްނުވޭ އަދި އެންޓިސިޕޭޓް ކުރެވޭ ކަމެއްވެސް ނޫން. އިރާދަކުރެއްވިއްޔާ އެކަމުގައި އަޅުގަނޑުމެންގެ އެއްވެސް ކަންބޮޑުވުމެއް ނެތް. އަދި އަގުވެސް މައްޗަކަށް ދާނެ ކަމެއް ނޫން އެއީކީއެއް.

ދެން ތެލުގެ ކަންތަކުގައި ވަރަށް ތަފްޞީލުކޮށް އިއްޔެ މަޢުލޫމާތުތައް ދެވިފައި ވާނެ. ތެޔޮ އަގުބޮޑުވަމުންދާ ގޮތާއި އަދި ރާއްޖެއަށް ތެޔޮ ގެނައުމުގައި މިހާރު ކަންތައްތައް ކުރަމުންދާ ގޮތް، މިހާރު ގެނެވިފައި ހުރި ޝިޕްމަންޓްސްތަކާ ގުޅޭ އަދި ކުރިއަށް އޮތް މަހުގެ ފުރަތަމަ ހަފުތާގައި ގެނެވޭ ޝިޕްމަންޓްސްތަކާ ގުޅޭ މި ހުރިހާ މަޢުލޫމާތުތަކެއް ޙިއްޞާކުރެވުނު. އެހެންނަމަވެސް، ތެލުގެ އަގު ބޮޑުވެ، ކުޑަވަމުން މިދަނީ މި ހަނގުރާމައިގެ ތެރޭގައި. ކޮންމެ ދުވަހަކުވެސް ތަފާތުތަކެއް އެބައާދޭ. އޭގެ ސަބަބުން އަންނާނެ ލޮޅުންތައް އަޅުގަނޑު މިދަނީ ވަރަށް ރަނގަޅަށް ބަލަމުން. އާންމު ރައްޔިތުންނަށް އެއިން ވީހާވެސް ކުޑަކޮށް އިމްޕެކްޓް އަންނާނެ ގޮތަކަށް ސަރުކާރުން މިކަން މެނޭޖް ކުރުމުގެ މަސައްކަތްތަކެއް، އަދި ތެލާ ބެހޭ ވިޔަފާރީގައި އުޅޭ ޕްރައިވެޓް ސެކްޓަރވެސް މީގައި ބައިވެރިވާ ގޮތަށް، ރާއްޖޭގެ އިޤްތިޞާދުގައި އެންމެ ރަނގަޅު ގޮތެއްގައި މިކަން ދެމެހެއްޓޭނެ ގޮތަކަށް މިގެންދަނީ ތެލުގެ ކަންތައްވެސް ބަލަހައްޓަމުން.

އެހެންވީމާ، ޖުމްލަކޮށް ދަންނަވަންޏާ، މި ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރާ އަސަރުތަކާ ގުޅޭގޮތުން އަޅުގަނޑުމެން މިގެންދަނީ ވަރަށް ގާތުން މި ހުރިހާ ކަމަކަށް އެޑްރެސްކުރަމުން. އަދި އަޅަންޖެހޭ ފިޔަވަޅުތައް އަޅުގަނޑުމެން ގެންދާނީ އިރާދަކުރެއްވިއްޔާ އަޅަމުން. މިހާރު އަޅުގަނޑުމެން ކަނޑައަޅާފައި މިއޮތީ ހަފުތާއަކު އެއްދުވަހު މިނިސްޓީރިއަލް ކޮމިޓީން ޕްރެސްއާ މީޓް ކުރައްވާ ގޮތަށް. ކޮންމެ ހަފުތާއަކު އާދީއްތަ ދުވަހު، އިއްޔެ އިއުލާނު ކުރެވުނު ގޮތަށް. އެހެންވީމާ، ވަރަށް ގާތުން ތިބޭފުޅުންނަށް، ރައްޔިތުންނަށް އެނގެމުންދާނެ ގެންނަންޖެހޭ ބަދަލެއް އޮތްކަމުގައިވިޔަސް. އެހެންވީމާ، އަޅުގަނޑުމެން ވަރަށް ސަމާލުކަން ދީގެން މިކަމުގައި މިގެންދަނީ މަސައްކަތްތައް ކުރަމުން.

އެހެންވީމާ، އެއީ އެ ކަންތައް ގޮސްފައިވާ ހިސާބު. އަޅުގަނޑުމެންގެ ގްރޮސް ރިޒަރވްވެސް ހަމަ 18 މާރިޗާ ހަމައަށް ދިޔައިރުގައި ހުރީ، މީގެކުރިންވެސް ރާއްޖޭގެ ރިޒަރވް މައްޗަށް ނުދާ މިންވަރަށް އިރާދަކުރެއްވީތީ ރިޒަރވް ގެންދެވިފައި ހުރި ހިސާބުގައި. 1.2 ބިލިއަން ޑޮލަރަށްވުރެ މަތީގައި އިރާދަކުރެއްވީތީ އަދިވެސް ރިޒަރވް މެއިންޓެއިން ކުރެވޭ. ޔޫޒަބަލް ރިޒަރވްވެސް 300 މިލިއަން ޑޮލަރަށްވުރެ މަތީގައި އަދިވެސް މެއިންޓެއިން އެބަ ކުރެވޭ. ދެން ހަމަ ސުކޫކް ޕޭމަންޓްވެސް ހަމަ ކުރީގައި އޮތްގޮތަށް، 8 އެޕްރީލްގައި ޕޭ ކުރުމުގައި އެއްވެސް ކަހަލަ ތަފާތެއް، ބަދަލެއް ނާދޭ. އިރާދަކުރެއްވިއްޔާ އެކަންވެސް އެގޮތަށް ކުރިއަށް ދާނެ.

އެހެންވީމާ، އިރާދަކުރެއްވީތީ އެކަންކަމުގައި ރާއްޖޭގެ އަޅުގަނޑުމެން މެއިންޓެއިން ކުރާ އުސޫލު، ނޫނިއްޔާ ސިޔާސަތުގެ ތެރެއިން އެކަންކަން އެބަ ކުރިއަށް ގެންދަން. އެކަން އެގޮތަށް އެބަ ގެންދެވޭ. އަދި ހަމައެއާއެކީގައި، ލޯންގް ޓާރމަށް ވިސްނައިގެން އިތުރު ފިޔަވަޅުތަކެއް އެޅުމުގެ މަސައްކަތްތަކެއް މި ކުރަނީ.

އެހެންވީމާ، ރާއްޖޭގައި ނޭޝަނަލް އޮއިލް ރިޒަރވްއެއް ޤާއިމުކުރުމަށްޓަކައި ކުރެވޭނެ ކަންތައްތަކުގެ ދިރާސާ މަސައްކަތްތަކެއް ފެށިފައި މިއޮތީ. އޭގެ ވިސްނުމަކީ، ރާއްޖޭގެ ތިން ސަރަހައްދެއްގައި އިރާދަކުރެއްވިއްޔާ ތިން ފޭސްއަކަށް ބަހާލައިގެން ދޮޅު އަހަރުން، ނޫނީ ދެ އަހަރުގެ ތެރޭގައި ފޭސްއެއް ނިންމޭގޮތަށް އޮއިލް ރިޒަރވްއެއް ޤާއިމުކުރުމުގެ މަސައްކަތްތަކެއް ކުރުން. މިއީ ދެން އެއް އަހަރަކުން ދެ އަހަރަކުން ކުރެވޭނެ ކަމެއް ނޫން. އެއީ، އަޅުގަނޑުމެން އެންމެ ބޮޑަށް ޑިޕެންޑްވާންޖެހެނީ ތެލަށް ކަމުގައިވާތީ، އޮއިލް ރިޒަރވް ޤާއިމުކުރުމަށްޓަކައި ކޮންމެގޮތެއްވިޔަސް މަސައްކަތްތަކެއް ކުރުމަކީ އަޅުގަނޑުމެންނަށް ވަރަށް މުހިންމު ކަމެއް. ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު ކަހަލަ ފަންޑެއް، އެހެންނަމަވެސް، އެއީ ތެޔޮ ރިޒަރވެއް. ނެޝަނަލް ރިޒަރވެއް ޤާއިމުކުރުން އެއީ. އެއިން އަޅުގަނޑުމެންނަށް ކުރާނެ ފައިދާތައް ވަރަށް ބޮޑު. އެހެންވީމާ، އޭގެ ތަފްޞީލުތައް އަޅުގަނޑުމެން ވަރކްއައުޓް ކޮށްފައި، ޑީޓެއިލްތަކާ އެކީގައި މީޑިއާއަށް ޙިއްޞާކުރާނަން. އެ މަސައްކަތް މިހާރު އަޅުގަނޑުމެން ފަށާފައި މިއޮތީ. އެހެންވީމާ، އަޅުގަނޑުމެންގެ ވިސްނުމަކީ ދޮޅުއަހަރު ދުވަހުން ފޭސްއެއްގެ ގޮތަށް، ބަހާލައިގެން ގާތްގަނޑަކަށް ހަތަރު އަހަރާ ބައި، ނޫނީ ފަސް އަހަރު ތެރޭގައި، ތިން ސަރަހައްދެއްގައި އޮއިލް ރިޒަރވެއް ޤާއިމުކުރުން. އެކަމަށްޓަކައި ކުރަންޖެހޭ ހުރިހާ ދިރާސާތަކެއް މިގެންދަނީ ކުރަމުން. ދެން އެންޓިސިޕޭޓް ކުރެވެނީ މިއިން ކޮންމެ ފޭސްއަކަށް ހަމަ އިންވެސްޓް ކުރުމަށާއި، ހުރިހާ ކަމަކަށް ގާތްގަނޑަކަށް 150 މިލިއަނެއްހާ ޑޮލަރު ސަރުކާރުން ޚަރަދުކުރަންޖެހޭނެ ކަމަށް. އެހެންނަމަވެސް، އެކަން ކުރާއިރުގައި އަޅުގަނޑުމެން ކުރާނީ، އޭގެ ޕްރޯޒް އެންޑް ކޮންސް އަދި އޭގެ ސަސްޓެއިނެބިލިޓީއަށް ބަލާފައި. އެހެންވީމާ، އެގޮތަށް އެކަން ގެންދިޔުމަށް އަޅުގަނޑުމެން ރާވާފައި އޮތީ.

ދެން ރާއްޖޭގައި ކާބޯތަކެތި އުފެއްދުމަށް ފުޑް ސެކިއުރިޓީ ޕޮލިސީ އިތުރަށް ފުޅާކުރުމަށްޓަކައިވެސް މަސައްކަތްތަކެއް ކުރަން ނިންމާފައި މިއޮތީ. އެހެންވީމާ، ފުޑް ސެކިއުރިޓީއަކީ ރާއްޖޭގައި މިހާތަނަށް އެހާބޮޑަށް ސަމާލުކަން ދެވިފައި އޮތް ކަމަކަށް ނުވާތީ، އަޅުގަނޑުމެން އެކަމަށް ޚާއްޞަ އުސޫލުތަކެއް ގެންގުޅެން. އެހެންނަމަވެސް، މިހާރު މި ދިމާވެފައި މިއޮތް ހާލަތުގައި، އިތުރަށް މިކަމުގައި އިންސެންޓިވްތައް ދިނުމަށް، އެގްރިކަލްޗަރ އިންޑަސްޓްރީގައި ރާއްޖޭގައި އުފެއްދޭ ކާބޯތަކެތި އުފެއްދުމަށް އިންވެސްޓް ކުރަން ބޭނުންވާ ޕްރައިވެޓް ސެކްޓަރގެ ފަރާތްތަކަށް، ޚާއްޞަ އިންސެންޓިވްތަކެއް ދިނުމުގެ ވިސްނުން އަޅުގަނޑުމެންގެ ތެރޭގައި މިހާރު މިއޮތީ. އޭގެތެރޭގައި، ހިލޭ ބިން ޕްރޮވައިޑް ކޮށްދިނުން، އެގްރިކަލްޗަރ، ރާއްޖޭގައި އުފެއްދޭ ކާބޯތަކެތި އުފެއްދުމަށް ބޭނުންވާ ފަރާތްތަކަށް، އެ ދާއިރާގައި އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް ހިލޭ ބިން ޕްރޮވައިޑް ކޮށްދިނުން އަދި ދައުލަތަށް ދައްކަންޖެހޭ ޓެކްސްތަކުގެ ޚާއްޞަ ލުއިތަކެއް ދިނުން. ދީގެން ރާއްޖޭގައި ފުޑް ސެކިއުރިޓީގެ ދާއިރާއިން، ރާއްޖޭގައި އުފެއްދޭ ކާބޯތަކެތީގެ ދާއިރާއަށް އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ލުއިތަކެއް ދިނުމަށް އަޅުގަނޑުމެން ގަސްދުކުރަން. އާދެ، އެއީ އެކަމާ ގުޅޭގޮތުން އަޅުގަނޑު މި ގަޑީގައި ހަމަ ދަންނަވާލަން ބޭނުންވާ ވާހަކައަކީ.

ދެން އަޅުގަނޑު އިތުރު ކަމެއްގެ ގޮތުގައި ފާހަގަކޮށްލަން، މިހާރު އަޅުގަނޑުމެން ކުރިއަށް މިގެންދާ ބޯހިޔާވަހިކަމުގެ ސްކީމާ ބެހޭގޮތުންވެސް. އާދެ، ބޯހިޔާވަހިކަމުގެ ސްކީމްގެ ތެރެއިން މިހާރު މިވަނީ އެޕްލިކޭޝަނަށް ހުށަހަޅަން ފުރުޞަތު ދެވިފައި. އެ ޕްރޮސެސް އެބަ ކުރިއަށްދޭ، މި އަންނަ މަހުގެ ނިޔަލަށް، އެޕްރީލް މަހުގެ ނިޔަލާ ހަމަޔަށް ދާއިރުގައި އިތުރު ތަފްޞީލުތައް އަޅުގަނޑުމެން މިގެންދަނީ އިޢުލާނު ކުރަމުން. މިގޮތުން މިއަދު ނޫނީ މާދަމާ އަޅުގަނޑުމެން ގެޒެޓް ކުރާނަން، ދޫކޮށްލަންޖެހޭ ބިންކޮޅާ ބެހޭގޮތުން ތަފްޞީލު، ނޫނީ ސަރުކާރުގެ އެކަމުގެ ސިޔާސަތު. މިހާރު މި އޮންނަނީ 400 އަކަފޫޓަށްވުރެ ކުޑަ ބިންކޮޅެއް އޮވެއްޖިއްޔާ ދައުލަތަށް ދޫކޮށްލަންޖެހޭގޮތަށް، ނޫނީ ސަރުކާރަށް ދޫކޮށްލަންޖެހޭގޮތަށް، ފްލެޓު ނޫނީ ގޯތި ލިބިއްޖިއްޔާ. އެހެންނަމަވެސް، އެ އުސޫލު އަޅުގަނޑުމެން ބަދަލު މި ކުރަނީ. ބަދަލުކޮށްފައި، އެމީހާގެ އަނބިމީހާ ނޫނީ ފިރިމީހާ، ނޫނިއްޔާ ދަރިން، ނޫނީ އެއްބަނޑު އެއްބަފާ "ސިބްލިންގްސް" މިފަރާތްތަކުގެ ތެރެއިން އެމީހާ ބޭނުންވާ މީހަކަށް އެ ބިންކޮޅު ދޫކޮށްލެވޭގޮތަށް މި ބަދަލުކުރަނީ. ސަރުކާރަށް ދޫކޮށްލާކަށް ނުޖެހޭނެ. އެހެންވީމާ، ސްޕައުސް، ދަރިން އަދި އެއްބަނޑު އެއްބަފާ ފަރާތްތައް. މީގެ ތެރެއިން ކޮންމެވެސް އެއްފަރާތަކަށް އެމީހާއަށް، އެމީހާ ދައުލަތަށް ދޫކޮށްލަންޖެހޭ ބިންކޮޅު ދޫކޮށްލުމުގެ ބަދަލުގައި ދޫކޮށްލެވޭގޮތަށް މި ބަދަލުކުރަނީ. އަދި މި އެޕްލައި ކުރެވޭނެ، މިދިޔަ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ތެރެއިން ބިންކޮޅު ދޫކޮށްލަންޖެހޭ ފަރާތްތަކަށްވެސް. އެކަން އެގޮތަށް އެޕްލައި ކުރާނަން. އެހެންވީމާ، މި ނިމިދިޔަ ސްކީމްގެ ތެރެއިން، މިދިޔަ ސަރުކާރުން ކޮންޓިނިއުކޮށް އަޅުގަނޑުމެން ފްލެޓުތައް ހަވާލުކުރި އެފަރާތްތަކުން ދޫކޮށްލަންޖެހޭ ބިންކޮޅު ދޫކޮށްލުމުގައިވެސް އެޕްލައި ކުރާނީ މި މިންގަނޑު. އެހެންވެ ސަރުކާރަކަށް ނޫން ދޫކޮށްލަންޖެހޭނީ. އާއިލީ މެންބަރަކަށް. އާއިލާގެ މެންބަރަކަށް ދޫކޮށްލަންޖެހޭ ގޮތަށް މި ބަދަލުކުރަނީ. ހަމައެކަނި ސަރުކާރަށް ދޫކޮށްލަންޖެހޭނީ މިހާރު އަޅުގަނޑުމެން މި އިޢުލާނުކުރި، މިހާރު ސަރުކާރުން ދީފައިވާ ފްލެޓެއް، ސޯޝަލް ހައުސިންގ ސްކީމުން ދީފައިވާ ފްލެޓެއް ދޫކޮށްލާފައި ދާންޖެހޭ ހާލަތުގައި، އެ ފްލެޓު ހަވާލުކުރަން ޖެހޭނީ ސަރުކާރަށް. މިހާރު ވަރަށް ގިނަ ފަރާތްތަކުން ބިންކޮޅު އިންވެސްޓް ކޮށްފައި ހުރީ. ލޯނު ނަގައިގެން ހަދާފައިވެސް ހުރީ. ދެން ވަރަށް ކޮމްޕްލިކޭޓަޑް އެކި ކަހަލަ ހާލަތްތައް ހުރީ. އެހެންވެ އަޅުގަނޑުމެން ބޭނުމެއްނޫން ސަރުކާރަށް އެތަން ނެގުމުގެ އެއްވެސް ކަހަލަ ބަރޑަންއެއް ރައްޔިތުންނަށް ޕާސްކުރާކަށެއް. އެހެންވެ، ރައްޔިތުންގެ އާއިލާތަކުގެ ތެރޭގައި، އެ ބިންކޮޅު ބޭއްވޭގޮތަށް މި ބަދަލުކުރަނީ. އެހެންވެ، މިހާރު އޮންނަ ގޮތަށް ސަރުކާރަށް ފްލެޓް ދޫކޮށްލަންޖެހޭނީ، ފްލެޓެއް ލިބިއްޖިއްޔާ. އެހެންނަމަވެސް، އަދި ހަމައެއާއެކީގައި، އަލަށް މި ފުރުޞަތު މި ހުޅުވާލަނީ މިހާރު މި ޖޮއިންޓް އެޕްލިކޭޝަންގެ ތެރެއިން ގޯތި ލިބިފައި ތިބި ފަރާތްތައް. މުޅި ގޯތި އެއްކޮށް ދޫކޮށްލާފައި ހުރިހާ ފަރާތްތައް އެޕްލައިކޮށްގެން ލިބޭ ކަމަށްވަންޏާ، އެ ފަރާތްތަކުން ޖެހޭނެ، ހަމަ ހުރިހާ ފަރާތްތަކުންވެސް ހަމަ ދައުލަތަށް އެ ބިން ދޫކޮށްލަން. އަދި އެއާއެކީގައި، ލާޖައްސާ އުސޫލުން ބިން ދޫކޮށްލާ ކެޓަގަރީ، ނޫނިއްޔާ އެ ސްކީމްގެ ތެރެއިން ދޫކޮށްލާ މުޅި ގޯތިވެސް ސަރުކާރަށް ދޫކޮށްލަންޖެހޭނީ. ހަމައެކަނި ސަރުކާރަށް ދޫކޮށްލަންޖެހޭނީ. އެހެނެއްނޫން، ވަކިވަކިން ތިމަންނަގެ އަމިއްލަ ނަމުގައި ހުރި ތަނެއް، ޤާނޫނު އޮތްގޮތުން އަމިއްލަ ނަމުގައި ދެ ތަނެއް ނުބޭއްވޭ. ދެ ގޯއްޗެއް، ނޫނީ ގޯތި ނޫނީ ފްލެޓެއް ނުބޭއްވޭ. އެހެންވީމާ، އެ މިންގަނޑުން ޢާއިލާ މެންބަރަކަށް ދޫކޮށްލާގޮތަށް މި ބަދަލުކުރަނީ. އިރާދަކުރެއްވިއްޔާ، އެ ބަދަލު މިއަދު، ނޫނީ މާދަމާ ގެޒެޓް ކުރެވިގެންދާނެ.

