بســم اللّـه الرّحمـن الرّحيــم
الحمـد للّـه ربِّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيِّدنا محـمَّدٍ وعلى آلـه وصحبـه أجمعـين.
އާދެ، މިއަދު އަޅުގަނޑުމެން މިތަނަށް އެއްވެ މިތިބީ ވަރަށް މަތިވެރި ދެ ބޭނުމެއްގައި. އެއް ބޭނުމަކީ އަޅުގަނޑުމެންނަށް އެ ބޭފުޅެއްގެ ޒިޔާރަތުން ވަރަށް ޚާއްޞަ އުފަލެއް ޙާޞިލްވާ ރާބިޠަތުލް ޢާލަމިލް އިސްލާމީގެ ސެކްރެޓަރީ ޖެނެރަލް މަޢާލީ އައްދުކްތޫރު ޢަބްދުﷲ ޢުމަރު ނަޞީފް، އެ މަނިކުފާނު މި ޖަލްސާގައި ބައިވެރިވެވަޑައިގެންދެއްވުމަށް ވަޑައިގެންނެވިކަމަށްޓަކައި، އެ މަނިކުފާނަށް މަރުޙަބާ ދެންނެވުން. ދެވަނަ ބޭނުމަކީ ރާއްޖޭގެ މިސްކިތްތަކާބެހޭ ޤައުމީ މަޖިލިސް ހުޅުވުން.
ޝައްކެއްނެތް، ރާބިޠާގެ ސެކްރެޓަރީ ޖެނެރަލް، ދިގު ދަތުރުފުޅެއް ކުރައްވާފައި އަޅުގަނޑުމެންނާ ހަމައަށް ވަޑައިގެންކަމީ އަޅުގަނޑުމެންނަށް ލިބުނު ވަރަށްބޮޑު ފަޚްރެއް، ވަރަށްބޮޑު އުފަލެއް. އެއިން ދައްކައިދެނީ އަޅުގަނޑުމެންގެ އިސްލާމީ ދިވެހިރާއްޖެއާއި، އިސްލާމީ ޤައުމުތަކާ މިހާރު ގުޅިފައިވާ ގުޅުމުގެ ބޮޑުކަން. އަޅުގަނޑުމެންގެ ރާއްޖެއަކީ، މިހާރު އިސްލާމީ ޗާޓުގައި ފާހަގަކުރެވޭ އަދި އިސްލާމީ ޤައުމުތަކުން ރާއްޖެއަށް އެކަށީގެންވާ ޤަދަރާއި އިޙްތިރާމު ރައްދުކުރާ ރާއްޖެއެއްކަން މި ޒިޔާރަތުން ހާމަވެގެންދަނީ.
އެނގިވަޑައިގަންނަވާނޭ ފަދައިން، މީގެކުރިން، ރާއްޖެ ނޭނގުމުގެ ތެރޭގައި އާދެ، ބޭރު ދުނިޔޭގައި ނޭނގުމުގެ ތެރޭގައި އޮތް، ވަރަށްގިނަ ދުވަސްތަކެއް ވޭތުކޮށްފި. އެއީ އެކަން ވާނެވެސްގޮތް. އަޅުގަނޑުމެންފަދަ ކުޑަކުޑަ ޤައުމަކަށް އަޅުގަނޑުމެންނާބެހޭ އެކަށީގެންވާ ތަޢާރުފެއް، ބޭރު ދުނިޔޭގައި މާފަސޭހައިން ހާމަކުރެވޭކަށް ނޯންނާނެ. އެހެންނަމަވެސް، ދުނިޔޭގެ މުވާޞަލާތުގެ ކަންތައްތައް ކުރިއަށްދިޔުމާއި އަދި ރާއްޖެ ތަރައްޤީވުމާއި، ރާއްޖޭގެ ސަރުކާރުގެ ފަރާތުންވެސް ރާއްޖެ ތަޢާރުފްކުރުމަށް، ބޭރު ދުނިޔޭގައި ކުރަމުންގެންދާ މަސައްކަތްތަކާ، މި ހުރިހާ ކަމެއްގެ ސަބަބުން ﷲ ގެ ވާގިފުޅާއެކު، މިއަދު ދިވެހިރާއްޖެއަކީ އިސްލާމީ ދުނިޔެ ދަންނަ ތަނަކަށް މިއޮތީވެފައި.
