ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރައްޔިތުންގެ މަޖިލިސް މި ދައުރަށް އިފުތިތާޙުކޮށްދެއްވައި، 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވައިފިއެވެ.

އެމަނިކުފާނު ރިޔާސީ ބަޔާން އިއްވަވާފައިވަނީ، މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ، 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައެވެ.

ކޮންމެ އަހަރެއްގައިވެސް، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ޤައުމުގެ ޙާލަތު ބަޔާންކޮށްދެއްވައި، އަދި ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރެއްވުމަށްޓަކައި ކުރައްވަންޖެހިވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް އިއްވެވުމަކީ، ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ލާޒިމުކުރާ ކަމެކެވެ.