އާދެ، އެހެން ކަމެއްވެސް ފާހަގަކޮށްލާނަން. ދިވެހިރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒު ކުރަން ޖެހިފައި ތިބި ފަރާތްތައް، ހުރިހާ މަރުޙަލާއެއް ނިންމާފައި ތިބި ވަރަށް ގިނަ ފަރާތްތައް އެބަތިބި. މިއީ، ކޮންމެ ސަރުކާރަކުންވެސް ދެން ތަންފީޒުކުރާނަމޭ ބުނެ، ނުކުރާ ކަމެއް. އެހެންނަމަވެސް، މިއީ 100 ޕަސެންޓް އިސްލާމީ ޤައުމެއް. އިސްލާމީ ޝަރީޢަތް ހިނގާ. ޤާނޫނުއަސާސީ ވަރަށް ސާފުކޮށް އޮތީ. ދައުލަތުގެ އެންމެ އިސްވެރިޔަކަށް ހުންނަ މީހާއަށް އޮތް ޗޮއިސްއެއް ނޫން، މަރުގެ ޙުކުމް އިއްވަންޖެހޭ ފަރާތަކަށް، އެ ޙުކުމް ނުއިއްވައި، ހުރިހާ މަރުޙަލާއެއް ނިންމާފައިވާ ފަރާތެއް، މަރުގެ ޙުކުމް ނުއިއްވައި ބެހެއްޓުމަކީ. އެ ނިސްބަތްވާ މަރު، މަރާލި ފަރާތަށް އެ ފަރާތުގެ ޢާއިލާއިންވެސް މާފުނުކުރާ، ހުރިހާ މަރުޙަލާއެއް ނިމިފައި ތިބި ފަރާތްތައް އެބަތިބި. އަދިވެސް ހަމަ ތިބިގޮތަށް ތިބީ. އަދި މިހާރު ޑްރަގް ޓްރެފިކިންގގެ ކަންތަކުގައި ޤާނޫނަށް ގެނެވުނު އިޞްލާޙުގެ ދަށުން، ވަކިވަރަކަށްވުރެ އިތުރަށް ޑްރަގް އެތެރެކޮށްގެން ޓްރެފިކްކޮށް، މިކަމާ ގުޅޭގޮތުންވެސް މިހާރު މިއޮތީ މަރުގެ އަދަބު އިތުރުކުރެވިފައި އަދަބުތަކުގެ ތެރެއަށް. އެހެންނަމަވެސް، މި މަރުގެ އަދަބު ތަންފީޒުކުރަން ޤާނޫނީ ޝަރުޢީ މަރުޙަލާތަކުގެ ތެރެއިން، އިޖުރާއަތްތަކުގެ ތެރެއިން ފުރިހަމަވެފައި ތިބޭ ފަރާތްތަކަށް، މި މަރުގެ އަދަބު ދިނުން، މަރުގެ ޙުކުމެއް ނޫން، މަރުގެ އަދަބު ދިނުމުގެ ކަންތައް މި އޮންނަނީ މިއަދާ ހަމައަށް އައިއިރުގައި އެއްގޮތަކަށްވެސް ތަންފީޒު ނުކުރެވި. މަރުގެ އަދަބު ދިނުން.

އެހެންވީމާ، މަރުގެ އަދަބު ދިނުމަށްޓަކައި މަރުގެ ޙުކުމް ތަންފީޒު ކުރުމަށް، މަރުގެ އަދަބު ދިނުން، ނޫނީ މަރުގެ ޙުކުމް ތަންފީޒުކުރުން އެބަޖެހޭ ޤާނޫނީ ފްރޭމްވަރކް ތެރޭގައި ސްޓްރީމްލައިން ކުރަން، ނޫނީ ކަށަވަރު ކުރަން. މިއަދާ ހަމައަށް އައިއިރުގައި އެއްވެސް ކަހަލަ ޤާނޫނެއް މިކަމަކަށް ނެތް. ސަރުކާރުން ގަބޫލުކުރާގޮތުގައި، ހަމައެކަނި ހަދާލެވޭ އުސޫލަކުން، ނޫނީ ގަވާއިދަކުން މިކަން ކުރެވިގެން ނުވާނެ. މިފަދަ ފަރާތްތަކަށް މަރުގެ އަދަބު ތަންފީޒުކުރުމުގެ ޚާއްޞަ ޤާނޫނެއް ގެނައުމަށްޓަކައި، އެކަމާބެހޭ ބިލެއް ބަންޑާރަ ނައިބުގެ އޮފީހުން އެބަ ތައްޔާރުކުރޭ. މި ބިލު ނިމުމަކާ ހަމައަށް ގޮސްފައިވަނީ. މިހާރު ހިނގަމުންދާ މަޖިލީހުގެ، ހިނގަމުންމިދާ ދައުރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ މި ބިލު އަޅުގަނޑުމެން މަޖިލީހަށް ފޮނުވާނަން. އެ ބިލު މަޖިލީހުން ފާސްވެގެން އައުމުން، ބިލު ތަސްދީޤު ކުރެވުނީމަ، ޝަރުޢީ ހުރިހާ މަރުޙަލާއެއް ފުރިހަމަވެފައިވާ އަދި ފުރިހަމަވާ ހުރިހާ ފަރާތްތަކެއް، މަރުގެ ޙުކުމް ތަންފީޒު ކުރުމަށް ފުރިހަމަވާ ހުރިހާ ފަރާތްތަކެއްގެ މަރުގެ އަދަބު އިރާދަކުރެއްވިއްޔާ މި ސަރުކާރުން ތަންފީޒު ކުރާނަން.

އެހެންވެ އެކަމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް، ޤާނޫނީގޮތުން ގެންނަންޖެހޭ ޤާނޫނު ގެނައުމުގެ ކަންތައްތައް މިހާރު މަޖިލީހަށް ހުށަހެޅުމަށްޓަކައި މަސައްކަތް މި ކުރަނީ. މިއީ އަޅުގަނޑު ހިތުން ރާއްޖޭގައި ޢަދުލު އިންޞާފު ޤާއިމުކުރުމަށްޓަކައި އަދި ސޯޝަލް ޖަސްޓިސް ޤާއިމުކުރުމުގައި ކުރަންޖެހޭ ކަމެއް. އިސްލާމީ ޤައުމެއްގައި އެ އޮންނަ އުސޫލުގެ މަތިން ހުރިހާ ކަމެއް ފުރިހަމަވެފައި އޮންނަ ހާލަތުގައި އެކަން ހިފެހެއްޓުމަކީ، ދައުލަތަކަށްވެސް އޮތް ޗޮއިސްއެއް ކަމަކަށް ގަބޫލެއްނުކުރަން. އަދި ސައްތައިންސައްތަ އިސްލާމީ ޤައުމެއްގައި އެއީކީއެއް ހިފެހެއްޓޭނެ ކަމެއް ކަމަކަށް ގަބޫލެއްނުކުރަން. އެހެންވީމާ، އެކަން ތަންފީޒު ކުރުމަށްޓަކައި އަޅުގަނޑުމެން ޤާނޫނު މި ގެންނަނީ. ގާނޫނެއް ގެނައުމަށްޓަކައި މަޖިލީހަށް މި ހުށަހަޅަނީ. އެ މަޖިލީހުން ޤާނޫނަކަށްވެ ފާސްވެގެން ދިޔުމުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކަން ތަންފީޒުކުރުމުގެ މަސައްކަތް ފަށާނަން.

އާދެ ފަހު ކަމަކަށް، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން، މިހާރު ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމުގެ ރިފަރެންޑަމް ނެގުމުގެ މަސައްކަތް މިހާރު އެވަނީ އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންނަށް ހުށަހަޅާފައި. 4 އެޕްރީލްގައި. މިއީ މިކަމާ ބެހޭ ޤާނޫނުގެ ދަށުން ކެބިނެޓުން އެކަމާ ގުޅޭ ސިޔާސަތު، ޤާނޫނު އޮތްގޮތަށް ކަނޑައަޅައި ނިންމައި، އެ ކެބިނެޓުގެ ނިންމުން، ކެބިނެޓުން އިލެކްޝަންސް ކޮމިޝަނަށް ފޮނުވައިގެން އެ ސުވާލު މި ކުރެވެނީ. ދެން އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، މިއީ އެޑްހޮކް ކޮށް، ނޫނީ ވަކިވަކިން ހިނގާ ކަންކަމެއް ނޫނޭ. ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނެ، އަޅުގަނޑު އެކިފަހަރު މަތިން، ރިފޯމް ޕެކޭޖްގެ އެކި ކަންކަން އިޢުލާނުކޮށްފައި، ދައުލަތުގެ ކަންކަން ރިފޯމް ކުރަންޖެހޭ، ރަނގަޅުކުރަންޖެހޭ، އިޞްލާޙު ކުރަންޖެހޭ. އެހެންވެ އެގޮތުގެ މަތިން، ބައެއް ކަންކަން އިޞްލާޙު ކުރުމުގައި، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން މިޖެހެނީ، ޤާނޫނުއަސާސީގައި އޮތް ހަމަތަކުގެ މަތިން.

އެހެންވެ، އެގޮތުން މިހާރު އެންމެ މުހިންމު ކަމަކަށް ރައްޔިތުން ގާތުގައި އަޅުގަނޑުމެން މި އަހަނީ ދެ އިންތިޚާބު، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްދުވަހެއްގައި ބާއްވަން ރައްޔިތުންނަށް ފެނިވަޑައިގަންނަވާތޯ ނޫންތޯ. އެކަމާ ބެހޭގޮތުން ގޮތެއް ނިންމުމަށް. ދެން ސުވާލު މި ކަނޑައަޅާފައި މިއޮތީ އެ ޤާނޫނުގައި އޮންނަ ހަމަތަކުގެ މަތިން މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރުވާންޖެހޭ، ދެ އިންތިޚާބު އެއްދުވަހެއްގައި، 2028 ވަނަ އަހަރު ބާއްވާ ކަމަށްވަންޏާ. މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރުވެގެން ނޫނިއްޔާ މިކަމެއް ނުވާނެ. ދެން ޤާނޫނުއަސާސީގައި ވަރަށް ސާފު، މަޖިލީހުގެ ދައުރު ކުރުކުރާ ކަމަށްވަންޏާ، ނޫނީ ދައުރަށް ބަދަލެއް ގެންނަންޏާ، މިހާރު ހިނގަމުންދާ މަޖިލީހުގެ އުމުރު ކުރުކުރާ ކަމަށްވަންޏާ، ރައްޔިތުންގެ ފެންނަ، ނުފެންނަ ވޯޓަކަށް ދާންޖެހޭނެ. އެއީ މިހާރު މި ހިނގަމުންދާ މަޖިލީހުގެ އުމުރު އެބަ ކުރުވޭ ގާތްގަނޑަކަށް ހައެއްކަ މަސް. ކުރުވެގެން ނޫނިއްޔާ މިގޮތަކަށް ނުނިންމޭ. އެހެންވީމާ، އަޅުގަނޑުމެން ރައްޔިތުންގެ ކިބައިން މި ވޯޓަކަށް މި އަހަނީ. މިކަންތައް ރައްޔިތުން ނިންމަވާ ގޮތެއްގެ މަތިން އަޅުގަނޑުމެން މިއަށް ޑިޕެންޑް މިވަނީ ދެންހުރި ރިފޯމްތައް ގެނައުމުގެ ކަންތައްތަކުގައި.

އަޅުގަނޑު އޮންނާނެ އިޢުލާނުކޮށްފައި، ބޭނުމޭ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުންދާ ދިޔުމަށް ބަދަލެއް ގެންނަން. މިހާރު އޮންނަގޮތުންވިއްޔާ، ކޮންމެ 5000 ރައްޔިތަކަށް އިތުރު މެންބަރަކު އަންނާނެ. ދެން ފުރަތަމަ ފެށުނުއިރު 70 ކޮންމެވެސް އަދަދެއްގެ މެންބަރުން ތިބި. ދެން އިތުރުވަމުން، 80 އިން ގޮސް މިހާރު 93 އެބަތިބި. ރާއްޖޭގެ އާބާދީ ބޮޑުވާވަރަކަށް ހަމަ ކުރިއަށް އޮތް ދައުރުތަކުގައި، އެ ދާނެކަންނޭގެ 100އަށްވެސް އަރައިގެން. އެއީ، ރަނގަޅު ގޮތެއް ކަމަކަށް އަޅުގަނޑު ހިތުން ރައްޔިތުން ގަބޫލެއްނުކުރާނެ. އަޅުގަނޑު ގަބޫލެއްނުކުރަން ހަމަ ޔަޤީނުންވެސް.

އެހެންވީމާ، އެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މި އިތުރުވާ އިތުރުވުމަށް އިޞްލާޙެއް ގެންނަން ބޭނުންވޭ. މިކަންވެސް ކުރެވޭނީ ޤާނޫނީއަސާސީން އިޞްލާޙެއް ގެނެސްގެން. އެކަމަކު މިކަން ކުރުމުގައި ދެ އިންތިޚާބެއް އެއްދުވަހެއްގައި ބާއްވަން ފެނިވަޑައިގަންނަވާތޯ ނޫންތޯ ރައްޔިތުން ނިންމަވާ ގޮތެއްގެ މައްޗަށް ބިނާކުރެވި، އެކަމަށް އިޞްލާޙު ގެނައުމުގެ މަސައްކަތް ކުރިއަށް ގެންދާނަން.

އެއާއެކީގައި، ވަރަށް ގިނަ އިތުރު އިޞްލާޙުތައް ހުންނާނެ. މިސާލަކަށް، ރިޔާސީ އިންތިޚާބު، އެއްބުރުން ބޭއްވުމުގެ ކަންތަކާ ބެހޭގޮތުން ކުރެވޭ ދިރާސާ އެބަ ކުރިއަށް ގެންދަން. ޕްރިފަރެންޝަލް ވޯޓިންގ ސިސްޓަމްގެ ދިރާސާ އެބަ ކުރިއަށް ގެންދަން. އެހެންވެ ޕްރިފަރެންޝަލް ވޯޓިންގ ސިސްޓަމަކަށް، ނޫނީ އެއްބުރުން ވޯޓުލާ ގޮތަށް ނިންމާ ނިންމުންވެސް ވަރަށް ބޮޑަށް ގުޅިފައިވޭ، މި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް. ވަރަށް ބޮޑަށް ގުޅޭ. އަދި ނޮވެންބަރު 11 އާ، ނޮވެންބަރު 17ގެ ބަދަލުގައި، ނޮވެންބަރު 11 ގައި ރިޔާސީ ދައުރު ފެށުން އެއީވެސް ހަމަ މިއާ ގުޅިފައިވާ ކަންތައްތައް. އެހެންވެ، މި ރިފޯމް ޕެކޭޖްގައި ހުރި ބައެއް ކަންކަން މިހިރީ މިއާ ގުޅިފައި، ސަބްސިކުއެންޓްކޮށް ގެންދެވޭގޮތަށް ހުރި ކަންކަން.

އޭގެ އިތުރަށްވެސް، އަޅުގަނޑުމެން އިތުރު ކަންކަން ހުށަހަޅަން ގަސްދުކޮށްފައި މިހިރީ. މީގެ ތެރެއިން ދެންމެ މި ދެންނެވި ކަންކަމަކީ، ފެންނަ ނުފެންނަ ވޯޓަށް ދާންޖެހޭ ކަންކަމެއް ނޫން. އެހެންނަމަވެސް، ޤާނޫނުއަސާސީއަށް އިޞްލާޙު ގެންނަންޖެހޭ ކަންކަން. މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވާ އިތުރުވުން ހުއްޓުވުމަކަށް ގެނެވޭ އިޞްލާޙު ގެނެވޭއިރުގައި، އަޅުގަނޑުމެން ހުށަހަޅަން ގަސްދުކުރަން، ދިރާސާކުރެވެމުން މިހާރުދާ ދެ ކަމެއް އެބައޮތް. އެއްކަމަކީ، ވަކި އިންސައްތައެއް އެއީ 30 އަހަރުން ދަށުގެ ޒުވާނުން ކަމުގައި ކަނޑައެޅުން. މަޖިލިސް މެންބަރުންގެ އަދަދުގެ ތެރޭގައި ވަކި އިންސައްތައެއް މިހާރަކު ނޯންނާނެ، ޒުވާނުންނަށް ހެދުން މަޖުބޫރުވާ. އެހެންވީމާ، މި މަޖިލިސް މެންބަރުންގެ ތެރެއިން ވަކި އަދަދެއް، ދިރާސާކުރަން ނިންމާ އަދަދެއް، އަޅުގަނޑުމެން ގަސްދުކުރަނީ އެއީ ޒުވާނުން ގޮތުގައި، 30 އަހަރުން ދަށުގެ ޒުވާނުން ގޮތުގައި ކަނޑައަޅަން. ހަމަ އެފަދައިން، ވަކި އިންސައްތައެއް އެއީ އަންހެނުން ކަމުގައި ކަނޑައެޅުން. މިހާރު އެގޮތަކަށްވެސް ނޯވޭ. ކައުންސިލްގެ ކޮމްޕޮޒިޝަންގައި އޮވޭ، އަންހެނުންގެ އަދަދެއް ކަނޑައެޅިފައި. އެހެންނަމަވެސް، އެމް.ޕީޒްގައި ނޯންނާނެ އެގޮތަކަށް. މަޖިލިސް މެންބަރުންގެ އަދަދާއި، މަޖިލިސް މެންބަރުން އިތުރުވުން ހުއްޓުވުމަކަށް ގެނައުމާއި، މަޖިލިސް މެންބަރުންގެ ތެރެއިން ވަކި އަދަދެއް އެއީ ޒުވާނުން، 30 އަހަރުން ދަށުގެ ޒުވާނުން ކަމަށް ކަނޑައެޅުމާއި، ވަކި އަދަދެއް އެއީ އަންހެނުން ކަމަށް ކަނޑައެޅުމުގެ އިޞްލާޙަކީ، އަޅުގަނޑުމެން މި ޕެކޭޖްގެ ތެރޭގައި ހުށަހަޅަން ގަސްދުކުރާ ކަންކަން.