އާދެ، އެހެންކަމާއެކު، ރާބިޠާގެ ސެކްރެޓަރީ ޖެނެރަލް އަޅުގަނޑުމެންނަށް ޒިޔާރަތްކުރެއްވީ، މިރަށަށް ވަޑައިގަތީ، އަޅުގަނޑުމެންގެ ޙާލު ދެކެވަޑައިގަތުމަށްޓަކައި އަދި އެމަނިކުފާނު ވަޑައިގަންނަވާ ދުވަހު ހުޅުވުމަށް ހަމަޖެހިފައިވާ، މިސްކިތްތަކާބެހޭ ޤައުމީ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމުގެ އުފާ އަޅުގަނޑުމެންނަށް އެ ދެއްވީ.
އާދެ، ރާބިޠާއަކީ ކޮންފަރާތެއްކަން އަޅުގަނޑުހިތުން ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. އެއީ ދުނިޔޭގައި މަޝްހޫރު ޖަމާޢަތެއް. ސަރުކާރުގެ ޖަމާޢަތެއް ނޫން. އެހެންނަމަވެސް، ސުޢޫދީ ސަރުކާރުގެ ވަރަށްބޮޑު އެހީއެއް ލިބެމުންދާ އަދި ސުޢޫދީ ސަރުކާރުގެ ތަފާތު ގިނަ އެހީތަކުގެ ސަބަބުން، ދުނިޔޭގައި ދިރިއުޅޭ މުސްލިމުންނަށް ވަރަށްގިނަ އެހީތަކެއް ފޯރުކޮށްދެމުންދާ ޖަމާޢަތެއް، ރާބިޠަތުލް ޢާލަމިލް އިސްލާމީއަކީ. އެ ޖަމާޢަތާއި ދިވެހިރާއްޖެއާ ދޭތެރޭގައި ގުޅުން އުފެދި ހިނގަމުންދާތާ މިހާރު އަހަރުތަކެއްވެއްޖެ. އެ ގުޅުމަށް އިތުރު ބަދަހިކަމެއް ގެނެސްދިންކަމަކީ، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، ރާބިޠާގެ ކޮންސްޓިޓިއުއެންޓް ކައުންސިލް ނުވަތަ ތައުސީސީ މަޖިލީހުގެ މެންބަރުކަމުގެ ޝަރަފް އެފަރާތުން، މިހާރު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުރި މީހާއަށް ދެއްވިކަން. އެއަށްފަހުގައި ދިވެހިރާއްޖެއާއި ރާބިޠާއާ ދެމެދުގައި އޮތް ގުޅުން އައީ އެއްދުވަހުން އަނެއް ދުވަހަށް ބަދަހިވަމުން. ރާބިޠާގެ ފަރާތުން ގިނަގުނަ އެހީތައް އަޅުގަނޑުމެންނަށް މިހާރު ލިބެމުން އެބަދޭ، މުޅި ދުނިޔޭގައިވާ ހުރިހާ މުސްލިމުންނަށްވެސް ރާބިޠާގެ ފަރާތުން އެހީ ލިބެމުންދާފަދައިން. އާދެ، އެ އެހީތަކަކީ ޚާއްޞަގޮތެއްގައި ތަޢުލީމީ ރޮނގާއި، ދީން ފެތުރުމުގެ ރޮނގުގައި ފާހަގަކުރެވޭ އެހީތަކެއް. ދުނިޔޭގެ ކަންކޮޅުތަކަށް މާތްވެގެންވާ އިސްލާމްދީން ފެތުރުމަށްޓަކައި ރާބިޠާގެ ފަރާތުން އެތާނގެ ޚަރަދުގައި ވަރަށް ޢިލްމުވެރި ބޭފުޅުންތަކެއް ފޮނުއްވަމުން ގެންދަވާ. އެބޭފުޅުންގެ ޚިދުމަތްތައް ދުނިޔޭގެ ކަންކޮޅުތަކުގައިވާ މުސްލިމުންނަށް ލިބެމުންދޭ.
