ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިލަދުންމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއް މިއަދު މެންދުރު ފަށްޓަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އެ އަތޮޅަށް މި ކުރައްވާ ދަތުރުފުޅުގައި, އެ އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެން އެރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރަށްރަށާއި އެ އަތޮޅުގައި ސަރުކާރުން ހިންގަވަމުންދާ އަދި ހިންގެވުމަށް ހަމަޖައްސަވާފައިވާ ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭ މަޢުލޫމާތު ރައްޔިތުންނާ ޙިއްޞާ ކުރައްވާނެއެވެ.