ހަމަ އެއާއެކީގައި، އިތުރު ރިފޯމް ޕެކޭޖްތެރޭގައި އިތުރު ކަންކަން ހިމަނައި، އަޅުގަނޑުމެން އޭގެ ބިލު ޑްރާފްޓް ކުރުމުގެ ކަންތައްތައް އެބަ ގެންދަން. އެއްކަމަކީ، އިންޑިޕެންޑެންޓް ކޮމިޝަންތަކުގެ އޮޕަރޭޝަން މިހާރު ހިންގާ ގޮތް އިތުރަށް އިންޑިޕެންޑެންޓް ކުރުން. ޗެކް އެންޑް ބެލެންސް އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ޤާނޫނުތަކަށް ގެނެވޭނެ އިޞްލާޙުތައް އެބަހުރި. މިހާރު ހުރި މިނިވަން މުއައްސަސާތަކުގެ މިނިވަންކަން ކަށަވަރުކުރުމަށް. އަދި ހަމަ އެއާއެކީގައި، ޖުޑީޝަރީ ރިފޯމް ކުރުމުގައި ޖޭ.އެސް.ސީ. ކޮމްޕޮޒިޝަން ބަދަލުކުރުމާއި އަދި މުޅި ޖުޑީޝަރީގެ އިންޑިޕެންޑެންސް އިތުރަށް ވަރުގަދަކުރުމަށް، އެއީ ފަނޑިޔާރުންގެ ފެންވަރު މަތިކުރުން ކަމުގައިވިޔަސް، އަދި ރިސޯސް އިތުރުކުރުން ކަމުގައިވިޔަސް، މިހެންގޮސް ވަރަށް ގިނަ ކަންތައްތައް. ދެން ރިސޯސް ވައިސް ވަރަށް ގިނަ އިޞްލާޙުތަކެއް، ކުރިއެރުންތަކެއް ގެނެސްދެވިއްޖެ މިހާރު. ބަޖެޓު ވަކިކޮށްދީ، ވަރަށް ގިނަ ކަންތައް ކުރެވިއްޖެ. އެހެންނަމަވެސް، ޖުޑީޝަރީ އިތުރަށް އިންޑިޕެންޑެންޓް ކޮށްދީ، ރިފޯމް ކޮށްދިނުމަށްޓަކައި މުހިންމު އިޞްލާޙުތަކެއް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި އަޅުގަނޑުމެން ހުށަހަޅާނަން. އެހެންވީމާ، އިންޑިޕެންޑެންޓް ކޮމިޝަންތަކާއި، ޖުޑީޝަރީގެ މިނިވަންކަން އިތުރުކުރުމަށްޓަކައި ކަމާބެހޭ ޤާނޫނުތައް ހެދުމާއި، މިހާރު ހުރި ޤާނޫނުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމާއި، މިކަންކަން އަޅުގަނޑުމެން ކުރިއަށް ގެންދާނަން.

ދެން އަޅުގަނޑު ރިޔާސީ ބަޔާނުގައި އިޢުލާނުކޮށްފައި އޮންނާނެ، ސިޓިޒެންސް ކޮމްޕްލެއިންޓްސް ބިއުރޯއެއްގެ ވާހަކަ. އެހެންވެ އެއީ، ވަރަށް މުހިންމު ކަމެއް އަޅުގަނޑުމެންގެ ރިފޯމް ޕެކޭޖްތެރޭގައި ހިމެނޭ. މިހާރު އެ ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ ހެދުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ވަރަށް ބާރަށް އެބަ ހިނގާ. އަޅުގަނޑުމެން އުންމީދުކުރަނީ އަދި ރިޔާސީ ބަޔާނުގައި އަޅުގަނޑު ދެންނެވި ގޮތަށް، 5 މަސް ކަމަށް އަޅުގަނޑުމެން އިއުލާނުކުރީ. އެހެންވީމާ، ޖުލައި މަސް ތެރޭގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ އުފައްދާނަން. އުފެއްދުމަށްޓަކައި ކުރަންޖެހޭ ވަރަށް ގިނަ ކަންކަން މި ހިނގަނީ. އެހެންވީމާ، މިކަހަލަ ގުޅިފައި، ލާމެހިފައި ހުރި ކަންތައްތައް ހިމެނޭ ރިފޯމް ޕެކޭޖެއްގެ ތެރެއިން މިދަނީ، މި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ ސުވާލުވެސް. ހަމަ މިއީ މުޅި ނިޒާމަށް ގެނެވޭ އިޞްލާޙުތައް ގެނައުމުގެ ކަންތައްތައް މިގެންދަނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޖުޑީޝަރީ އިޞްލާޙުކުރުމުގެ ތެރޭގައި، ކޯޓުތަކާބެހޭ ޤާނޫނަށްވެސް އިޞްލާޙު ގެނައުން އެބައޮތް. އެހެންވީމާ، ވަރަށް ގިނަ އިޞްލާޙުތަކެއް، ކުރިއަށް އޮތް ދުވަސްތަކުގައި ގެނައުމުގެ ކަންތައް އަޅުގަނޑުމެން ކުރިއަށް ގެންދާނަން.

އާދެ، އެހެންވީމާ، އެކި ދާއިރާތަކުން ބައެއް ކަންކަން އަޅުގަނޑު މި ދަންނަވާލީ، ތިޔަބޭފުޅުންނަށް މަޢުލޫމާތު ޙިއްޞާކުރުމުގެ ގޮތުން. ދެންމެ މި ދެންނެވި ކަންކަމާއި އަދި އެހެން ކަންކަމާ ގުޅޭގޮތުންވެސް ސުވާލެއް އޮތިއްޔާ، ތިޔަބޭފުޅުން ކުރިއަށް ގެންދެވުން އަޅުގަނޑު އެދެން. މިހާރު ގުރުއަތު ނެގިފައިވާ ތަރުތީބުން.
 

އަޙްމަދު ޝާބިން - ނުކުތާ އޮންލައިން:

السَّلامُ عَلَيْكُم ރައީސް. ފުރަތަމަ ސުވާލަކީ، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުމުގެ ސަބަބުން ތެލުގެ އަގުތައް މި އަންނަނީ ވަރަށް ބޮޑަށް މަތިވަމުން. ދެން މިކަމާ ގުޅިގެން ފިނޭންސް މިނިސްޓަރ ވިދާޅުވެފައި އެބައޮތް، ދުނިޔޭގެ ތެލުގެ އަގު ދެގުނަޔަށް ބޮޑުވިޔަސް، ރާއްޖޭގެ ތެލުގެ އަގު އިތުރަށް ބޮޑުކުރުމުގެ އެއްވެސް ވިސްނުމެއް ނެތް ވާހަކަ. އެހެންވެ އަޅުގަނޑުގެ ސުވާލަކީ، މިހާރު އެބަ ހައްދަވާ ނޭޝަނަލް އޮއިލް ރިޒަރވެއް. ދެން ރާއްޖޭގެ ރައީސް ވިދާޅުވެއްޖެ، ރާއްޖެއަކީ އޮއިލް ޑިޕެންޑެންސީ އޮތް ޤައުމެކޭ. އެހެންވެ މި ކަންތައް ކުޑަކުރުމަށްޓަކައި، ނޫނީ މި ދަންނަވާ އޮއިލް ޑިޕެންޑެންސީ ކުޑަކުރުމަށްޓަކައި އެއްވެސް ކަހަލަ ރިނިޔުބަލް ރިސޯސްއެއް، ނޫނީއްޔާ ސަސްޓެއިނަބަލް ރިސޯސްއެއް ރާއްޖެއަށް ގެނައުމުގެ އެއްވެސް ކަހަލަ ޕްލޭނެއް، ނޫނީ ޕްލޭންސްތަކެއް އެބަހުރިތޯ؟ އެއީ ފުރަތަމަ ސުވާލަކީ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، އަޅުގަނޑު އިޢުލާނުކޮށްފައި، ތަންފީޒު ކުރަމުން މިދަނީ 2028 ވަނަ އަހަރުގެ ނިޔަލާ ހަމަޔަށް ދާންވާއިރަށް، އިލެކްޓްރިސިޓީ ރިކްޔަރމަންޓްގެ 33 އިންސައްތަ، ނޫނީ ތިންބައިކުޅަ އެއްބަޔަކީ، ރިނިޔުބަލް އެނަރޖީން ޕަވަރކުރާ އެއްޗަކަށް ހެދުން ދޮގެއްތޯ. އެހެންވީމާ، ތަރޓީ ތްރީ ޕަސެންޓް ޓާގެޓެއް އެބައޮތް. އެހެންވެ، އެ ޓާގެޓް އެޗީވް ކުރުމަކީ، ތި ވިދާޅުވި ސަސްޓެއިނަބިލިޓީގެ ތެރެއިން އަންނަ ވަރަށް މުހިއްމު ކަމެއް.

ދެން އޭގެ އިތުރަށްވެސް، އަޅުގަނޑުމެން އިތުރަށް މިހާރު މި އުޅެނީ ފުޅާކުރަން. މި ރިނިޔުބަލް އެނަރޖީއަށް އިންވެސްޓް ކުރަން ޚާއްޞަކޮށް، ސޯލާ ޕަވަރއަށް އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް އިތުރު ލުއިތައްދީ، އިތުރު އިންސެންޓިވްތައް ދިނުމުގެ ކަންތައްތައް އަޅުގަނޑުމެން ކުރިއަށް އޮތް ދުވަސްތަކުގައި ފައިނަލް ކޮށްފައި ޙިއްޞާކުރަމުން ދާނަން. ވަރަށް މުހިންމު ކަމެއް، ރިނިޔުބަލް އެނަރޖީގެ ދާއިރާއަށް ރާއްޖެ އިތުރަށް ފުޅާކުރުން. ހަމައެކަނި 33 އިންސައްތައާ ހަމަޔަށް ދާކަށްނޫން. އެއަށްވުރެވެސް ފުޅާކުރަންޖެހޭ. އެއީ، އަޅުގަނޑުމެންގެ މައިގަނޑު އެއްކަމަކީ. ދެން ތެލުގެ އަގު ބޮޑުވާވަރަކުން އަޅުގަނޑުމެން ގެންނަންޖެހޭ ބަދަލުތައް ގެންނާނެ. ހަނދުމަފުޅު ހުންނާނެ، ހަމަ ވަރަށް ފަހުން އަޅުގަނޑުމެން ކޮންމެވެސްވަރަކަށް ބަދަލުތަކެއް ގެނެސްފިން. ތެލުގެ އަގުތައް ބޮޑުވެގެން ދިޔައީމަ. އެހެންވީމާ، އެ ގެނައި ބަދަލު އެގޮތުގައި އަދި ސަސްޓެއިން ކުރެވިގެންދާ ވާހަކަ މި ދެންނެވީ. ކުރިއަށް އޮތްތާނގައި ބަދަލެއް ގެންނަން ޖެހިއްޖިއްޔާ އަޅުގަނޑުމެން ނޫސްވެރިންނަށްވެސް ޙިއްޞާ ކުރަމުންދާނަން.

އަޙްމަދު ޝާބިން - ނުކުތާ އޮންލައިން:

އާދެ، ދެވަނަ ސުވާލަކީ، ކާޑެއްދޫ އެއަރޕޯޓް، ވިލާ އަތުން އަތުލަން ވިލާއަށް 18.5 މިލިޔަން ރުފިޔާ ދޭން ނިންމަވާފައިވާ ކަމަށް ވިލާ ގްރޫޕްގެ ޗެއަރޕަރސަން ޤާސިމް އިބްރާހީމް ވަނީ ވިދާޅުވެފައި. ދެން އޭރު ސަރުކާރުން ވަނީ އެކަން ކޮންފަރމްވެސް ކޮށްދީފައި. ސުވާލަކީ މިހާރުވެސް ސަރުކާރުން ނިންމަވާފައި ވަނީ މިހާ ބޮޑު އަގެއް ދިނުމަށްފަހު، އެތަން ވިލާ އަތުން އަތުލަންތޯއޭ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ތިކަމުގައި އަދި ތި ވިދާޅުވި ގޮތަކަށް ނޫން ތިކަން ކުރިއަށްދަނީކީއެއް. އެއީ، އަޅުގަނޑުމެން އޮޑިޓަރ ޖެނެރަލްގެވެސް ލަފާ އެކަމުގައި ހޯދާފައި މިހާރު އޮންނާނީ. އެހެންވެ، މީގައި އޮޑިޓަރ ޖެނެރަލްގެ ލަފާ ހޯދި އަދި ޤާނޫނީގޮތުން އޭ.ޖީ. ބައްލަވަންޖެހޭ ކަންކަން ބައްލަވާފައި، ސަރުކާރުން އެއްޗެއް އޭގައި ދޭން ނުޖެހޭގޮތަށް އެކަން ބައްޓަންކުރެވި، ރައްޔިތުންނަށްވެސް އެންމެ ފައިދާވާ ގޮތަކަށް އަދި އެކަމުގައި ވިލާއަށްވެސް އަދި ހުރިހާ ފަރާތްތަކުންވެސް މިކަމުގައި ރައްޔިތުންގެ އަތުން، ރައްޔިތުންގެ ބައިތުލްމާލުން އެއްޗެއް ދޭން ނުޖެހޭގޮތަކަށް މިކަން ބައްޓަން ކުރެވިގެންދާ ގޮތަކަށް މިހާރު މިގެންދަނީ. މިކަމުގައި އޭ.ޖީ.، އަދި އޮޑިޓަރ ޖެނެރަލްގެ ލަފާވެސް ހޯދައިގެން މިގެންދަނީ މިހާރު. ދެން އޭގެ ތަފްޞީލުތައް އަޅުގަނޑުމެން ކުރިއަށް އޮތްތާނގައި ޙިއްޞާ ކުރަމުން ގެންދާނަން. ޝުކުރިއްޔާ!

ވަފީޤާ ޙާމިދު - ޕީ.އެސް.އެމް. ނިއުސް:

އަޅުގަނޑުގެ ސުވާލަކީ، މިހާރު މާލެ ސަރަހައްދުގައިވެސް ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށް ގެންދާއިރުގައި، ރައީސް އަތޮޅުތެރެއަށް މި ކުރެއްވި ދަތުރުފުޅުތަކުގައި، ވަރަށް ގިނަ ރަށްރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް ކުންފުނިތަކާ ހަވާލުކޮށްފައި އެބަވޭ. ކޮބައިތޯ މިހާރު އެ މަޝްރޫޢުތަކުގެ އަޕްޑޭޓަކީ؟ އެ މަޝްރޫއުތައް ނުފެށި ލަސްވަނީ ކީއްވެގެންތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، އަތޮޅުތެރޭގައި ހަވާލުކުރެވުނު ގިނަ މަޝްރޫޢުތައް ހަވާލުކުރެވިފައި ހުންނާނީ، ބޭންކް އޮފް މޯލްޑިވްސްގެ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުގެ ތެރެއިން. އެ ކޮންޓްރެކްޓަރ ފައިނޭންސް މޮޑެލްގެ ތެރެއިން ފުރިހަމަކުރަންޖެހޭ އިޖުރާތްތައް ފުރިހަމަކުރުމުގައި ވަރަށް ގިނަ ދުވަސްތަކެއް ނަގާފައިވޭ. މީގައި ސޮއިކުރަންޖެހޭ ހުރިހާ އެއްބަސްވުންތަކެއް ސޮއިކުރެވި ނިމުނީ މީގެ ކުޑަދުވަސްކޮޅެއް ކުރިން. ގިނަ ފަރާތްތަކެއްގެ އެއްބަސްވުންތައް ނިމިގެން ދިޔައީ ރޯދަމަހުގެ ތެރޭގައި. މިހާރު ދެން އެފަރާތްތަކަށް ފަސްޓް ޑިސްބަރސްމަންޓްވެސް ހަދާފައި ވަނީ. މާނައަކީ ފުރަތަމަ ޕޭމަންޓް. މިހާރު މޮބިލައިޒް ކުރުމުގެ މަސައްކަތްތައް ކުރާނެ. އަޅުގަނޑު ހަނދާންވަނީ 13 ރަށެއްގައި ކަންނޭގެ، ހައުސިންގ ޕްރޮޖެކްޓްސްތައް ހަވާލުކުރެވުނީ. އެހެންވެ، އެ ރަށްރަށުގެ މަސައްކަތްތައް ދެން ވަރަށް އަވަހަށް ފެށެންޖެހޭނެ. މިހާރު އެހެރީ ހުރިހާ ކަމެއް ނިމިފައި. އެގްރީމަންޓް ރިވައިސް ކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ނިމި، ޕޭމަންޓްތައް ދޫކުރެވި، މިހާރު މަސައްކަތްތައް ހިނގަންޖެހޭނެ. ހަމައެކަނި ހައުސިންގއެއް ނޫން. އެކި ދާއިރާތަކުން މަޝްރޫޢު ހަވާލުކުރެވުނު. ސްޕޯޓްސް ދާއިރާ، ތަޢުލީމީ ދާއިރާ، ޞިއްޙީ ދާއިރާ، މިހެންގޮސް މިސްކިތްތައް، މިހެންގޮސް އެކި ދާއިރާތަކުން މަޝްރޫޢުތައް ހަވާލުކުރެވުނު، މި މޮޑެލްގެ ތެރެއިން. މި ހުރިހާ މަސައްކަތްތަކެއްގައި ނޮވެންބަރުގެ ތެރޭގައި ފުރަތަމަ ސޮއިކުރެވި، ދެން އޭގެތެރެއިން ގޮސް ދެން ނިމެންޖެހޭ ހުރިހާ ކަމެއް ނިމި، ހުރިހާ އެގްރީމަންޓްތަކެއް އެ އޮންނަންވާ ގޮތަށް ނިމި، މިހާރު މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި، ދެތިން ހަފުތާ ތެރޭގައި ނިމިގެން އެ ދިޔައީ.

އެހެންވީމާ، އެ ލަސްތަކެއް އައީ. ދެން މާލޭގައި، މާލެ ސިޓީ ހިސާބުގައި މި ފެށޭ، މާލެ ރީޖަންގައި މި ފެށޭ މަޝްރޫޢުތައް، އޭގެތެރޭގައި ފުރަތަމަ މަޝްރޫޢުގެ މަސައްކަތް އިހަށްރޭ އަޅުގަނޑުމެން މި ފެށީ. ހުޅުމާލެ ފޭސް 3 ގައި. އަދި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި ހަފުތާ، ނޫނީވިއްޔާ ކުރިއަށް އޮތް ދިހަވަރަކަށް ދުވަސް ތެރޭގައި އެ މޮޑެލްގެ ތެރެއިން ދެން ބާކީހުރި ޖުމްލަ 3260 ޔުނިޓް، ބީ.އެމް.އެލް. ހައުސިންގ ތެރެއިން މާލޭގައި މި އަޅަނީ. އެހެންވީމާ، ކުރީރޭ މި ފެށުނީ 1224 ޔުނިޓެއްގެ މަސައްކަތް. ދެން ބާކީހުރި ޔުނިޓުތަކުގެ މަސައްކަތްތައް ހަވާލުކުރެވުނު އެކި ކޮންޓްރެކްޓަރުންގެ މަސައްކަތްތައް، ކުރިއަށް އޮތް ދިހަވަރަކަށް ދުވަހުގެ ތެރޭގައި ހަމަ އެކި ދުވަސް މަތިން ފެށިގެން ދާނެ.