ހަމައެފަދައިން، އިސްލާމީ އެކިއެކި ޤައުމުތަކުގައި މާތްވެގެންވާ އިސްލާމްދީން ކިޔަވައިދޭ މަދަރުސާތައް އުފެއްދުމާއި، އިސްލާމްދީނާބެހޭ މަޢުލޫމާތު ފެތުރުމާއި، އަދި އެނޫން ގޮތްގޮތުންވެސް އިސްލާމުންނަށް، މުސްލިމުންނަށް ބޭނުންވާ އެކިއެކި ޚިދުމަތްތައް އަދާކޮށްދިނުމުގައި، ރާބިޠާގެ ފަރާތުން މިހާރު ވަރަށް އެކަށީގެންވާ ބައެއް ކުޅެމުން އެބަގެންދޭ.
އެހެންވީމާ، އެތާނގެ ސެކްރެޓަރީ ޖެނެރަލް އަޅުގަނޑުމެންގެ ރާއްޖެއަށް ޒިޔާރަތްކުރެއްވުން އެއީ ޝައްކެއްނެތްގޮތުގައި، ދިވެހިރާއްޖެއަށް ލިބޭ ވަރަށް މަތިވެރި އުފަލެއް، ޝަރަފެއް. އަދި އޭގެ ސަބަބުން އަޅުގަނޑުމެންނާ އެ ރާބިޠާގެ މަޤައްރު ނުވަތަ ހެޑްކްއާޓަރޒް ހިމެނޭ ސުޢޫދީ ޢަރަބިއްޔާއާ އޮތް ގުޅުން، އެއްދުވަހުން އަނެއްދުވަހަށް ބަދަހިވަމުންދާނެކަން ކަށަވަރު. ރާބިޠާއަކީ ދިވެހި ސަރުކާރު ގަބޫލުކުރާ އަދި ދިވެހި ސަރުކާރު ހިންގުމާ ޙަވާލުވެހުރި މީހަކު، އެ ރާބިޠާގެ ކައުންސިލްގެ މެންބަރަކަށްވުމާއެކު، މިހާރު ރާއްޖޭގައި ރާބިޠާގެ އޮފީހެއް ހުޅުވުމަށްވަނީ ހަމަޖެހިފައި. އިރާދަކުރެއްވިއްޔާ، މާ ލަސްތަކެއްނުވެ އެ އޮފީސް ހުޅުވޭނެ.
އާދެ، ދެވަނަކަމަކަށް މި ޖަލްސާ މި ކުރެވޭ މަޤްޞަދަކީ އެނގިވަޑައިގަންނަވާނޭ ފަދައިން، ރާއްޖޭގެ މިސްކިތްތަކާބެހޭ ޤައުމީ މަޖިލިސް ހުޅުވުން. މިސްކިތްތަކާބެހޭ ޤައުމީ މަޖިލިސްގެ ޚިދުމަތްތައް އިރާދަކުރެއްވިއްޔާ، މުސްތަޤްބަލުގައި ވަރަށް އެކަށީގެންވާ ގޮތަކަށް ފެންނަމުންދާނެ. ދުނިޔޭގައި މިސްކިތްތަކާބެހޭ، ދުނިޔޭގެ މަތީ މަޖިލީހެއް މިހާރުވަނީ އުފެދިފައި، މީގެ 9 އަހަރު ދުވަސް ކުރިން މައްކާގައި. އެ މަޖިލިސް އެއީވެސް މި ދެންނެވި ރާބިޠާއާ ގުޅިފައިވާ ތަނެއް. އޭގެ ސަބަބުން ދުނިޔޭގެ އެތަންމިތާނގައި، އެކިއެކި ހިސާބުގަނޑުގައި މިސްކިތްތަކާބެހޭ، އެ ހިސާބުގަނޑުގެ ޖަމުޢިއްޔާ ނުވަތަ ޖަމާޢަތް ނުވަތަ މަޖިލިސް މިހާރުވަނީ އުފެދިފައި. ދެކުނު އޭޝިޔާގައިވެސް އެކަހަލަ މަޖިލީހެއް މިހާރު އުފެދި ހިނގަމުން އެބަދޭ، އިންޑޮނީޝިޔާގެ ޖަކާޓާގައި.