ވަފީޤާ ޙާމިދު - ޕީ.އެސް.އެމް. ނިއުސް:

އަޅުގަނޑުގެ އަނެއް ސުވާލަކީ ތަޢުލީމީ ދާއިރާއާ ގުޅުންހުރި ސުވާލެއް. ރައީސް ވިދާޅުވެފައިވޭ، މި އަހަރަކީ ހަމަ އިންކްލޫސިވް އެޑިޔުކޭޝަނަށް ވަރަށް ބޮޑަށް ސަރުކާރުން ސަމާލުކަން ދެއްވާނެ އަހަރެއްކަން. ޚާއްޞަގޮތެއްގައި ވަސީލަތްތައް ހަމަކުރުމާއި، މިހާރު ހުރި ވަސީލަތްތައް އިތުރަށް ތަރައްޤީކުރުމަށް މަސައްކަތް ކުރައްވާނެކަން. ކޮބައިތޯ އެ ދާއިރާއަށް މިހާރު މި ކުރެވޭ މަސައްކަތްތަކަކީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، އިންކްލޫސިވް އެޑިޔުކޭޝަނަކީ އަޅުގަނޑުމެންގެ ވަރަށް މުހިންމު ސިޔާސަތެއް. ޙަޤީޤަތުގައި މެއިންސްޓްރީމްއެއް ނުކުރެވޭ މިހާތަނަށް އައިއިރުގައި ނުކުޅެދޭ ފަރާތްތަކެއް، ކުދިންނެއް. އެހެންވެ އެ ފަރާތްތަކަށް ޚާއްޞަ އިސްކަމެއްދީގެން ޓީޗަރުން ބިލްޑްކުރުންވެސް، ރިސޯސް ބިލްޑްކޮށްދިނުންވެސް، ސްކޫލް އިންފްރާސްޓްރަކްޗަރ ބިލްޑްކުރުންވެސް އެބައޮތް. ރިޔާސީ ބަޔާނުގައި އަޅުގަނޑު ވާނެ އެކަމާ ބެހޭ ވަރަށް މުހިންމު ސިޔާސަތުތަކެއް އިޢުލާނުކޮށްފައި. އޭގެތެރެއިން ރިސޯސް ވައިސް މި ދެންނެވީ، ހޯދައިދޭންޖެހޭ އިކުއިޕްމަންޓް ކަހަލަ، މިކަހަލަ އާލާތްތައް ހޯދައިދިނުމާއި އަދި ސްކޫލް އިންފްރާސްޓްރަކްޗަރއަށް ގެންނަންޖެހޭ ކުރިއެރުންތައް ގެނެސްދިނުން ކަމުގައިވިޔަސް، މިކަންކަމާ ގުޅޭ މަސައްކަތްތައް އެޑިޔުކޭޝަން މިނިސްޓްރީން ވަރަށް އަވަހަށް ޢަމަލީގޮތުން ފަށާނެ. ދެން ހަމައެއާއެކީގައި، ޓީޗަރުން ތަމްރީނު ކުރުމުގެ މަސައްކަތްތައްވެސް ވަނީ ފަށާފައި. އެހެންވީމާ، އިންކްލޫސިވިޓީއަށް ވަރަށް އިސްކަމެއް ދީގެން، މި އަހަރު ތެރޭގައި ގިނަ ކާމިޔާބީތަކެއް ހޯދޭނެ.

އާއިދާ ޢަބްދުލްޙަކީމް - ޓީ.އެން.އެން:

السَّلامُ عَلَيْكُم.

އަޅުގަނޑުގެ ދެތިން ސުވާލެއް އެބައޮތް. ފުރަތަމަ ސުވާލަކީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެ ކަހަލަ ކުދި ޤައުމުތަކަށް ވަރަށް ބޮޑަށް އަސަރުކުރާނެ ކަމަށް ބެލެވޭ. މީގެ ސަބަބުން ރައީސްގެ މެނިފެސްޓޯގައި ހުރި ތަރައްޤީގެ މަޝްރޫޢުތަކަށް އެއްވެސް މަޑުޖެހުމެއް އަތުވެދާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، ވަރަށް މުހިންމު ސުވާލެއް ޙަޤީޤަތުގައިވެސް. ތަރައްޤީގެ މަޝްރޫޢުތައް އެކިކަހަލަ މޮޑެލްތަކުގެ ތެރެއިން މިދަނީ. ބައެއް މަޝްރޫޢުތަކަކީ ބޭރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްދާ މަޝްރޫޢުތައް. އެ މަޝްރޫޢުތަކަކަށް މަޑުޖެހުމެއް ނާންނާނެ. ބައެއް މަޝްރޫޢުތަކަކީ ބޭރުގެ އެކިކަހަލަ ލޯނު ފެސިލިޓީތަކުގެ ތެރެއިން ހިނގާ މަޝްރޫޢުތައް. އެއަށްވެސް މަޑުޖެހުމެއް ނާންނާނެ. އެއީ، ވަކިގޮތަކަށް ތަރުތީބު ކުރެވިފައި ހުންނަ ފައިނޭންސް. އެއީ ވަރަށް ގިނަ މަޝްރޫޢުތައް. އެހެންވީމާ، ޖުމުލަކޮށް ވަރަށް ގިނަ މަޝްރޫޢުތައް އެއީ.

ދެން ކޮންޓްރެކްޓަރ ފައިނޭންސް މޮޑެލްގެ ދަށުންދާ މަޝްރޫޢުތަކެއްވެސް މަޑެއްނުޖެހޭނެ. އިއްޔެ ފިނޭންސް މިނިސްޓަރ އެކަމާ ބެހޭގޮތުން ތަފްޞީލު ދެއްވާފައިވޭ. މި އަހަރު އަދި މި އަންނަ އަހަރު ތެރޭގައި މިއިން ޕޭމަންޓްސްތައް ހަދާކަށް ނުޖެހޭކަމަށް. އެހެންވީމާ، އެ ފިސްކަލް ސްޕޭސް އަޅުގަނޑުމެންނަށް މެނޭޖްކުރެވޭނެ. މިވެސް ވަރަށް ގިނަ މަޝްރޫޢުތައް އިނގޭތޯ.

ދެން މި އަހަރާ ހަމައަށް އައިއިރުގައި ހިނގަމުންދާ މަޝްރޫޢުތައް. އެ މަޝްރޫޢުތަކަށް ވާނެގޮތް. އެއީ، އަޅުގަނޑުމެން ވަރަށް އިސްކަންދޭންޖެހޭނެ މަޝްރޫޢުތަކެއް. އެހެރީ ކޮންޓްރެކްޓަރުންނާ ހަވާލުކުރެވިފައި. އެހެންވީމާ، އެ މަޝްރޫޢުތައް ނިންމުމަށްޓަކައި، މި އަހަރުގެ ބަޖެޓުގެ ތެރޭގައި، އަޅުގަނޑުމެން ކަނޑައަޅާފައިވާ ގޮތަށް، އެކަން ކުރުމުގައި އަޅުގަނޑުމެން ވަރަށް އިސްކަންދޭނަން. ހުއްޓާނުލައި ކުރިއަށް ގެންދިޔުން ވަރަށް މުހިންމު. އެހެންނޫނިއްޔާ ރައްޔިތުންނަށް ގެއްލުންވާނެ. ކޮންޓްރެކްޓަރ މަސައްކަތް ހުއްޓި، ފައިސާ ނުލިބި އެ ލިބޭ ގެއްލުންތައްވެސް އެބަހުރި. އެއީ، ޖުމުލަކޮށް މުޅި ޤައުމަށް ލިބޭ ގެއްލުން.

ދެން ބާކީ މިއޮތީ އަލަށް ފަށާނެ މަޝްރޫޢުތައް. އެހެންވީމާ، ވަރަށް ގިނަ މަޝްރޫޢުތައް މިހާރު މި ދެންނެވުނީވެސް އިނގޭތޯ. ހިނގަމުންދާވެސް ވަރަށް ގިނަ މަޝްރޫޢު އެބަހުރި. ރިޔާސީ ބަޔާނުގައި އަޅުގަނޑު ހުންނާނެ، ނަންބަރސް ބަޔާންކޮށްފައި. ކޮންމެ ދާއިރާއަކުން ވަރަށް ގިނަ މަޝްރޫޢު އެއީ.

އެހެންވީމާ، އަލަށް ފެށުމަށް ދެންހުރި މަޝްރޫޢުތައް ނިސްބަތުން މަދު. އަޅުގަނޑު ރިޔާސީ އިންތިޚާބުގައިވީ ވަޢުދުތަކުގެ ތެރެއިން، މެޖޯރިޓީ އޮފް ދަ ޕްރޮޖެކްޓްސް މިހާރު މިހިރީ ސައިން ކުރެވިފައި. ނޫނީވިއްޔާ އެކި މަރުޙަލާތަކުގައި ސައިން ކުރުމަށްފަހު ދެވިފައި. މި އަހަރަށް ދެން މިހިރީ ބާކީ، އޭގެ ނިސްބަތުން ބަލައިފިއްޔާ، 40 އިންސައްތަ، ނޫނީވިއްޔާ 35 އިންސައްތައެއްހާ މަޝްރޫޢު.

އެހެންވީމާ، އެ މަޝްރޫޢުތަކުގެ ތެރެއިން މި އަހަރު ދެން ޕްރައިވަޓައިޒް ކުރަންޖެހޭ ހާލަތުގައި ޕްރައިވަޓައިޒް ކުރާނީ، ކޮން މަޝްރޫޢުތަކެއްތޯ؟ އެއީ ދެން އަޅުގަނޑުމެން ނިންމަންޖެހޭ، ތިޔަ ސުވާލުގެ ޖަވާބުގައި އޮތް ކަމަކީ.

އަޅުގަނޑުގެ އެންމެ މުހިންމު ވަޢުދަކީ ބޯހިޔާވަހިކަން. އެހެންވީމާ، އެއަށް އެންމެ އިސްކަންދޭނީ ހުއްޓައިނުލާ. އާ މަޝްރޫޢުތައް ފެށުމުގައިވެސް.

ދެވަނައަށް އިސްކަން މިދެނީ ޞިއްޙީ ދާއިރާއަށް. ޞިއްޙީ ދާއިރާގެ މަޝްރޫޢުތަކަށް. އެ އިސްކަން ދެވަނައަށް ދޭންޖެހޭ. އިސްކަންދީގެން އާ މަޝްރޫޢުތައް ފެށޭނެ. އެހެންވީމާ، މިވަގުތަށް އަޅުގަނޑުމެން މި ކަނޑައެޅީ، ބޯހިޔާވަހިކަމާއި، ޞިއްޙީ ދާއިރާގެ މަޝްރޫޢުތަކާއި އަދި ޕްރޮގްރާމްތަކާއި، ޕްރޮޖެކްޓްސްތަކާއި، މި ދެ ދާއިރާއިން ކުރަންހުރި ކަންކަމަކީ، ތަރުތީބުކޮށްލަންޖެހޭ ހާލަތުގައި އަޅުގަނޑުމެން ތަރުތީބު ކުރާނެ ގޮތެއް.

އެހެންވީމާ، އަލަށް ފަށަންހުރި، ދެންހުރި ދާއިރާތަކުގެ މަޝްރޫޢުތައް މިހާރު މި ހިނގާ ހަނގުރާމައާ ގުޅިގެން އަޅުގަނޑުމެންގެ ފޮރިން ރިޒަރވް މެނޭޖްކުރުން ކަމުގައިވިޔަސް، އަޅުގަނޑުމެންގެ ބަޖެޓު މެނޭޖްކުރުން ކަމުގައިވިޔަސް، މިކަންކަމުގެ ތެރެއިން، ގެންނަންޖެހޭ ބަދަލުތަކެއް، ނޫނީވިއްޔާ ތަރުތީބުކުރުންތަކެއް ގެންނަމުންދާނީ. އަދި އެހެންނަމަވެސް، އެކަހަލަ އެއްވެސް ހުއްޓާލުމެއް ހުއްޓާލީކީއެއް ނޫނޭ މި ދަންނަވަނީ. އެއީ އަޅުގަނޑުމެންގެ ސިޔާސަތަކީ، ބޯހިޔާވަހިކަމާއި، ޞިއްޙީ ދާއިރާއަށް އެންމެ އިސްކަންދީގެން، އާ މަޝްރޫޢުތައް ފެށުން. ދެންހުރި މަޝްރޫޢުތަކުގެ ކަންތައްތައް ދާގޮތް، އީޗް ވީކް އަޅުގަނޑުމެން މިދަނީ ބަލަމުން އިނގޭތޯ. ކޮންމެ ހަފުތާއަކުވެސް ކަންކަން ބަލަން. ބަލާފައި، އެ ގެންނަންޖެހޭ ބަދަލެއް ގެންނަމުންދާނީ.

އެހެންވީމާ، ޖުމުލަކޮށް ދަންނަވަންޏާ، މި ދެންނެވި އެކި ސޯސަސް އޮފް ފައިނޭންސް އިންނާއި، ހިނގަމުންދާ މަޝްރޫޢުތަކާއި، މި ހުރިހާ ކަމަކަށް ބަލާއިރުގައި، ގިނަ މަޝްރޫޢުތަކެއް ހިނގަމުންދާނެ.

އާއިދާ ޢަބްދުލްޙަކީމް - ޓީ.އެން.އެން:

ދެން އަޅުގަނޑުގެ ދެވަނަ ސުވާލަކީ، މި ހަނގުރާމަ ނިމޭނެ ތާރީޚެއް އަދި އެއްގޮތަކަށްވެސް ލަފާވެސް ނުކުރެވޭ. އެހެންކަމުން، މި ހަނގުރާމައާ ގުޅިގެން އަވަށްޓެރި ޤައުމުތަކުން މިވަނީ ވަރަށް ކުރީކޮޅުގައި ޚަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅާފައި. އެގޮތުން، އަވަށްޓެރި ސްރީލަންކާގައިވެސް މިވަނީ ހަފުތާއަކު ތިން ދުވަސް ބަންދުކުރަން ނިންމާފައި. ދެން މިކަހަލަ އެއްވެސް ނިންމުމެއް ރައީސް އެބަ ގެންގުޅުއްވަންތޯ؟ އެއްވެސް ވިސްނުންފުޅެއް މިކަމުގައި.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އަޅުގަނޑުމެން މިދަނީ ވަރަށް ގާތުން ބަލަމުން. އަޅުގަނޑުމެންގެ ހާލަތު، ތިޔަ ވިދާޅުވި ބައެއް ޤައުމުތަކާ ކޮމްޕެއަރ ކުރެވޭ ހާލަތްތަކެއް އެބަހުރި. އަޅުގަނޑުމެންގެ ހާލަތު އެތައް ކަމަކުން ރަނގަޅު، ބައެއް ޤައުމުތަކާ އަޅައިބަލާއިރު. އަޅުގަނޑުމެންގެ ރިޒަރވްގައި މިހާރު މި ދެންނެވިހެން، 18 މާރިޗުގައި ގްރޮސް ރިޒަރވްގައި 1.2 ބިލިއަނަށްވުރެ ގިނަ ޑޮލަރު. ޔޫޒަބަލް ރިޒަރވް 300 މިލިއަން ޑޮލަރަށްވުރެ ގިނަ. އެހެންވީމާ، އަޅުގަނޑުމެންގެ އާމްދަނީ ލިބޭ ގޮތްތަކާއި، އާމްދަނީއަށް އެ އަންނަ ބަދަލުތައް، މަދުވަމުންދާ އަދަދަށް، އެއަށް ކޮމްޕެންސޭޓް ކުރާ ކަންކަން ކުރެވޭނެގޮތާއި، މި ހުރިހާ ކަމެއްގެ ހިސާބު އަޅުގަނޑުމެން މިދަނީ ޖަހަމުން. ކޮސްމެޓިކް ޗޭންޖެއް އެއީ މެޓަރވާ އެއްޗެއް ނޫން. ކޮސްމެޓިކް ޗޭންޖެކޭ މި ދަންނަވަނީ، ކުޑަކުޑަ ކަމެއް ކޮށްލައިގެން، އެއަކުން ބޮޑު ބަދަލެއް ނައިސް ހިނގައިދާނެ. އެހެނެއްނޫން، އެ ގެންނަ ބަދަލަކުން އިމްޕެކްޓްފުލް ބަދަލެއް، މީނިންގފުލް ސޭވިންގއެއް އަންނަންޖެހޭނެ. އެހެންވީމާ، އެގޮތަށް އަޅުގަނޑުމެން ކުރިއަށް ގެންދާނީ.

މިވަގުތު މިސާލަކަށް، އަޅުގަނޑުމެން އޮފީސް ހިންގާ ދުވަސްތައް، ނޫނީވިއްޔާ ގަޑިތައް މަދުކުރީ. މިހާރު ފިނޭންސް މިނިސްޓްރީން އެބަ ގެންދަވާ އެކަން. ބަލަމުން އެބަދޭ. މަދުކުރާ ކަމުގައިވަންޏާ އެއީ، މި ދެންނެވިހެން، އަޅުގަނޑުމެންގެ ޚަރަދު ކުޑަކުރުމުގެ ތެރެއިން، އެ އަންނަނީ ކިހާވަރެއްގެ އިމްޕެކްޓެއްތޯ، އޮފީސްތައް ބަންދުކުރީމާ އެވަނީ ކިހާވަރެއްގެ ސޭވިންގއެއްތޯ، މިކަންކަން އަޅުގަނޑުމެން ބަލާނެ. އެ ބަލާފައި އަޅުގަނޑުމެން ގެންނަންޖެހޭ ބަދަލެއް ގެންނާނަން. އެކަމަކު، އެއަށްވުރެ ބޮޑަށް އަޅުގަނޑުމެން ބަލަން ބޭނުންވަނީ، އެކަހަލަ ކުދިކުދި ޗޭންޖަސްއަށްވުރެ ބޮޑަށް، ކުރާ ކަމެއްގެ ސަބަބުން ގެނެވޭނެ އެންމެ ބޮޑު އިމްޕެކްޓްފުލް ސޭވިންގއަކަށް.

އެހެންވީމާ، ޚަރަދު ކުޑަކުރުމަކީ އަޅުގަނޑުމެންގެ ސިޔާސަތު. އަޅުގަނޑުމެން ހަމަ މިއަދާ ހަމައަށް އައިއިރުގައިވެސް އެތައް ކަމެއް، މިސާލަކަށް، ބޭރު ދަތުރުކުރުންވެސް. މީގެ ކުރިން އަޅުގަނޑުމެން ވަކި ދުވަސްވަރެއްގައި ހުންނާނެ، 2024 ގެ ތެރޭގައި ޚާއްޞަކޮށް، އަޅުގަނޑުމެންނަށް ލިބުނު ބަޖެޓު އަޅުގަނޑުމެންނަށް މެނޭޖްކުރެވޭ ގޮތަކަށް ފާސްކޮށްދީފައި އޭރު ނިމިގެންދިޔަ ސަރުކާރުން ދިން ބަޖެޓަކަށް ނުވާތީ، ވަރަށް ބޮޑަށް އަޅުގަނޑުމެން ޚަރަދު ކުޑަކުރިން އިނގޭތޯ. ބޭރުގެ ދަތުރުތަކާއި، އެތެރޭގެ ދަތުރުތައްވެސް ކުޑަކުރިން. އަދި އޭރު ފެށިގޮތަށް އަދިވެސް މިހާރު އެޕޮއިންޓަޑް ހުރިހާ މަގާމުތަކެއްގައި ތިބި މީހުންގެ މުސާރަވެސް އެހުރީ ކުޑަކޮށްފައި. އަދިވެސް އެ ކުޑަކުރިގޮތަށް އެއޮތީ. ބޮޑެއްނުކުރަން. އަޅުގަނޑުގެ މުސާރަވެސް ފިފްޓީ ޕަސެންޓް ކުޑަކޮށް އަދިވެސް މި ނަގަނީ އިނގޭތޯ. ޚަރަދު ކުޑަކުރަންޖެހޭ ކޮންމެ ކަމެއް އަޅުގަނޑުމެން ކުރާނަމޭ. ދެން އޭގެތެރެއިން، ރައްޔިތުންނަށް ޕާސްކުރާނެ މިންވަރެއް އަޅުގަނޑުމެން ބޭނުންވަނީ ވީހާވެސް މިނިމައިޒް ކުރަން.

އެހެންވީމާ، ރައްޔިތުން އޭގެ ބަރޑަންއެއް ނަގަން ނުޖެހޭނެ ގޮތަކަށް، ސަރުކާރުގެ ހިންގުމުގެ ނިޒާމުގެ ތެރެއިން، ގެނެވޭ ބަދަލެއް ގެންނާނެ. އެ ގެންނަ ބަދަލަކީ، މީނިންގފުލް ބަދަލަކަށްވާންޖެހޭނެ. ހަމަ ނަމެއްގައި ކުރާ ކަމަކަށް ވާކަށް ބޭނުމެއްނޫން. ޚަރަދު ކުޑަކޮށްފީމޭ ކިޔާފައި، ކުޑަކުޑަ ކަމެއް ކޮށްލައިގެން ނުވާނެ. އަޅުގަނޑުމެން ހިސާބު ޖަހާފައި، އެކަން ކުރާނީ އިނގޭތޯ.

ޝައިހާން ޒަރީރު – ރާއްޖެ ޓީ.ވީ:

އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ، ހަނގުރާމައާ ގުޅިގެން ޚަރަދު ކުޑަކުރާ ވާހަކަ ސަރުކާރުން ވަރަށް ގިނައިން އެބަ ދައްކާ. އަޅުގަނޑުމެންނަށް ފާހަގަވެގެންދަނީ، މި ހަނގުރާމައިގެ ސަބަބުން ދުނިޔެއަށް މި އަންނަ ބަދަލާއެކު، ދުނިޔޭގެ ޤައުމުތަކުން ވަރަށް ގިނަ ފިޔަވަޅުތަކެއް އެބައަޅާކަން. ޚާއްޞަކޮށް، ސަރުކާރު ހިންގުމާއި، ދައުލަތް ހިންގުމުގެ ޚަރަދު ކުޑަކުރުމަށްޓަކައި ވަރަށް ގިނަ، ވަރަށް ބޭނުންތެރި، ވަރަށް މުހިންމު ފިޔަވަޅުތަކެއް އެބައަޅާ. ބައެއް ޤައުމުތަކުގައި ސަރުކާރު ހުޅުވައިގެން މަސައްކަތްކުރާ ދުވަހަކީ ހަތަރު ދުވަހުގެ ގޮތުގައި ހަމަޖައްސާފައި، ބައެއް ސްކޫލްތަކުގައި ކިޔަވައިދެމުންދާ ދުވަސްތަކުގެ އަދަދު މަދުކޮށް، ސަރުކާރުގެ ވަޒީރުންގެ، ބައެއް ޤައުމުތަކުގެ ވަޒީރުން މުސާރަ ނުނަންގަވާ. އަނެއްބައި ޤައުމުތަކުގައި މަޖިލީހުގެ މެންބަރުންގެ މުސާރަ 25 ޕަސެންޓް ކުޑަކުރައްވައި، މިކަހަލަ ވަރަށް ގިނަ ފިޔަވަޅުތަކެއް އެބައަޅާ. ނަމަވެސް، އަޅުގަނޑުމެންނަށް މި ރާއްޖޭގައި ފެންނަމުން މިދަނީ، ޚަރަދު ކުޑަކުރުމުގެ ވާހަކަ ދެއްކި، ސަރުކާރުން ޚަރަދު ކުޑަކުރާކަމުގެ ވާހަކަ ދެއްކި ނަމަވެސް، ޢަމަލުތައް ފެންނަމުން މިދަނީ އެހެންގޮތަކަށް. ކުރިމައްޗަށް އިންތިޚާބެއް އޮތީ. އިންތިޚާބާ ދިމާކޮށް ވަރަށް ގިނަ ވަޒީފާތަކެއް ސަރުކާރު ކުންފުނިތަކުން އިޢުލާނު ކުރަމުން އެބަދޭ. ބައެއް ރަށްރަށުގައި 50 ވަޒީފާ، 50 މީހުން ނަގާނެ. އަނެއްބައި ރަށްރަށުގައި 60 މީހުން ނަގަނީ. ވަރަށް ގިނަ ރަށްރަށުގައި ޚާއްޞަކޮށް، ސަރުކާރުގެ ކުންފުނިތަކުން، އާރު.ޑީ.ސީ.އިން، އެމް.ޓީ.ސީ.ސީ.، މިފްކޯ ކަހަލަ ކުންފުނިތަކުން ވަޒީފާތައް އިޢުލާނުކޮށްގެން، ވަޒީފާއަށް މީހުން ނަގަމުން މިދަނީ. ސައިޓަށް ސުޕަވައިޒަރަކު ނަގާފައި، އެސިސްޓެންޓް 4 ސުޕަވައިޒަރުން ނަގާފާނެ. ވެލްޑަރަކު ނަގާފައި، 5 އެސިސްޓެންޓް ވެލްޑަރުން ނަގާފާނެ. މިގޮތަށް ގޮސް ހަމަ އިންތިހާއަށް ގިނަ ވަޒީފާތަކެއް، ކުރިއަށް އޮތް އިންތިޚާބާ ދިމާކޮށް ސަރުކާރުން އިޢުލާނުކޮށްގެން ނަގަމުން މިދަނީ. މިކަމުގެ ސަބަބުން ވަރަށް ބޮޑެތި، ވަރަށް ގިނަ ޚަރަދުތަކެއް ހިނގާނެ.

އެހެންވީމާ، ސަރުކާރުގެ ވިސްނުމަކީ ކޮބައިތޯ މި ވަގުތަށް، ނުވަތަ މި ދަނޑިވަޅަށް ޚަރަދުކުޑަކުރުމުގެ ގޮތުން މިހެން ނަގާ ވަޒީފާތައް މަޑުޖައްސާލައި، ސަރުކާރުގެ ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު، ސަރުކާރުން ރަސްމީކޮށް އަދަދެއް ހާމަކޮށްފައި ނެތީމާ، އަޅުގަނޑުމެންނަކަށް ސީދާ އަދަދެއް ނޭނގެ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ހިސާބުތަކުން ދައްކާގޮތުންނަމަ، ހާހުން ހާހުން ސަރުކާރުގެ ސިޔާސީ ވަޒީފާތަކުގައި މުވައްޒަފުން އެބަ ތިއްބެވި. މި މުވައްޒަފުންގެ މުސާރަތައް ކުޑަކުރައްވައި، ވީހާވެސް ބޮޑަކަށް ސަރުކާރު ހިންގުމުގެ ޚަރަދު ކުޑަކުރުމުގެ އެއްވެސް ވިސްނުމެއް، ދުނިޔޭގެ އެހެން ޤައުމުތަކުގައި މި އަޅާކަހަލަ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ ވިސްނުމެއް ނެތްތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އަޅުގަނޑުމެން އަޅަނީ ވަރަށް ޒިންމާދާރު، ހަރުދަނާ ފިޔަވަޅުތައް އިނގޭތޯ. ދެން ތިޔަ ސުވާލު ތިޔަ ކުރެއްވި ވިސްނުމަށް ބަލާއިރުގައި، މިދިޔަ ސަރުކާރުން ތިކަމެއް ކުރީ އިނގޭތޯ. ފެނަކަ ހަލާކުކޮށްލި. ހަމަ އިންތިޚާބާ ދިމާކޮށް ހަލާކުކޮށްލީ. އަޅުގަނޑު ހަނދާން އެބަހުރި އިނގޭތޯ.

ށ. ކޮމަންޑޫ ދާއިރާގެ މަޖިލިސް މެންބަރުގެ ގޮނޑި ހުސްވި. ހުސްވެގެން ބަޖެޓުން ބޭރުންވެސް ތިންސަތޭކަ އެތައް މިލިއަން ރުފިޔާއެއް ޚަރަދުކޮށްލި. އަޅުގަނޑު އޭރު އިދިކޮޅު ޕާޓީގައި ހުރީ. އޭރުގެ އިދިކޮޅު ޕާޓީގައި. އަޅުގަނޑުމެންވެސް ދިޔައިން ކެމްޕެއިނަށް އެތަނަށް މެންބަރަކު ހޮވަން. ފެނަކައިގެ މަގާމުތަކަށް ކޮމަންޑޫން އެކަނި އެމް.ޑީ. ގޮސް ގޭގެއަށް ވަދެ، ޓީމުތައް ގޮސް ވަދެ، މިވެނި މީހެއް މިވެނި މީހަކަށް ވަޒީފާ ދިނީ. އެހެންވީމާ، އެކަން ކުރި ބޭފުޅުން އެ ސުވާލު ކުރައްވާތީ އަޅުގަނޑަށް ހީވަނީ، އެއީ ކުޑަކޮށް ޢައިބު ކަމެއްހެން އިނގޭތޯ. ދެން އެ ބޭފުޅުން އެ ނިސްބަތްވެވަޑައިގަންނަވާ ނޫހަކުން، ޓީ.ވީ.އަކުން އެ ސުވާލު ކުރައްވާތީ. އަޅުގަނޑުމެންނެއް އެކަމެއް ނުކުރަން.

އަޅުގަނޑުވީ ވަޢުދަކީ، އެ ސަރުކާރުން ޢައްޔަންކޮށްފައި ތިބި މީހުންނެއް ވަތްކެއްނުކުރާނަމޭ. އެ ސަރުކާރުން ފެނަކަ ހަލާކުކޮށްލީ. ކޮށްލިއިރު މަސްވެރިކަންވެސް ހަލާކުވީ. ހުރިހާ ދޯނިތަކެއްވެސް ހުއްޓުނީ. ދޯނިތަކުގައި މަސައްކަތްކުރި އެންމެން ދޯނިން ފައިބައި، ފެނަކައަށް ވަނީ. ފެނަކައިގެ އޮޑިޓް ރިޕޯޓުވެސް އޮތީ ނުކުމެފައި. އޭގައި އެއޮތީ ކުރި ހުރިހާ ކަމެއް ފެންނަން. އަޅުގަނޑު ނިންމީ އެކަމަކު އެއިން އެއްވެސް މީހަކު ގެޔަށް ފޮނުވާނުލަން. އަޅުގަނޑަށް ހަމަ ހުރިހާ މީހުން ފޮނުވާލެވުނީސް ގެޔަށް. ބޭކާރުކޮށް ވެއްދި ހުރިހާ އެންމެން. އެހެންނަމަވެސް، އެންމެން ވަޒީފާގައި ބޭތިއްބީ. އެއީ، އަޅުގަނޑު ވަޢުދުވީ، އެއްވެސް މީހަކު ވަޒީފާއިން ކަނޑައެއްނުލާނަމޭ، މަތިފަޑީގައި ސިޔާސީ ނަމުގައި، މެނޭޖަރ ލެވެލް، ނޫނީވިއްޔާ އެންމެ މަތީގައި ތިބޭ މީހުންނޭ، އެ އޮންނަ އުސޫލުން ގެޔަށްދާނީ. އެމީހުން އެކަނި ދިޔައީ ގެޔަށް. ދެން މަސައްކަތަށް ފަރުވާކުޑަވެގެން، ތަނަށް ގެއްލުމެއް ލިބުން، އެ އޮންނަ އުސޫލަކުން އެދާ މީހަކު އެކަނި ގެޔަށް ގޮސްފައި ހުންނާނީ.

އެހެންވީމާ، މި ހުރިހާ ކަމެއް ކުރި ފަރާތަކީ މިދިޔަ ސަރުކާރު. އަޅުގަނޑުމެންނެއް އެކަމެއް ނުކުރަން. އަޅުގަނޑުމެން މަސައްކަތްކުރަނީ، ޕްރޮޖެކްޓްތަކަށް ބޭނުންވާ މީހުން، އެ ޕްރޮޖެކްޓް ހިންގުމަށް ނަގަން. ކުރިން ކުރި ސުވާލެއްގެ ޖަވާބުގައި އަޅުގަނޑު ދެންނެވިން، އޮންގޮއިންގ އެތައް މަޝްރޫޢުތަކެއް އެބަހުއްޓޭ، މި ހަނގުރާމަ އައުމުގެ ކުރިން، މިދިޔަ އަހަރު ސޮއިކުރި މަޝްރޫޢުތަކާއި، މި ދިޔަ އަހަރުގެ ފަހުކޮޅާ ހަމައަށް ސޮއިކުރި އެތައް މަޝްރޫޢެއް އެހެރީއޭ. އަދި މަސައްކަތް ފެށުނު އެތައް މަޝްރޫޢެއް ހުންނާނޭ. އެހެންވީމާ، އެ މަޝްރޫޢުތަކަކީ އޮންގޮއިންގ ޕްރޮޖެކްޓްސްތަކޭ. އެ ޕްރޮޖެކްޓްސްތަކަށް ޕްރިއޮރިޓީ ދޭންޖެހޭނެ. އެހެންނޫނީވިއްޔާ، އެ ކޮންޓްރެކްޓަރުންގެ މަސައްކަތްވެސް ހުއްޓޭނީއޭ، ރައްޔިތުންނަށްވެސް ގެއްލުންވާނީއޭ. އެހެންވީމާ، އެ މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ނަގާނެ. އެއީ ބަޖެޓު ކުރެވިފައި ހުރި، އެކަމަށް ސްޕޭސް ހުރި މަޝްރޫޢުތައް. އެއަށް ބޭނުންވާ މުވައްޒަފުން، އެ މީހުން ނަގަނީ. އެއީކީ އިންތިޚާބާ ބެހޭ ކަމެއްނޫން. އަޅުގަނޑު މިއީ އިންތިޚާބާ ގުޅިގެން ކަމެއްކުރާ މީހެއްނޫން. އަޅުގަނޑު ގޮސްފިންތޯ އެއްވެސް ރަށަކަށް އިންތިޚާބާ ގުޅިގެން ކެމްޕެއިނަށް. އަޅުގަނޑު މިހާރު ސުވާލަށް މި ޖަވާބުދެނީ.

އެހެންވީމާ، އިންތިޚާބާ ގުޅިގެން، މި ސަރުކާރަކުން ނުކުރާނެ އެއްވެސް ކަމެއް. އިންތިޚާބާ ގުޅިގެން، ކަންކުރާ ބައެއްނޫން މިއީކީއެއް. މިހާރު އަބަދު އިންތިޚާބާ ގުޅިގެންނޭ ކިޔައިގެން ވާހަކަ ދައްކަވާ ބޭފުޅުންނަކީ، އަބަދު އެކަން ކުރެއްވި ބޭފުޅުންވީމާ، އެހެން ވިދާޅުވެވެނީ ކަމަށްވެދާނެ. އަޅުގަނޑު ރައްޔިތުންގެ ގާތަށް ދިޔައީ، އިންތިޚާބެއް އޮވެގެނެއް ނޫން. ހުރިހާ ރަށަކަށް ގޮސްފިން. ބައެއް ރަށްރަށަށް، 50 އެތައް ރަށަކަށް ދެފަހަރު ދެވިއްޖެ. އިންތިޚާބެއް ނެތް އެއިރަކުއެއް. އަޅުގަނޑު ރައްޔިތުންނާ ބައްދަލުކުރީކީވެސް، އެއްވެސްއިރަކު އިންތިޚާބެއް އޮވެގެނެއް ނޫން. މާލޭގެ އަވަށްތަކުގައި ބައްދަލުކުރިއިރުވެސް އިންތިޚާބެއް ނެތް. ޕްރޮޖެކްޓްސްތައް ފެށީކީވެސް އިންތިޚާބު އޮވެގެނެއް ނޫން.

އެހެންވީމާ، އިންތިޚާބެއް އޮވެގެންނޭ ކިޔާފައި، ކަޑަޖަހާ އުސޫލުން ކަންކުރާ މީހުން ބޭނުންވާނީ، އިންތިޚާބު ކައިރިވީމާ ޕްރޮޖެކްޓްސްތައްވެސް ފަށަން. ވަޒީފާވެސް ދޭން. އެހެންވީމާ، އެގޮތަށް ކަން ކުރުމުގެ ވިސްނުމުގެ ތެރޭގައި، ކަންކުރާ މީހުން ބޭނުންވާނީ އެގޮތަށް ކަންކުރަން. އެކަމަކު މި ސަރުކާރުން ކަންކަން ކުރަނީ، ރައްޔިތުންނަށް އަޅުގަނޑުވީ ވަޢުދުތައް ފުއްދުމަށްޓަކައި. އެ ވަޢުދުތަކަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކޮށްދޭނީ. ޕްރޮޖެކްޓެއް ފަށާ ކަމަށްވަންޏާ، އެ ޕްރޮޖެކްޓް އެއީކީއެއް ނަމެއްގައި ސޮއިކުރާ އެއްޗަކަށް ވެގެންނުވާނެ. އެ މަޝްރޫޢު ހިންގޭނެ ގޮތަށް ކަންކަން ވާންޖެހޭނެ. އެގޮތުން އެ ބަޖެޓު ކުރެވިފައި ހުރި، އެ ކުންފުނިތަކަށް އެ ފިސްކަލް ސްޕޭސް ހުރި މަޝްރޫޢުތައް އެއީ. އެހެންވީމާ، އެ މަޝްރޫޢުތައް ހިނގާނެ. އިންތިޚާބާ ގުޅިގެން އަޅުގަނޑު އެއްވެސް ކަމެއް ނުކުރަން. ކުރިއަށް އޮތް ތާނގައިވެސް ނުކުރާނަން.

ޝައިހާން ޒަރީރު – ރާއްޖެ ޓީ.ވީ:

އަޅުގަނޑުގެ ސުވާލު މި އަމާޒުކުރީ މި ސަރުކާރުގައި، މި ސަރުކާރުގެ ކުންފުނިތަކަށް.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އެ ސުވާލުގެ ޖަވާބު އަޅުގަނޑު މިދިނީ.

ޝައިހާން ޒަރީރު – ރާއްޖެ ޓީ.ވީ:

ކުންފުނިތަކުން އިޢުލާނު ކޮށްފައިވާ ވަޒީފާތައް ކޮބައިތޯ؟ ރައީސް ވިދާޅުވެއްޖެ، ވަރަށް މީނިންގފުލް ފިޔަވަޅުތަކެއް އަޅާކަމަށް. ކޮބައިތޯ، އެ ފިޔަވަޅުތަކުގެ ތަފްޞީލުތައް ދެވިދާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

މިހާރު އިއްޔެގެ ޕްރެސް ކޮންފަރެންސްގައި، އެ ފިޔަވަޅުތަކުގެ ތަފްޞީލު ވަރަށް ސާފުކޮށް އޮންނާނީ ދަންނަވާފައި. ދެން އަޅުގަނޑު މިއަދު ޚުލާޞާކޮށްވެސް ދަންނަވާލައިފިން.

ޝައިހާން ޒަރީރު – ރާއްޖެ ޓީ.ވީ:

ރައީސް މި ސަރުކާރުގައިވެސް ފެނަކައަށް ހަމަ ވަރަށް މީހުން އެބަ ނަގާ، އިންތިޚާބުތަކާ ދިމާކޮށް. މި ދިޔަ ހަފުތާގައިވެސް އެއް ރަށުގައި ފެނަކައަށް 11 މީހުން ވައްދައިފި. މި ސަރުކާރު ވެރިކަމާ ހަމައަށް އައިއިރު، ފީއައްޔަކީ ފެނަކައިގައި 50 މުވައްޒަފުން ތިބި ރަށެއް. މިއަދު 100 އަށް ފަހަނައަޅައި ގޮސްފި. ހަމަ މި ސަރުކާރުގައި ނެގީ. އަޅުގަނޑު މި ފާހަގަކުރަނީ، މި ސަރުކާރުގެ ކުންފުނިތަކުން މި ސަރުކާރުގައި އިޢުލާނުކޮށްގެން ވަޒީފާތަކަށް މީހުން ނަގާވަރު އިތުރުވެއްޖެއޭ. އެހެންވީމާ، އެކަން މަޑުޖައްސާލަން، މި ދަނޑިވަޅުގައި އެ ޚަރަދުކުރުން މަޑުޖައްސާލުމުގެ ވިސްނުމެއް ސަރުކާރުގައި ނެތްތޯއޭ؟ އަޅުގަނޑުގެ ސުވާލު މި އަމާޒުކުރީ ކުރީ ސަރުކާރަކަށް ނޫން. މި ސަރުކާރުގައި، މި ސަރުކާރު އައިފަހުން މިވީ ދެ އަހަރާއި އަދި މި ދުވަސްކޮޅު ކުރިއަށް މިއޮތް އިންތިޚާބާ ދިމާކޮށް، ހަމަ ވަޒީފާތަކަށް މީހުން ނަގާތީ، އެކަމަށް؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

މި ހަނގުރާމަ ފެށުނު ފަހުން ސަރުކާރުގެ އެއްވެސް މަޝްރޫޢެއް އަލަށް ފަށަންވެގެނެއް މުވައްޒަފުންނެއް ނުނަގަން. ހުންނާނީ، މުޅިންވެސް ކުރީގައި، ސޮއިކުރެވިފައި ހުރި މަސައްކަތް. ރަށްރަށުގައި ބިންގާ އެޅިފައި ހުރި މަޝްރޫޢުތަކަށް ބޭނުންވާ މުވައްޒަފުން އެކަނި ނަގާފައި. އެހެންވީމާ، ތިޔަ ސުވާލުގެ ޖަވާބަކީ އެއީ. އެގޮތަކަށް ހިނގާ ކަމެއްނޫނޭ.

ދެން ޚަރަދު ކުޑަކުރުމަށްޓަކައި ކުރާ ކަންކަން މި ދެންނެވީ. އަދި މީނިންގފުލް، އިމްޕެކްޓްފުލް ގޮތަކަށޭ އަޅުގަނޑުމެން ޚަރަދުކުޑަކުރުމުގެ ކަންކަން ގެންދާނީ. ކޮސްމެޓިކް ޗޭންޖެއް ނޫނޭ ގެންނަން ބޭނުންވަނީކީއެއް. ދެން އިކޮނޮމީ ޑައިވައިސިފައި ކުރަން ހުރި ކަންކަމާއި، ހުރިހާ މަޢުލޫމާތެއް، ތަފްޞީލުތައް އިއްޔެވާނީ ވަރަށް ސާފުކޮށް ޓޫރިޒަމް ދާއިރާއިންނާއި، އަދި ދެންހުރި ހުރިހާ ދާއިރާއަކުން ދީފައި. އެހެންވީމާ، އަޅުގަނޑުމެން ޚަރަދުތައް ކުޑަކުރުމުގެ ކަންކަން މިގެންދަނީ، އަދި އަޅުގަނޑުމެންގެ އިޤްތިޞާދު ވިލުންތެރި، ރެޒިލިއަންޓް އިކޮނޮމީއަކަށް ހެދުމަށްޓަކައި ކުރަންޖެހޭ ކަންކަން މިގެންދަނީ، ވަރަށް ބިނާކުރަނިވި، ވަރަށް ޒިންމާދާރު ގޮތެއްގައި.

ޝައިހާން ޒަރީރު – ރާއްޖެ ޓީ.ވީ:

އަޅުގަނޑުގެ ދެވަނަ ސުވާލަކީ، އިޒްރޭލާއި އެމެރިކާ އެކުވެގެން، އެމެރިކާ އިސްވެ އޮވެ އިޒްރޭލާ ގުޅިގެން އީރާނަށް ޙަމަލާތަކެއްދީ، ހަނގުރާމަ ފަށައިގެން ހަތަރުވަނަ ހަފުތާއަކަށް ހަނގުރާމަ ދެމިގެން މިދަނީ. ވަރަށް ބައިވަރު ޙަމަލާތަކެއް ދީފި. ވަރަށް އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކެއް އެމެރިކާއާއި އިޒްރޭލުން ހިންގަމުން މިދަނީ. މިއީ އެމެރިކާއާއި އިޒްރޭލުން ފަށައިގެން އުޅޭ ހަނގުރާމައެއް. މި ހަނގުރާމައިގައި އޮތީ ދެ ޤައުމު. އެއީ، އެމެރިކާއާއި އިޒްރޭލު. މި ދަނޑިވަޅުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްޞަ މަންދޫބު، ސަރޖިއޯ ގޯރ ރާއްޖެއަށް ވަޑައިގެން ރާއްޖޭގެ ސަރުކާރާއި، ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރާ ވާހަކަ އެބައޮތް، އިންޑިއާގެ، މާފުކުރައްވާ! އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހާމަކޮށްފައި. އާންމުގޮތެއްގައި މި ސަރުކާރުންވެސް އަދި އެހެން ސަރުކާރުތަކުންވެސް ބޭރު ޤައުމެއްގެ މަންދޫބަކު ރާއްޖެ ވަޑައިގަންނަވާ ކަމަށްވާނަމަ، އެކަން އިޢުލާނުކުރޭ. އެކަމާ ގުޅުންހުރި ޚަބަރުތައް، އެ ކަމާ ގުޅުންހުރި އިދާރާތަކުން ހާމަކުރަމުންދޭ. އެމެރިކާގެ މި މަންދޫބު މި ދަނޑިވަޅުގައި މި ކުރައްވާ ދަތުރުފުޅުގެ އެއްވެސް މަޢުލޫމާތެއް، ދިވެހި ސަރުކާރުން މިއަދާ ހަމައަށް އައިއިރު ހާމަކޮށްފައެއް ނެތް. ސަރުކާރުގެ އިސްވެރިޔަކާ ބައްދަލުކުރެއްވި ކަމެއްވެސް، ނުކުރައްވާ ކަމެއްވެސް، ދެއްކެވި ވާހަކައެއްގެ ތަފްޞީލެއްވެސް ޙިއްޞާކޮށްފައެއް ނެތް. މި ދަނޑިވަޅުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްޞަ މަންދޫބެއް ރާއްޖެ ވަޑައިގެން، ސަރުކާރާ ބައްދަލުކުރައްވައި، އިސްވެރިންނާ ބައްދަލުކުރައްވައި، ކޮން މަޝްވަރާތަކެއްތޯ ކުރީ؟ ރާއްޖޭގެ އެއްވެސް އެއަރޕޯޓެއްގައި އެމެރިކާގެ އެއްވެސް އުޅަނދެއް ޖެއްސުމުގެ ހުއްދައަށް އެދިފައިވޭތޯ؟ އަދި މި ސުވާލާ ގުޅިގެން، މާރިޗު މަހުގެ އަޅުގަނޑު ހަނދާންވަނީ، 12 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރ ޚަލީލް ވިދާޅުވި، ޙަމަލާ ބަދަލުކުރުމަށް ރާއްޖޭގެ ވައިގެ ސަރަޙައްދު ބޭނުންކުރުމުގެ ހުއްދައަކަށް އެދުނޭ. އިއްޔެގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮން ޤައުމެއްތޯ ސުވާލުކުރީމާ، ޤައުމެއްގެ ނަމެއް ވިދާޅެއްނުވި. އަޅުގަނޑު ކުރިންވެސް ފާހަގަކުރިން، ހަނގުރާމައިގައި އޮތީ ދެ ޤައުމު. އެމެރިކާއާއި އިޒްރޭލު. އިޒްރޭލަކީ ރާއްޖެއިން އެއްވެސްވަރަކަށް ގުޅުން ބަދަހިކޮށް ވާހަކަދައްކާ ޤައުމަކަށް ނުވާތީ، ރާއްޖޭގެ ވައިގެ ސަރަޙައްދު ބޭނުންކުރުމުގެ ހުއްދައަށް އެދުނީ، އެމެރިކާތޯ، ނޫނީ ކޮން ޤައުމެއްކަން ރައީސަށް ވިދާޅުވެދެއްވިދާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، އަޅުގަނޑު ސުވާލަށް ދިޔުމުގެ ކުރިން، އަޅުގަނޑާ ކުރިން ކުރި ސުވާލުގައި، ފެކްޗުއަލީ ރޯންގް މަޢުލޫމާތެއް ވިދާޅުވީމާ، އަޅުގަނޑު ދަންނަވާލާނަން. ފީއައްޔާ ބެހޭގޮތުން ވިދާޅުވި. ފީއަލީ ފެނަކަ އޮފީހުގައި ތިބީ 60 މުވައްޒަފުން. އޭގެ ތެރެއިން 50 އެތައް މުވައްޒަފުންނަކީ ކުރީގެ ސަރުކާރުން ނަގާފައި ތިބި މުވައްޒަފުން. އެހެންވީމާ، ބޮޑު އަދަދެއް ވިދާޅުވެ، އެއްޗެއް ވިދާޅުވާއިރުގައި، ޙަޤީޤަތާ އެއްގޮތަށް ވިދާޅުވުން ރަނގަޅުވާނެ އިނގޭތޯ.

އެމެރިކާއިންނާއި އިޒްރޭލުން އިސްވެ، އެއްވެސް ކަހަލަ ބެލުމެއްނެތި، އީރާނަށް މި ދިން ޙަމަލާއަކީ، ދިވެހި ސަރުކާރުން ހަރުކަށި ޢިބާރާތުން މިހާރު ދެފަހަރަކު ރަސްމީ ބަޔާނުންވެސް ކުށްވެރިކޮށްފައި އޮތް ކަމެއް. އަޅުގަނޑުމެން އެއްގޮތަކަށްވެސް ގަބޫލެއްނުކުރަން، އެއްވެސް ޤައުމަކަށް، އެ ޤައުމެއްގެ މިނިވަންކަމާއި އިޤްތިޞާދު ނަގާލާގޮތަށް، އެއްވެސް ފަރާތަކަށް ޙަމަލާދެވޭނެ ކަމަކަށެއް. އެއީ ކޮށްގެންވާނެ ކަމެއްނޫން. އެކަން ހަމަ މިހާރުން މިހާރަށްވެސް ޖެހޭނީ ހަމަ ހުއްޓާލަން. އިޒްރޭލަކީ އެއްވެސްވަރަކަށް މި ސަރުކާރުން އަދި ދިވެހި ރައްޔިތުން އެއްގޮތަކަށްވެސް ބަލައިގަންނާނެ ބައެއް ނޫން. ފަލަސްޠީނުގެ ރައްޔިތުންނަށް މިއަދާ ހަމައަށް އައިއިރުގައި، މިދިޔަ އެތައް ޒަމާނެއްގައި ދެމުން އައި، ކުރިމަތިކުރަމުން އައި ނިކަމެތިކަމަކީ، ދިވެހި ރައްޔިތުން އެއްގޮތަކަށްވެސް މާފުކުރާނެ ކަމެއްނޫން.

އެހެންވީމާ، ދިވެހި ސަރުކާރުގައި އޮންނާނީ، ވަރަށް ސާފު ސިޔާސަތެއް އިޒްރޭލު މައްސަލައިގައި. އަދި މުސްލިމް އެއްވެސް ޤައުމަކަށްދޭ، އެއްވެސް ޙަމަލާއަކީ މި ސަރުކާރަކުން ބަލައިގަންނާނެ ކަމެއްނޫން. އެހެންވީމާ، މި ހަނގުރާމައަކީ، އަދި އިންޓަރނޭޝަނަލް މިންގަނޑުން ބަލާއިރުގައިވެސް، އިންޓަރނޭޝަނަލް ލޯތަކަށް ބަލާއިރުގައިވެސް، ހުރިހާ ލޯއަކާއި، ހުރިހާ ޤާނޫނަކާ ޚިލާފު ހަނގުރާމައެއް. އެހެންވީމާ، މި ހަނގުރާމައަކީ އެއްގޮތަކަށްވެސް ދިވެހި ސަރުކާރުން ތާއީދުކުރާނެ ހަނގުރާމައެއް ނޫން. އަދި ކަނޑައެޅިގެން ދެކޮޅުހަދާކަން ބަޔާންކުރާ ހަނގުރާމައެއް.

ދެން އެމެރިކާގެ ޚާރިޖީ ވުޒާރާގެ ބޭފުޅެއް، ނޫނީވިއްޔާ އެހެން ވުޒާރާއެއްގެ ބޭފުޅެއް، ނޫނީ އެހެން ޤައުމެއްގެ ބޭފުޅެއް ރާއްޖެ ވަޑައިގަންނަވާ ކަމަށްވަންޏާ، އިޒްރޭލު ނޫން ޤައުމެއްގެ ބޭފުޅަކު ރާއްޖެ ވަޑައިގަންނަވަންޏާ، އަބަދުވެސް އަޅުގަނޑު އިޢުލާނުކޮށްފައި އޮންނަ ސިޔާސަތަކީ، ރާއްޖެއަކީ އިޒްރޭލު ފިޔަވައި ހުރިހާ ޤައުމަކާ ގާތް ގުޅުން ބާއްވާ ޤައުމެކޭ. ރާއްޖެއަށް އެއިން ފައިދާވާހާ ހިސާބުގައި. މޯލްޑިވްސް ފަސްޓް ޕޮލިސީ އޮންނާނީ. އެހެންވީމާ، އެމެރިކާގެ ވެރިޔަކު، ނޫނީވިއްޔާ އިސްބޭފުޅަކު ރާއްޖެއަށް ވަޑައިގަންނަވަން އެމެރިކާ ސަރުކާރުން އެދިވަޑައިގެންފި ކަމަށްވަންޏާ، އެ ފުރުޞަތު ރާއްޖެއިން ނުދިނުމަކީ، ރާއްޖެއަށް ވަރަށް ޢައިބު ކަމަކަށްވާނެ. ދައްކަން ބޭނުންވަނީ ކޮން ވާހަކައެއްތޯވެސް، އެ ފުރުޞަތުދީގެން ވަޑައިގެން ދެއްކެވީމާ އެނގެނީ. އަދި ބައްދަލެއްނުކުރޭ. ރާއްޖޭގެ އެއްވެސް ވަޒީރަކާވެސް އަދި ބައްދަލެއްނުކުރޭ.

މިއަދު ބައްދަލުވުމަކަށް ރިކްއެސްޓް ކޮށްފައި އެބައޮތް. އަދި އަޅުގަނޑާ ބައްދަލުކުރަންވެސް ރިކްއެސްޓް ކޮށްފައި އެބައޮތް.

އެހެންވީމާ، އަޅުގަނޑު ބޭނުންވަނީ ބަލަން، ކޮބައިތޯ ދައްކަން ބޭނުންވާ ވާހަކައަކީ. މި ހަނގުރާމައާ ގުޅޭގޮތުން ވާހަކައެއް ދައްކަންޏާ، އަޅުގަނޑު ދައްކާނެ ވާހަކައެއް ނޯންނާނެ. މި ރާއްޖޭގެ އެއްވެސް ސަރަޙައްދެއް ނުލިބޭނެ މި ހަނގުރާމައަކަށް. އަދި އެއްވެސް ހަނގުރާމައެއް ކުރާކަށެއް ބޭނުންކުރާކަށެއް. އެކަމެއް ނުވާނެ. ރާއްޖޭގެ އެއްވެސް ސަރަޙައްދެއް، މިލިޓަރީ އެއްވެސް ބޭނުމެއް ކުރާކަށެއް، ރާއްޖެއިން އުދުހިގެންދާކަށްވެސް، ރާއްޖޭގައި ޖައްސާކަށްވެސް، އަޅުގަނޑުމެން ނުދޭނަން އެ ފުރުޞަތެއް. އެއީކީ ވާނެ ކަމެއް ނޫން. އެހެންވީމާ، ރާއްޖެއާ އެކީގައި ދައްކަން ބޭނުންވާ ވާހަކައަކީ، ކޮބައިކަން އެ ބޭފުޅާ ވަޑައިގެން އެ ދެއްކެވީމާ، އަޅުގަނޑުމެން ބަލާނަން. ދެން އަޅުގަނޑުމެން ދޭނެ ޖަވާބު ހަމަ ވަރަށް ސާފުވާނެ. ރާއްޖެއަކުންނެއް އެއްވެސްވަރަކަށް ފުރުޞަތެއް ނުދޭނަން، އިސްލާމީ ޤައުމަކާ ދެކޮޅަށް ދޭ ޙަމަލާއަކަށް ޖާގަދޭކަށެއް. އެއީ، އަޅުގަނޑުމެން ކުރާނެ ކަމެއްނޫން. އެ ހަނގުރާމަ ޖެހޭނެ، މިހާރުން މިހާރަށް ހުއްޓެން. އެ ހަނގުރާމައިގައި ޙަމަލާދޭ އެއްވެސް ފަރާތަކުން އެ ދެނީ، ދީގެންވާނެ ޙަމަލާއެއް ނޫން. އީރާނުން ޙަމަލާދެންޏާ ދޭންޖެހޭނީ ސީދާ އިޒްރޭލަށް. އެއީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތް. އިޒްރޭލަށް ޙަމަލާދޭންވީ ރެޔާއި ދުވާލު. އަޅުގަނޑުމެން ވަރަށް ބޭނުން އެކަން އެގޮތަށް ދާން.

އެހެނެއްނޫން، މުސްލިމް ޢަރަބި ޤައުމުތަކަށް ޙަމަލާދިނީމާ ހަމަ މުސްލިމުން މަރުވާނީވެސް. މުސްލިމުންގެ ތަންތަން ހަލާކުވާނީވެސް. އެހެނެއްނޫން، އީރާނުގެ ޙަމަލާތައް އިޒްރޭލަށް އަދި މި ހަނގުރާމަ ކުރާ އީރާނަށް ޙަމަލާދޭ ދެ ފަރާތަށް، އެމެރިކާއާއި އިޒްރޭލުގެ އެ ތަންތަނަށް، އެ ސަރަޙައްދުގައި މުސްލިމުންނަށް ގެއްލުންނުވާގޮތަށް، އެކަން ހިނގުމަކީކަންނޭނގެ، މިކަން ވާންޖެހޭނެ ގޮތަކީ. އެއީ އަޅުގަނޑު ހިތުން ދިވެހި ސަރުކާރުގެ ސިޔާސަތަކީ. އެހެންވީމާ، އަޅުގަނޑުމެން އެއްގޮތަކަށްވެސް ފުރުޞަތެއް ނުދޭނަން، ރާއްޖޭގެ ބޭނުންކުރާކަށެއް. އެއީ ކޮންމެހެން މިލިޓަރީ ކްރާފްޓަކަށްވެސް ނޫން. އިތުރު އެހެން އެއްގޮތަކަށްވެސް. ޑިޕްލޮމެޓިކަލީ ވިޔަސް، އަދި އެހެން ކަހަލަ އިންތިޒާމީ ކަމެއްގެ ގޮތުންވިޔަސް، ރާއްޖެ ބޭނުންކުރުމުގެ ފުރުޞަތެއް ނުލިބޭނެ މި ހަނގުރާމައަކު.