އެހެންވީމާ، އެ މަޖިލީހާ ގުޅިފައިވާ އެހެނިހެން ޤައުމީ މަޖިލިސްތައް އުފެދުމަކީ، މި ދެންނެވި މަޖިލީހުން އެތަންތާނގެ މިސްކިތްތަކަށް ލިބިދޭނެ ޚިދުމަތްތައް ލިބިދިނުމަށްޓަކައި މިހާރު ހަމަޖެހި ހިނގަމުންދާ ކަމެއް. މިސްކިތްތަކަކީ ޝައްކެއްނެތްގޮތުގައި، މުސްލިމުންގެ ހިތުގައި ވަރަށް މަތިވެރި މަޤާމެއް ދޭންޖެހޭނެ ތަނެއް. އެއީ الله سبحانه وتعالىގެ ގެތައް ނުވަތަ ގެފުޅުތައް، بيوت الله. އެހެންވީމާ، އެތަނަށް ހުރިހާ މުސްލިމުންގެ ހިތުގައި އޮންނަ ޤަދަރާއި އިޙްތިރާމް އެއީ، އަޅުގަނޑުމެން މާގިނަ ވާހަކަތަކެއް އެއާދޭތެރޭގައި ދައްކަންޖެހޭނެ ކަމެއްނޫން.
މިސްކިތަކީ އިސްލާމްދީން ދެކޭގޮތުގައި ހަމައެކަނި ނަމާދުކުރުމަށް ޚާއްޞަ ކުރެވިފައިވާ ތަނެއްނޫން. ޝައްކެއްނެތް، މިސްކިތުގެ އެންމެބޮޑު ބޭނުމަކީ ފަރްޟު ފަސްނަމާދު އަދާކުރުން. ފަރްޟު ފަސްނަމާދަކީ މާތްވެގެންވާ އިސްލާމްދީނުގައި ހިމެނިފައިވާ ރުކުންތަކުގެ ތެރެއިން އެންމެ މާތް ރުކުން. އެހެންވީމާ، އެ ރުކުން އަދާކުރުމަށް ޚާއްޞަ ކުރެވިފައިވާ ތަން އެއީ ވަރަށް މާތް ތަނެއްކަން ކަށަވަރު. އެހެންނަމަވެސް، މި ދެންނެވި މާތް ބޭނުން ފުއްދުމުގެ އިތުރަށް، މިސްކިތުގެ ފަރާތުން އިސްލާމީ މުޖްތަމަޢަށް ވޭތުވެދިޔަ ޤަރުނުތަކުގެ ތެރޭގައި ވަރަށް މަތިވެރި ޚިދުމަތްތަކެއް ލިބެމުންއޮތީ ގޮސްފައި.
އާދެ، ތަޢުލީމީ ޚިދުމަތްތައް، އިޖްތިމާޢީ އެކިއެކި ޚިދުމަތްތައް، މާތްވެގެންވާ އިސްލާމްދީނާބެހޭ ޢިލްމުތައް، އެންމެފުރަތަމަ އުފެދި، އެ ޢިލްމުތައް ކިޔަވައިދެއްވި ބޭފުޅުން، ކިޔަވައިދެއްވަމުން ގެންދެވީ މިސްކިތްތަކުގެ ތެރޭގައި. އަޅުގަނޑުމެންގެ މާތް ރަސޫލާ محمّد صلى الله عليه وسلم އެކަލޭގެފާނުގެ المسجد النبويގެ ތެރޭގައި މުސްލިމުންނަށް އިރުޝާދުދެއްވައި، ޤުރްއާން ދަސްކޮށްދެއްވައި، އިސްލާމްދީނާބެހޭ ހުރިހާ ކަމެއް، އަޞްޙާބު ބޭކަލުންނަށް ދަސްކޮށްދެއްވަމުން ގެންދަވާފައިވޭ. އަދި އެކަލޭގެފާނުގެ ފަހުން އަޞްޙާބު ބޭކަލުންވެސް، މި މާތް ޢަމަލު ކުރިއަށް ގެންދެވި. މިސްކިތް އޭރު ހިމެނިފައި އޮތީ މުޖްތަމަޢުގެ އެންމެ މުހިންމު ތަނުގެ ގޮތުގައި. އެއީ ހަމައެކަނި ދީނުގެ ފަރްޟުތައް އަދާކުރަން އޮތް ތަނެއްނޫން. އޭގެ އިތުރަށް، މުޖްތަމަޢާބެހޭ މުހިންމު ކަންތައްތަކާ ދޭތެރޭގައި ވާހަކަދައްކައި، ގޮތްތައް ނިންމާހަދާ ތަނަކީވެސް ނުވަތަ އެހެން ޢިބާރާތަކުން ދަންނަވަންޏާ، އޭރުގެ ރައްޔިތުންގެ މަޖިލިސްކުރާ ތަނަކީ ނުވަތަ ޕާލަމެންޓަކީ މިސްކިތް. ކީރިތި ރަސޫލާވެސް، އެކަލޭގެފާނުގެ އަޞްޙާބުންނާ، އެކިއެކި މުހިންމު ހަނގުރާމަތަކާ ބެހޭގޮތުން މަޝްވަރާކުރައްވައި، އެބޭކަލުންގެ ލަފާ ހޯއްދަވައި ހެއްދެވީ، މަޖިލީހުގެ ތެރޭގައި. އެކިއެކި މުހިންމު ނިންމުންތައް ނިންމެވީ އެތާނގައި. ދޭދޭ މީހުންގެ މެދުގައި އުފެދޭ މައްސަލަތައް ޙައްލުކޮށްދެއްވައި ހެއްދެވީ އެތާނގައި. އެހެންގޮސް، މިސްކިތުގައި ނުކުރެވޭ މުހިންމު އެއްވެސް ކަމެއް ނެތޭ ދެންނެވިދާނެ. އެއީ މިސްކިތުގެ މަޤާމަކީ، ދައުރަކީ. ފަހަކަށްއައިސް އެކަންއޮތީ އެހެންގޮތަކަށް ބަދަލުވެފައި. އެހެންނަމަވެސް، ދުނިޔޭގެ ވަރަށްގިނަ މިސްކިތްތަކުގައި މިހާތަނާ ޖެހެންދެންވެސް، މި ދެންނެވިކަހަލަ މުހިންމު ޚިދުމަތްތައް އަންނަނީ ލިބެމުން.
އޭގެ އެންމެބޮޑު އެއް ހެތްކަކީ، މިޞްރުގެ ޖާމިޢުލް އަޒްހަރު. އެ ނަންކިޔާ ޔުނިވަރސިޓީ އެއީ ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، މިހާރު ދުނިޔޭގައި ހުރި އެންމެ ޤަދީމީ އިސްލާމީ ޔުނިވަރސިޓީ. އެއްހާސް އަހަރަށްވުރެ ގިނަ އަހަރުތަކެއް ވޭތުކޮށްފައިވާ، މުޅި ދުނިޔެ ދަންނަ، އެންމެން ގަބޫލުކުރާ މަޝްހޫރު އިސްލާމީ ޖާމިޢާ. އެތަން ހިނގަމުން އައިސްފައިވަނީވެސް މިސްކިތެއްގެ ތެރޭގައި. އަދި އެނޫން އެހެން މުހިންމު ތަޢުލީމީ މަރުކަޒުތައްވެސް ހިނގަމުން އައިސްފައިވަނީ މިސްކިތްތަކުގެ ތެރޭގައި. އެހެންވީމާ، މިސްކިތަށް ދޭންޖެހޭ އަހަންމިއްޔަތާއި، އިސްލާމީ މުޖްތަމަޢުގައި މިސްކިތް އަދާކުރަމުންގެންދާ ދައުރުގެ ބޮޑުކަން، އޭގެ ފުންކަން އަޅުގަނޑުހިތުން ކޮންމެ މުސްލިމަކަށްވެސް ރަނގަޅަށް އިޙްސާސް ކުރެވޭނެ. އަޅުގަނޑުމެން މިއަދު މި ހުޅުވާ ޤައުމީ މަޖިލީހުގެ ފަރާތުން ރާއްޖޭގެ މިސްކިތްތަކަށް އެދެވޭ ޚިދުމަތްތަކެއް ލިބޭނެކަމާމެދަކު ޝައްކެއްނެތް.