ޝައިހާން ޒަރީރު – ރާއްޖެ ޓީ.ވީ:

ދެން އަޅުގަނޑުގެ ސުވާލަކީ، ވައިގެ ސަރަޙައްދު ބޭނުންކުރުމުގެ ހުއްދައަށް އެދުނީ ކޮން ޤައުމަކުންތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އަޅުގަނޑަކަށް ނެތް ތިޔަ މަޢުލޫމާތު ލިބިފައެއް. ގައިމުވެސް އެދެފިއްޔާ، އަޅުގަނޑާ ހަމައަށް އަތުވެއްޖިއްޔާ، އަޅުގަނޑު ވަގުތުން ރިޖެކްޓް ކުރާނަން.

ޝައިހާން ޒަރީރު – ރާއްޖެ ޓީ.ވީ:

މިނިސްޓަރ ވިދާޅުވި އެ ދުވަހު، ރާއްޖެއިން ރިޖެކްޓޭ ކުރީ. އެކަމަކު ކޮން ޤައުމެއްކަން.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އެހެންވީމާ، ރިޖެކްޓް ކުރައްވާފައިތާ އެ ވިދާޅުވީ.

ޝައިހާން ޒަރީރު – ރާއްޖެ ޓީ.ވީ:

ޤައުމެއްގެ ނަން ވިދާޅެއްނުވޭ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އަޅުގަނޑާ ހަމައަކަށް ނެތް، ތިޔަ މަޢުލޫމާތު އައިސްފައެއް އިނގޭތޯ.

ޝައިހާން ޒަރީރު – ރާއްޖެ ޓީ.ވީ:

ރައީސަށް އެނގިލައްވާފައި ނެތްތޯ އެއީ، ކޮން ޤައުމެއް ކަމެއް؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އަޅުގަނޑު މި ދެންނެވީ، ގައިމުވެސް ރާއްޖޭގެ ވައިގެ ސަރަޙައްދުވިޔަސް، ކަނޑުގެ ސަރަޙައްދުވިޔަސް، އެއްގަމުގެ ތަނެއްވިޔަސް، އެއްވެސް ތަނެއް ބޭނުންކުރުމުގެ ފުރުޞަތެއް ނުދޭނަމޭ، އެއްވެސްވަރަކަށް އެއްވެސް ހަނގުރާމައެއް، އަދި އަމުދުން މުސްލިމް ޤައުމަކާ ދެކޮޅަށް ކުރާކަށެއް.

ޝައިހާން ޒަރީރު – ރާއްޖެ ޓީ.ވީ:

މަނިކުފާނު ތިޔަ ވިދާޅުވަނީ، މަނިކުފާނާ ހަމައަށް އެއީ ކޮން ޤައުމެއްކަން އައިސްފައި ނެތްތޯ؟ ފޮރިން މިނިސްޓަރު އެ ޤައުމަކުން އެދިފައި އޮތް ކަމަށް، ރާއްޖެއިން ރިޖެކްޓްކުރި ކަމަށް ވިދާޅުވިޔަސް އެއީ ކޮން ޤައުމެއްކަން، އެ ޤައުމެއްގެ ނަން މަނިކުފާނާ ހަމައަށް އައިސްފައި ނެތީތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އަޅުގަނޑާ ހަމައަކަށް ނެތް ތިޔަ މަޢުލޫމާތު އައިސްފައެއް.

ޝައިހާން ޒަރީރު – ރާއްޖެ ޓީ.ވީ:

އާދެ، ޝުކުރިއްޔާ.

އަޙްމަދު އިޔާދު – ސަން އޮންލައިން:

السَّلامُ عَلَيْكُم.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

وَعَلَيْكُمُ ٱلسَّلَامُ

އަޙްމަދު އިޔާދު – ސަން އޮންލައިން:

ދެން އަޅުގަނޑު އަހާލަން ބޭނުންވަނީ އެންމެ ސުވާލެއް. އެއީ، މެދުއިރުމަތީގައި މި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ދުނިޔޭގެ ބޮޑެތި އިކޮނޮމީ، އިޤްތިޞާދީ ގޮތުން ރަނގަޅު ޤައުމުތައް ކަމަށްވާ ސިންގަޕޫރުން ފިޔަވަޅުތައްވެސް އަޅަމުންދާއިރުގައި، އަޅުގަނޑުމެންނަކަށް ދެން، މަނިކުފާނުވެސް ހަމަ ވިދާޅުވި، ދެން އިއްޔެގެ ޕްރެސްއަށްވެސް ރިފަރކޮށްފައި އަޅުގަނޑު މި ދަންނަވަނީ، އަޅުގަނޑުމެންނަކަށް ނުއެއްފެނެއޭ، ރާއްޖެއިން މި ފިޔަވަޅުއަޅާ މަންޒަރެއް. އެހެންނަމަވެސް، ބައެއް ފަރާތްތަކުން އެބަ ބުނެއޭ، ސަރުކާރުން ފިޔަވަޅުތައް އަޅަން މި މަޑުކުރަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށްފަހު ކަމަށް. އަދި އެއަށްފަހު، ބައެއް ތަކެއްޗާއި، ތެލުގެ އަގުވެސް ބޮޑުކުރާނެ ކަމަށް، ބައެއް ފަރާތްތަކުން ބުނޭ. އެހެންވީމާ، މިކަމަށް ރައީސް ދެއްވާނެ ޖަވާބަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ނޫން. އެއްގޮތަކަށްވެސް އިންތިޚާބާ ގުޅޭ ކަމެއްނޫން މިއީކީ. އަޅުގަނޑުމެން މިހާރު ކުރިން ދަންނަވާލިން. ތެލުގެ އަގު ބައެއް ފަރާތްތަކަށް ބޮޑުކޮށްފައި މިހާރުވެސް އެއޮތީ ދޮގެއްތޯ؟ ބޮޑުކުރެވޭނެ އެންމެ ކުޑަމިނަށް އެއޮތީ ބޮޑުކޮށްފައި. ދެން އިތުރު ބަދަލެއް ގެންނާނީ، އަޅުގަނޑުމެން އިތުރަށް ބަލާފައޭ. މިހާރު އަގުތައް ބޮޑުވަމުންދާވަރާއި، މި ހުރިހާ ކަމެއް ދިރާސާކޮށްފައި، އަޅުގަނޑުމެން އެކަން ބަދަލުކުރަންޖެހޭ ކަމަށްވަންޏާ، އެ މަޢުލޫމާތު ދޭނަމޭ. އެންމެފަހުން ގެނައި ބަދަލު ގެނައިފަހުން، އިތުރު ބަދަލެއް އަދި ނުގެންނަމޭ.

ފާޠިމަތު ނަހުދާ ފާއިޒް - ސޯސަލް:

އަޅުގަނޑުގެ ސުވާލަކީ މިހާރު މި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، އީރާނުން ސްޓްރެއިޓް އޮފް ހޮރުމޫޒް ނުހުޅުވަންޏާ، އެ ޤައުމުގެ ޕަވަރ ގްރިޑް ހަލާކުކޮށްލާނެ ކަމުގެ އިންޒާރު އެބަވޭ، އެމެރިކާގެ ރައީސް ޓްރަމްޕް ދީފައި. ދެން އެއަށް ރައްދުދީފައި އީރާނުން ބުނެފައި އެބަވޭ، ގަލްފުގެ އެހެން ޤައުމުތަކުގެ ޕަވަރ އިންފްރާސްޓްރަކްޗަރ ހަލާކުކޮށްލާނެ ކަމަށް، އެކަން އެހެން ހިނގައިފިއްޔާ. ދެން ރައީސްވެސް ފާހަގަކުރައްވައިފި، ގަލްފުގެ ޤައުމުތަކަކީ ރާއްޖެއާ އެކުވެރި ޤައުމުތަކޭ. އެންމެ ބޮޑަށް ރާއްޖެއަށް ހިލޭ އެހީ މި ލިބެނީ ފަންޑްސް ލައިކް އަ ސަޢުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓް، އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓް. ވިދާޅުވެއްޖެ، ސަރުކާރުގެ ތަރައްޤީގެ އެއްވެސް މަޝްރޫޢުތަކަކަށްވެސް ހުރަހެއް އަންނާނެ ކަމަކަށް، ފަސްޖެހުމެއް އަންނާނެ ކަމަކަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް. ނަމަވެސް، މިފަދަ ހާލަތެއް ދިމާވެއްޖެނަމަ، އެ ޤައުމުތަކަށްވެސް ޕްރިއޮރިޓީއަކަށް ވާނީ، އެ ޤައުމުތަކުގެ އިންޓަރނަލް އިންފްރާސްޓްރަކްޗަރ ރަނގަޅު ކުރުން. ސޯ އެފަދަ ހާލަތެއްގައި، އެކަހަލަ ސިޓުއޭޝަނެއްގައި ރާއްޖެއިން ޢަމަލުކުރާނެގޮތުގެ އެއްވެސް ކޮންޓިންޖެންސީ ޕްލޭނެއް އެބައޮތްތޯއޭ؟ އެއީ އަޅުގަނޑުގެ ފުރަތަމަ ސުވާލު.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، މިހާރު ބޭރުގެ ފަންޑެއްގެ ދަށުން ހިނގާ މަޝްރޫޢެއް ވެއްޖިއްޔާ، އެއީ ކުރީ ބައިގައި އެ ފަންޑު ހަމަޖައްސައިގެން، އެ ފަންޑުގެ ތެރެއިން އެ އޮންނަ އުސޫލަކުން ޑިސްބަރސްކުރާ ގޮތަށް އޮންނަ ލޯނުތަކެއް މި ހުންނަނީ. ދެން މިސާލަކަށް، ދެންމެ ތިޔަ ވިދާޅުވިގޮތަށް، އެއްވެސް ފަންޑެއް މެދުކަނޑާލަންޖެހޭ ހާލަތެއް އަންނަންޏާ، އެ ފަރާތަކުން ރާއްޖެއާ މަޝްވަރާކުރާނެ. ކޮށްފައި އެކަމެއް ނިންމާނީ. އެކަމަކު އާންމު އުސޫލުން ނޫނަސް، އެއްވެސްއިރަކު ކަންކުރާގޮތެއް ނޫން، ބޭރުގެ ފަންޑެއްގެ ފައިނޭންސް ސެކިއޯ ކުރުމަށްފަހު، ޑިސްބަރސް ކުރަން ފެށުމަށްފަހު ދެން ހިފެހެއްޓުން. އެހެނެއްނޫން، ފަންޑު އަދި ޑިސްބަރސް ނުކޮށް އޮތް، މުޅިން އާ މަރުޙަލާއެއް، މި ދެންނެވީ ސޮއިކުރުމުގެ މަރުޙަލާގައި އޮތް މަޝްރޫޢެއްވިއްޔާ މަޑުޖެހިދާނެ. އެހެނެއްނޫން، ސޮއިކޮށްގެން، ފައިސާ ދޫކުރަމުންދާ މަޝްރޫޢެއް ވެއްޖިއްޔާ، އެއީކީއެއް އެއްވެސް ޤައުމެއްގެ އެއްވެސް ކަހަލަ ޒަމާނެއްގައި އެގޮތަށް މެދުކަނޑާލާފައި އޮތް މަޝްރޫޢުތަކެއް ނޫން. އެހާލަތެއް އަންނަ ހާލަތެއްގައިވިއްޔާ މަޝްވަރާ ކުރާނެ. މަޝްވަރާ ކުރީމާ، އެކަމާ ގުޅޭގޮތުން ސަރުކާރުން އެ ފަރާތްތަކާ އެކީގައި ގުޅިގެން ކުރިއަށް ގެންދާނީ.

ސަރުކާރުން މިހާރު މި ވިސްނަނީ، ބޯހިޔާވަހިކަމާއި، ޞިއްޙީ ދާއިރާއަށް އެކަނި އިސްކަންދޭން، އާ މަޝްރޫޢުތައް ފެށުމަށް. އެއީ ސަރުކާރުގެ އެން.ޕީ.އައި.ގެ ތެރެއިން. ނިއު ޕޮލިސީ އިނީޝިއޭޓިވްގެ ތެރެއިން. ބޭރުގެ ފަންޑުގެ ތެރެއިން، އާ މަޝްރޫޢެއް ފަށާކަށެއް، މި ދެންނެވީ ކުރިން ނުފަށާ މަޝްރޫޢެއް ފެށުމުގެ އެއްވެސްކަހަލަ ގޮތަކަށް އަޅުގަނޑުމެން އެދިގެނެއް ނުއެއްއުޅެން މި ދުވަސްކޮޅަކުއެއް. ކުރީބައި ހަމަޖެހިފައި ހުރި މަޝްރޫޢުތައް، އެއީ ހިލޭ އެހީ ކަމުގައިވިޔަސް، ލޯނު ސްކީމް ވިޔަސް، އަޅުގަނޑުމެން ހަމަ ޕަރސިވް މި ކުރަނީ.

މިސާލަކަށް، އިންޑިއާގެ އެލް.އޯ.ސީ. އެބައޮތް. ޗައިނާގެ ހިލޭ ގްރާންޓް އެއިޑް ޕްރޮޖެކްޓްސްތައް އެބަހުރި. މެދުއިރުމަތީގެވެސް ކުރިއްސުރެ ހަމަޖެހިފައި ހުރި، ފައިސާ ދެމުންދާ މަޝްރޫޢުތައް އެބަހުރި. ސަޢުދީ ފަންޑު، އަބޫދާބީ ފަންޑު، ކުވައިތު ފަންޑު، މިފަދަ ތަންތަނުގެ.

ފާޠިމަތު ނަހުދާ ފާއިޒް - ސޯސަލް:

ދެން އަޅުގަނޑުގެ ދެވަނަ ސުވާލަކީ، ދާދިފަހުން ޕީ.އެން.ސީ.ގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި، ބައެއް ކައުންސިލްތައް، 57 ކައުންސިލެއް، ސަރުކާރުން ހިންގަން ބޭނުންވާ ބައެއް މަޝްރޫޢުތައް ނުހިންގި އެބަހުރި ކަމަށް. ނަމަވެސް، މިހާރު ލާމަރުކަޒީ ޤާނޫނު މި އޮތްގޮތުން، ހުއްދައާނުލައިވެސް މަޝްރޫޢު ހިންގުމުގެ ބާރު ސަރުކާރަށް އެބަ ލިބޭ. އޭގެ އެއް މިސާލެއްގެ ގޮތުގައި، ނ އަތޮޅު ވެލިދޫގައި ދާދިފަހުން އެބަވޭ، ކައުންސިލުން އެކަމާ ދެކޮޅުހަދާފައި ވަނިކޮށް މިނިސްޓްރީން ބިން ހިއްކުމުގެ މަޝްރޫޢެއް ހިންގައިގެން، އެތަނުގެ ވެލިގަނޑު ގަނބައިގެން ގޮސްގެން، ވަރަށް ބައިވަރު ކަންތައްތަކެއް ހިނގާފައި އެބަވޭ.

ދެން ލޯކަލް ގަވަރންމަންޓް އޮތޯރިޓީ، އެލް.ޖީ.އޭ. އަށްވެސް އެބައޮވޭ ބާރު، ކައުންސިލްތަކަށް އެއްބާރުލުން ނުދޭކަމަށްވަންޏާ، ނޫނީވިއްޔާ ޤާނޫނާއި ގަވާއިދަށް ޚިލާފުވާ ކަމުގައިވަންޏާ ފިޔަވަޅު އެޅުން. އެގޮތަށް އެބަހުރި، ބައެއް ކައުންސިލްތައް މި ފަހުން ހަމަ ސަސްޕެންޑްވެސް ކޮށްފައި. ކައުންސިލަރުން މިގޮތަށް އެބަހުރި. ދެން މަނިކުފާނު ހާމަނުކުރައްވާ، ސީދާ ކޮން ސަބަބަކާ ގުޅިގެންކަން ނުހިންގިފައި ހުރީ. އެއީ ބިން ނުލިބިގެންތޯ، ނޫނީ ކޮންކަމެއްތޯ؟

ދެން ޕީ.އެން.ސީ.ގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން، ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ ޕީ.އެން.ސީ.އަށް ނުލިބިއްޖެނަމަ، ސަރުކާރުން މަޝްރޫޢުތައް ހިންގުން ދަތިވާނެކަމަށް ދޭހަވާފަދަ މޭރުމަކުން މަނިކުފާނު ވާހަކަ ދެއްކެވީމާ، އެހެންވެ އަޅުގަނޑު މި ސުވާލު އަމާޒުކޮށްލަނީ. މި ބާރު އެބައޮތޭ ޤާނޫނުގެ ތެރެއިން ލިބިފައި. ޑިމޮކްރެޓިކަލީ، އިލެކްޓަޑް ކައުންސިލްތަކެއް، އޮޕޮޒިޝަން ލެޑް ކައުންސިލްތަކަކީވެސް. އެ ކައުންސިލްތައް، އެ ރެޕްރެޒެންޓް ކުރަނީ އެ ރަށެއްގެ ރައްޔިތުން. އެއީ އޮޕޮޒިޝަން ލެޑް ކައުންސިލްތަކެއް ކަމުގައިވީ ނަމަވެސް. އެހެންވީމާ، އެ މޭރުމުން ވާހަކަފުޅު ދެއްކެވީ ކީއްވެގެންތޯ؟ ކީއްވެގެންތޯ ކުރިއަށް ނުގެންދެވެންވީ އޮޕޮޒިޝަން ލެޑް ކައުންސިލްތަކަކާ އެކުގައި. ދެން އެ 57 ރަށަކީ ކޮބައިކަން، ކޮން މަޝްރޫޢުތަކެއްކަން، ދެން ކުރިއަށް ނުގެންދެވި އޮތީ ކޮން ސަބަބުތަކަކާ ހުރެކަން؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އަޅުގަނޑު ހަނދާންވަނީ، ދެން އަޅުގަނޑަށް ނުދެންނެވި އޮވެދާނެ. އެކަމަކު އެ ރިފަރ ކުރީ ބިން ހަވާލުކުރުމަށް ދަތިވެފައި، ބިން ހަވާލުނުކޮށް ހުރި ރަށްތަކަށް. އެކިކަހަލަ މަޝްރޫޢުތަކަށް. އެއީ، ބައެއް ރަށުގައި މިސްކިތް އެޅުން، ބައެއް ރަށުގައި ސްޕޯޓްސް މަޝްރޫޢުތައް ހިންގުންފަދަ، ބިމާގުޅޭ މަޝްރޫޢުތައް. ދެން ބާރެއް އޮތުމަކީ، އެ ބާރެއް ބޭނުންކުރަންޖެހޭ ސަބަބެއް ނޫން އިނގޭތޯ. ބާރެއް އޮތުމަކީ، އެ ބާރެއް ޒިންމާދާރުކަމާއެކީ ބޭނުންކުރަންޖެހޭނެ ކަމެއް. އެހެންވީމާ، ޤާނޫނުގައި އަދި ފިޔަވަޅު އެޅޭ ބާރު އޮތް ނަމަވެސް، އަޅުގަނޑު ގަބޫލުކުރާ ހަމައެއްނޫން، ކައުންސިލްތަކަށް ފިޔަވަޅު އަޅަންޖެހޭނެ ކަމަކަށެއް. އަޅުގަނޑު ވަރަށް ބޮޑަށް ހަމަ ގަބޫލުކުރާ އަދި އަޅުގަނޑު އެކަމުގެ ތެރޭގައި އުޅެފައި ހުރި ދާއިރާއެއް، ލާމަރުކަޒީ ނިޒާމުގެ ދާއިރާއަކީ.

އެހެންވީމާ، ކައުންސިލަކަށް ފުރުޞަތު އޮވެގެން، ކައުންސިލަކުން ސަރުކާރާ އެކީގައި މަސައްކަތްކުރާ ގޮތަށް ކަންތައްތައް ދިޔުން އަޅުގަނޑު އެދޭ ގޮތަކީ. މިއަދާ ހަމައަށް އައިއިރުގައިވެސް، ގިނަ ކައުންސިލްތައް މަސައްކަތްކޮށްފައި އޮތީ، ވަރަށް ރަނގަޅަށް. އެހެންނަމަވެސް، އެކިއެކި ސަބަބުތަކާ ހެދި، މި ދެންނެވިހެން ބިން ހަވާލުނުކޮށްގެން، މަޑުޖެހިފައި ހުރި މަޝްރޫޢުތަކެއްގެ ވާހަކައަށް އަޅުގަނޑު ރިފަރ ކުރީ.

ދެން ކޮންމެ ރަށަކަށް ފިޔަވަޅު އަޅައިގެން، އެ ރަށަކުން އެ ބިން، ތިޔަ ވިދާޅުވާހެން ޤާނޫނުގައި އޮންނަ މާއްދާގެ ދަށުން ބަދަލުކުރުން އެއީ، އަޅުގަނޑު ގަބޫލުކުރާ ކަމެއްނޫން. އެކަހަލަ ޕްރޮވިޝަންސްތައް ޤާނޫނުގައި ހުރުމަކީ، ކޮންމެހެން ހަމަ އެކަން އެޕްލައި ކުރަންޖެހޭ ކަމެއްނޫން. އެއަށްވުރެ މާ ފުރިހަމައަށް، މާ ރީއްޗަށް ނިޒާމު ހިނގަންޖެހޭނެ. އެންމެންނާ ވާހަކަ ދެކެވިގެން، ރީތިކޮށް، ޕްރޮފެޝަނަލީ މަސައްކަތް ކުރާކަމަށްވަންޏާ، ސިޔާސީ ވިސްނުން އެއަށް ނުވައްދާ މަސައްކަތްކުރާ ކަމަށްވަންޏާ، ރައްޔިތުންނަށް އެއްވެސް ދައްޗެއް ނުވާނެ.

އެކަމަކު ގިނަ ފަހަރަށް މިވާގޮތަކީ، ރާއްޖޭގައި ސިޔާސީ ވިސްނުން އިސްކުރެވިގެން، ރައްޔިތުންނަށް އަންނަން ހުރި ކުރިއެރުންތަކަށް ހުރަސްތައް ކުރިމަތިވަނީ. އެއީ، ރައްޔިތުންނަށް އެފޯޑް ކުރެވޭނެ ކަމެއްނޫނޭ. ރައްޔިތުންނަށް ވަރަށް ގިނަ ވަޢުދުތަކެއް އަޅުގަނޑު ވެފައި މިހުރީ، ރިޔާސީ އިންތިޚާބުގައި. އަދި އެކިފަހަރު ރައްޔިތުންނާ ބައްދަލުވީއިރުގައި ވެފައި މިހުރީ. އެކަން ކުރަން ބޭނުންވެގެން. އެކަން ކުރެވޭނީ ލޯކަލް ކައުންސިލްތަކުގެ އެހީތެރިކަމާ އެކީގައި. އަޅުގަނޑު ބޭނުންވަނީ، ލާމަރުކަޒީ އުސޫލުގެ ތެރެއިން ކަންކަން ކުރަން. އެ ނިޒާމު އަޅުގަނޑު ފުރިހަމައަށް ގަބޫލުކުރާ އަދި ފުރިހަމައަށް އިތުރަށް ތަންފީޒުކުރަން ބޭނުންވާ ނިޒާމެއްވީމަ.

އެހެންވީމާ، އެގޮތުން، ކައުންސިލްތަކުގެ އެހީތެރިކަން ލިބިގެން، އެ ރަށެއްގައި ކޮންމެފަދަ މަޝްރޫޢެއް ހިންގި ކަމުގައިވީނަމަވެސް، އެ މަޝްރޫޢަކަށް ބިން ދިނުން ކަމުގައިވީނަމަވެސް، އެ ދޭންޖެހޭ ހުއްދަތައް ދިނުން ކަމުގައިވިޔަސް، އެ ކަންކަން ލިބިގެން ރީތިކޮށް ހަމަ ވަރަށް ފުރިހަމައަށް ހިނގަން ބޭނުން. އެހެންވީމާ، އެކަން ކުރުމުގައި މަޑުޖެހުންތައް އައުމަކީ، ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތަކަށް ނުވާނެއޭ. އެހެނެއް ނޫނޭ، އެކަމުގައި ފުރިހަމައަށް އެއްބާރުލުން ދޭނެ ޓީމުތަކެއް ރަށްރަށުގައި އޮވެގެން ކުރިއަށްދާ ކަމުގައިވަންޏާ، ވަރަށް ބާރު ސްޕީޑްގައި ކަންކަން ދާނެއޭ. އެ ވިސްނުމުގައި، އެ މޭރުމުގައި އަޅުގަނޑު އެ ވާހަކަ ދެންނެވީ.

ފާޠިމަތު ނަހުދާ ފާއިޒް - ސޯސަލް:

އަޅުގަނޑުގެ ސުވާލަކީ، މަނިކުފާނު ވިދާޅުވީ، މި ވެރިކަމުގައޭ ޑިމޮކްރެސީ އެންމެ ކުރިއެރީވެސް. މަނިކުފާނު ތިޔަ ވިދާޅުވަނީ، ކޮން ރައްޔިތުންނަކަށްތޯއޭ، ރައްޔިތުންނަކަށް އެފޯޑެއް ނުކުރެވޭނެއޭ. ކޮން ރައްޔިތުންނަކަށްތޯއޭ އެފޯޑް ނުކުރެވެނީ. ކައުންސިލްތައް ރިޕްރެޒެންޓް ކުރާނީ، އެ ކައުންސިލެއްގެ ރައްޔިތުން ދޮގެއްތޯ؟ އެ ރަށެއްގެ ރައްޔިތުން ރިޕްރެޒެންޓް ކުރާނީ، އެ ކައުންސިލްތަކަށް އިލެކްޓްކޮށްފައި ތިބި މެންބަރުން. އެހެންވެއްޖިއްޔާ، އެ ކައުންސިލަކުން މި ބުނަނީ ބޭނުމެއްނޫނޭ، މި މަޝްރޫޢު ހިންގާކަށް. އެހެންވީމާ، ސަރުކާރަށް ކޮން ބާރެއްތޯ އޮތީ، އެ ރައްޔިތުންގެ ޑިމޮކްރެޓިކަލީ އިލެކްޓަޑް ކައުންސިލްތަކާ ދެކޮޅަށް ސަރުކާރުން ޕްރެޝަރ ކޮށްގެން، އެފަދަ މަޝްރޫޢުތަކެއް ހިންގަން؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

ސަރުކާރުވެސް ހޮވީ ރައްޔިތުން. ރައީސުލްޖުމްހޫރިއްޔާ ހޮވާފައިވެސް ހުންނަނީ ރައްޔިތުން. އަދި ހުރިހާ ރައްޔިތުން ހޮވާފައި ހުންނަ ރައީސުލްޖުމްހޫރިއްޔާއެއް ހުންނަނީވެސް. އެހެންނޫންތޯ؟ އެހެންވީމާ، ރައްޔިތުން ހޮވާފައި، މުޅި ރާއްޖޭގެ ރައްޔިތުންގެ މެޖޯރިޓީން ހޮވިފައި ހުރި ރައީސުލްޖުމްހޫރިއްޔާއަށް އޮތް ޒިންމާ އަދި މާ ބޮޑެއްނު. ދެން ތިން ބާރު ވަކިވެފައި އޮންނަ ނިޒާމެއްގެ ތެރޭގައި، މި އޮންނަނީ ވެރިކަން ކުރުމުގެ ބާރު. ޤާނޫނު ހެދުމުގެ ބާރު. ދެން ޝަރުޢީ ބާރު. ޖުޑީޝަރީ. ވެރިކަން ކުރުމުގެ ބާރު، ނޫނީވިއްޔާ ވެރިކަން ކުރުމުގެ ނިޒާމުގެ ތެރޭގައި މި އޮންނަނީ ސަރުކާރާއި، ސަރުކާރަށް އެހީތެރިކަން ދިނުމަށްޓަކައި، ކައުންސިލް. ވެރިކަން ކުރުމުގެ ބާރުތެރޭގައި ކައުންސިލް އޮތީ އިނގޭތޯ. މިހާރު އަޑުއައްސަވާ. ވެރިކަން ކުރުމުގެ ބާރުގެ ތެރޭގައި މިއޮތީ ކައުންސިލްތައް. ޤާނޫނުގައި އަދިވެސް އޮތްގޮތް އެއީ. ޤާނޫނުއަސާސީގައި އޮތްގޮތް.

އެހެންވީމާ، ލާމަރުކަޒީ ޤާނޫނުގައި އަދިވެސް އޮންނާނީ، ސަރުކާރުން ހިންގަން ބޭނުންވާ މަޝްރޫޢުތައް، ސަރުކާރުން ތަންފީޒުކުރަން ބޭނުންވާ ސިޔާސަތުތަކަށް ފުރިހަމައަށް އެއްބާރުލުން ދޭންޖެހޭނެ ކަމަށް. (ހ) އިން (ޖ) އަށް ހަނދާންވަނީ، ކައުންސިލްތަކުގެ ޒިންމާތަކާއި މަސްއޫލިއްޔަތު، ލާމަރުކަޒީ ޤާނޫނުގައި އޮންނާނެ. އެ ހުރިހާ ތަނެއްގައިވެސް އޮންނާނީ އެއްބާރުލުން ދިނުން. މަގުފަހިކޮށްދިނުން. މި މޭރުމުން، މި މަފްހޫމުގެ ވާހަކަތައް އޮންނާނެ.

އެހެންވީމާ، އެ އެއްބާރުލުން ދިނުމާއި، އެ މަގުފަހިކޮށްދިނުން، ފެސިލިޓޭޝަން، އެ ބައި ކޮށްނުދޭ ކަމަށްވަންޏާ، އެ ވެރިކަން ކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ މުއައްސަސާއަކުން ނުދޭކަމަށްވަންޏާ، އެއީ ވަރަށް ބޮޑު، އެ އަންނަ މަޑުޖެހުމެއްނޫންތޯ އެ އަންނަނީ އެ ތަންފީޒީ ދާއިރާގެ ތެރޭގައި. މިއީކީ ޖަވާބުދާރީކުރުވުމުގެ ޒިންމާ އޮންނަ ބައެއް ނޫނޭ ކައުންސިލަކީ. ޖަވާބުދާރީ ކުރުވުން މި އޮންނަނީ މަޖިލީހަށް. ދެން އަދި ކޯޓުތަކަށް މައްސަލައެއް ގޮސްގެން ކޯޓުން ބެލުން. މިއީ އޮންނަ ގޮތަކީ. ވެރިކަން ކުރުމުގެ ފަށަލައިގެ ތެރޭގައި އުޅޭ ބަޔަކު، ނުކުމެ، އަނެއް ފަށަލައިގެ ތެރެއަށް ވަންނަން މަސައްކަތްކުރާ ވާހަކަ ދައްކަންޏާ، އޭގައި އެބައުޅޭ ކުޑަކުޑަ މައްސަލައެއް. ވިސްނާލަންޖެހޭ.

އެހެންވީމާ، މުޅި ރާއްޖޭގެ ރައްޔިތުންގެ މެޖޯރިޓީން ރައީސުލްޖުމްހޫރިއްޔާއަކު ހޮވާފައި، ސަރުކާރެއް ހިންގަން ހަވާލު މިކުރަނީ ޤާނޫނުއަސާސީގައި އޮންނަ ހަމަތަކުގެ މަތިން. ހަވާލުކުރީމާ، ވެރިކަން ކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ ބަޔަކުވިއްޔާ، އެ ރައީސުލްޖުމްހޫރިއްޔާއަކަށް އެއްބާރުލުން ދެއްވަންޖެހޭނެ. އަދި ރައްޔިތުން ބޭނުންވާ ކަމެއް އޮވެއްޖިއްޔާ، ހުށަހަޅަންވެސް ޖެހޭނެ.

މިހާރު މިސާލަކަށް، ޕްރޮޖެކްޓެއް ހިންގަން ބޭނުންވަނީ. ލެޓްސް ސޭ މިސާލަކަށް، ބަނދަރެއް ހަދަން. ސަރުކާރުން މިސާލަކަށް، މި ފޮނުވަނީ ކޮންސެޕްޓެއް. ފޮނުވީމާ، ކައުންސިލުން ކުރައްވަންޖެހޭނެ ކަމަކީ، ރައްޔިތުންގެ ގާތަށް ވަޑައިގެންފައި، ރައްޔިތުންގެ ބައްދަލުވުމެއް ބާއްވާފައި، އެއަށް، ކޮންސެޕްޓަށް، ޚިޔާލު ހޯދަންޖެހޭނީ. ހޯދާފައި، ރައްޔިތުންގެ ފަރާތުން އެ ޚިޔާލުތައް ސަރުކާރަށް ފޮނުވާނީ. މިގޮތަށް ހިނގާ ނިޒާމެކޭ މިއީ. އެކަމަކު ކައުންސިލުން އެއަށް ހުރަސްއަޅައި، އެ ދިގުދަންމާލަނީ. މިސާލަކަށް، އެ މީޓިންގ ނުބާއްވައި، ނޫނީވިއްޔާ އެއަށް ކޮމެންޓް ނުފޮނުވާ، މަސް، ދެމަސް ދަނީ. އެއީކީ އޮތް ޗޮއިސްއެއް ނޫނެއްނު. އެއެއް ނޫނެއްނު ނިޒާމުގެ ބޭނުމަކީ. ނިޒާމަކީ އެއަށްވުރެ މާ ފުރިހަމައަށް ލިޔެވިފައި އޮތް ނިޒާމެއް. އެހެންވީމާ، ނިޒާމު ތަންފީޒުކުރުމުގެ ފުރުޞަތު އޮންނަންވާނެ. އަދި ރައްޔިތުންގެ ވަރަށް ބޮޑު ޙައްޤެކޭ އެއީ. އެ ވާހަކަ އަޅުގަނޑު މި ދަންނަވަނީ.

އާދެ، ވަގުތު ހަމަވުމާއެކީގައި، މިއަދުގެ ބައްދަލުވުން އަޅުގަނޑު ނިންމާލާނަން. އަޅުގަނޑު ނިންމާލުމުގެ ކުރިންވެސް ދަންނަވާލަން ބޭނުންވަނީ، ރައްޔިތުންނަށް ބޭނުންވާ ކަންކަން ފޯރުކޮށްދިނުމުގައި، ސަރުކާރުން ވަރަށް ޒިންމާދާރުކަމާ އެކީގައި މިގެންދަނީ، މި ހިނގާ ހާލަތުގައި ކަންތައްތައް ބައްޓަން ކުރަމުންނޭ. އަޅުގަނޑުމެން އަޅަންޖެހޭ ފިޔަވަޅެއްވިއްޔާ އަޅާނީ، ރައްޔިތުންނަށް އެކަންކަން ކިޔައިދީފައި. ހަފުތާއަކު އެއް ދުވަހު ޕްރެސް ކޮންފަރެންސެއް، މިނިސްޓީރިއަލް ކޮމިޓީން ބާއްވާނެ. އެ ބާއްވާ ޕްރެސް ކޮންފަރެންސްގެ ތެރޭގައި، ހުރިހާ މަޢުލޫމާތެއް ޙިއްޞާކުރާނެ.

އެންމެފަހުން އަޅުގަނޑުމެން ތެލުގެ އަގު ބޮޑުކުރިއިރުގައި، ބައެއް ފަރާތްތަކުން އަގުބޮޑުކުރި ދޮގެއްތޯ. ރިޒޯޓުތަކަށް ޚާއްޞަކޮށް ބޮޑުކުރި. ރިޒޯޓުތަކަށް ވަރަށް ބޮޑުވާނެ މިހާރު ތެޔޮ. އަދި ޑިސްޓްރިބިއުޓަރުންނަށް ބޮޑުކޮށްފައި ވަނީ. އެހެންވީމާ، އެ ބޮޑުކުރި ކުރުން އަދި މެއިންޓެއިން އެބަ ކުރެވެއޭ. އަޅުގަނޑު ނުބުނަން، ބޮޑުކުރާކަށް ދެން ދުވަހަކުވެސް ނުޖެހޭނެއޭ. އެހެނެއް ނުދަންނަވަން. ދެން ބޮޑުކުރަންޖެހޭ ހާލަތަށް އަތުވެއްޖެނަމަ، އަޅުގަނޑު މި ދެންނެވީ މިދަނީ ޑެއިލީ ބަލަމުންނޭ. ވަރަށް ފުލެކްޗުއަލިޓީ މި މާކެޓް. ޑެއިލީ ބަލަމުންނޭ މިދަނީ. މިވަގުތަށް އަބަދުވެސް ރާއްޖޭގެ ސްޓޮކް މެއިންޓެއިން ކުރެވޭވަރަށް ތެޔޮ ގެންނަމުންނޭ މިދަނީ. މިވަގުތު ސްޓޮކް އެހެރީ މެއިންޓެއިން ކުރެވިފައި. އަބަދުވެސް އެ ހުންނަންވާވަރަށް، އަބަދުވެސް ރާއްޖޭގައި ބެހެއްޓޭވަރަށް އެހެރީ ގެނެވިފައި.

ދެން އަނެއްކާ މި އަންނަ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި، އެޕްރީލް 3 އަދި 5 ގައި މި އަންނަނީ ދެ ބޯޓު. އެހެންވީމާ، އަބަދުވެސް އެ ސްޓޮކް އެބަ މެއިންޓެއިން ކުރެވޭ. އަގު މަތިވަނީ. އަގު މަތިވާވުން، ރައްޔިތުންނަށް، އާންމު ރައްޔިތުންނަށް އިތުރަށް ޕާސްކުރަން ޖެހޭނެތޯ، ނޫންތޯ އަޅުގަނޑުމެން ބަލަމުންނޭ މިދަނީ. ބަލާފައި އެ އަންނަޖެހޭ ބަދަލެއްވިއްޔާ، ހަމަ ފުރަތަމަވެސް ރައްޔިތުންނާ އަޅުގަނޑުމެން ޙިއްޞާކުރާނަމޭ ޑީޓެއިލާ އެކީގައި.

އެހެންވީމާ، އެ ޒިންމާދާރުކަމާ އެކީގައި، އަމާނާތްތެރިކަމާ އެކީގައޭ، އަޅުގަނޑުމެން މި ހޭންޑްލް ކުރަނީ މި މައްސަލަ. އިރާދަކުރެއްވިއްޔާ، ހަމަ ވަރަށް ގާތުން ރައްޔިތުންނާ އެކީގައި މިކަމުގައި އަޅުގަނޑުމެން މަސައްކަތްކުރަމުން ދާނީ.

ވަރަށް ބޮޑަށް ޝުކުރިއްޔާ!

وَالسَّلَامُ عَلَيْكُمْ.