ކުރިންވެސް ދެންނެވިފަދައިން، މި މަޖިލީހަކީ މިހިސާބުގަނޑުގައި އޮންނަ، މިސްކިތްތަކާބެހޭ މަޖިލީހާ ގުޅިފައިވާ ތަނަކަށްވާނެ. ހަމަ އެފަދައިން، ދުނިޔޭގެ މިސްކިތްތަކާބެހޭ އެންމެމަތީ މަޖިލީހާ ގުޅިފައިވާ ތަނަކަށްވެސްވާނެ. އަދި ރާބިޠަތުލް ޢާލަމިލް އިސްލާމީއާ ގުޅިފައިވާ ތަނަކަށްވެސްވާނެ. އެހެންވީމާ، އެފަރާތްތަކުގެ އެހީ ލިބިގެން، ރާއްޖޭގައި އަލަށް މިސްކިތްތައް ޢިމާރާތްކުރުމާއި، މިސްކިތްތައް މަރާމާތުކުރުމާއި، އިމާމުންނާއި މުދައްރިސުންނަށް ތަމްރީނުދިނުމާއި، ކިޔަވައިދިނުމާއި، އެނޫންވެސް މިސްކިތުގެ ފަރާތުން މުޖްތަމަޢަށް ލިބެންޖެހޭ ޚިދުމަތްތައް ހޯދައިދިނުމުގައި، މި ދެންނެވި ޖަމާޢަތްތަކުގެ އެހީ ލިބެމުންދާނެ.
އާދެ، އެހެންވީމާ، ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެން މިއަދު މި ފާހަގަކުރަނީ، ދިވެހިރާއްޖޭގެ ދީނީ އަދި އިޖްތިމާޢީ ޢިލްމީ ތާރީޚުގައި ވަރަށް މުހިންމު މުނާސަބަތެއް. އާދެ، އަޅުގަނޑު އެދެނީ މިސްކިތްތަކާބެހޭ ޤައުމީ މަޖިލީހަށް الله سبحانه وتعالى ހެޔޮތައުފީޤު ދެއްވުން. އެ މަޖިލީހުގެ ފަރާތުން އެދެވިގެންވާ ޚިދުމަތްތަކެއް، ދިވެހިރާއްޖޭގެ މުސްލިމުންނަށް ލިބެމުންދާނެ ގޮތްތައް އެކަލާނގެ މިންވަރުކޮށްދެއްވުން.
އާދެ، އެއަށްފަހުގައި މިއަދު އަޅުގަނޑުމެންގެ ތެރެއަށް ވަޑައިގެންނެވި ޢިއްޒަތްތެރިޔާއަށް މަރުޙަބާ ދެންނެވުމުގެ ގޮތުން، ޢަރަބިބަހުންވެސް ޢިބާރާތްކޮޅެއް އަޅުގަނޑު ބުނަންވަނީ ހަމަޖެހިފައި. އެހެންވީމާ، ތިޔަ ހުރިހާ ބޭފުޅުންގެ އިޒުނައާއެކު، އަޅުގަނޑު ދެން މި ކުރިމަތިލަނީ، އެ ވާޖިބު އަދާކުރުމަށް.
معالى الشـيخ أحـمد شــاطر وزير الدولة للشئون الدينـية، معالى الدكتـور عبداللّـه عمر نصيف الأمين العـام لرابطة العـالم الإســلامى، أصحاب المعـالى والســعادة، والســادة الأعزاء.
الســلام عليكم ورحمة اللّـه وبركاته،
يسعدنى أولا أن أرحب باسم حكومـة وشــعب جمهوريـة المـالديف وباسمى بضيفنا الكريم معـالى الدكتـور عبداللّـه عمر نصيف الأمين العـام لرابطة العـالم الإســلامى. ونحن إذ نرحب بمعاله نرجوله أوقاتا طيِّبـة فى بلدنا المســلم الذى هو بلده أيضا وهوجـزء لايتجزأ من أمّتـنا الإســلاميّة الكبرى، وندعواللـه لمعاليـه بالصحـة والسـعادة والتوفيـق.
نحن اليـوم نحتفل بقدوم معـالى الأمين العـام لرابطة العـالم الإســلامى، ونحتفل أيضا بافتتاح المجلس القومى للمسـاجد فى المـالديف. ومجلســنا القومى للمسـاجد سـيكون ذا صلة قويـة بالمجلس الأعلى العالمى للمساجد فى إطار رابطة العـالم الإسـلامى.
ونحن نعرف ما تقدمه الرابطة من خدمات جليلة للإســلام والمســلمين فى كل مكان فى العـالم، وأهم أهدافها تبليغ دعوة الإســلام وشــرح مبادئـه وتعالمه، ودحض الشــبهات عنه، والتصدى للتـيارات والأفكار الهدّامــة، وتشجيع الدعاة الإســلاميين فى كافـة أنحاء العـالم للعـمل على نشــرالإســلام، ونشــرالتعليـم الإســلامى، ونشــر لغة القرآن بين الشعوب المسلمة، مما يؤدى إلى توحيد كلمة المسلمين وعزتهم وإزالة عوامل التفكك المحيقة بالمجتمعات الإسلامية.
وقد قامت الرابطة بعمل متواصل مشكور من أجل تحقيق هذه الأهداف منذ إنشائها فى عام 1381 ه. ويسعدنى اليوم أن أحيى الرابطة بوصفى مســلما أوّلا، ثم بوصفى رئيسا لدولة إسلامية لها صلة قوية بالرابطة منذ أن منحت الرابطة لشخصى الضعيف شــرف عضويـة مجلســها التـأسـيس منذ عامين. ويســرنى أيضا أن أشــكر الرابطة على تعاونها الوثيق مع حكومتى فى نشـرالتعـليم الدينى والثقافـة الإسلامية واللغة العربية بين أبناء شعبنا المسلم. وسوف نقوم بافتـتاح مكتب للرابطة فى مالى فى القريب العاجل بـإذن اللـه تعالى.
وإن افتـتاح المجلس القومى للمسـاجد فى المـالديف اليوم فى هذا الإجتـماع المبـارك سـيكون منطلقا جديدا للتعاون بين الرابطة وحكومة المالديف من أجل الإســلام وإعـلاء كلمة اللـه.
المســاجد بيوت اللـه، ومهابط رحمتـه، وهى كذالك منتديات المـؤمنين، جعلها رب العزة ســــاحاتٍ طيبة تُشِــعّ باالنور والصفاء، وتفجر فى القلوب معانى الحب والإخـاء.
المســجد هوالمكان الذى يجتمع فيه المؤمنون لأداء فريضة الصـلاة التى هي أعظم شــعائر الإســلام، فالمســجد هو مركز الإيمان والخشــوع والتقوى، وهو أيضا مركز الإشــعاع العلمى والفكرى فى الإســلام. وقد حافظ المســجد على كل هذه النواحى المتعلقة بحياة المسلم منذ العصور الإسـلامية الأولى حتى عصرنا الحاضر، وحملت رســالتها الروحيّــة والعلميـة والثقافية، وأسهمت فى حفظ التـراث الدينى والعـربى وظلت مشــاعل تضىء، ومنـارا للمعرفـة أســهمت فى تقدم الحضارة الإنسانية وازدهـارها.
ونحن نريد اليوم بإنـــشـاء مجلسـنا القومى للمسـاجد أن نوفر لمسـاجدنا الإمكانات التى تمكنها من القيام بدورها الهـام فى مجتمعنا الإســلامى، وهو دور لايقتصر على العبـادة وإقامـة الصـلاة فحسب، بل يتعدى ذلك لتـشمل كل النواحى الفكريــة والعلميــة والحضاريــة.
ولايفوتنى فى هذا المقام أن أنوِّه بكل تقدير بمسـاهـمة المملكة العربيـة السـعوديـة وعلى رأســها جـلالة الملك فهد بن عبدالعزيز حفظه اللـه فى المشــروعات الإنمائيـة التى نقوم بتنفيذها من أجل رفعة الشـعب المالديفى إقتصاديا واجتماعيا، ومن أهمها مشـروع المطار الدولى ومشـروع المياه فى مالى ومشـروع المركز الإسلامى ومشـروع الإذاعة الإســلاميـة. وإنــنا لنعبر عن اعتزازنا بتلك العـلاقات الأخوية الوطيدة التى تربط المالديف وهى قلعة حصينة من قلاع الإســلام _ بالمملكة العربـية الســعودية التى على أرضها الطاهرة بزغ نور الإســلام منذ أربعـة عشـر قرنا.
وإننا لندعواللـه عزوجل أن يبارك فى المملكة العـربيـة السـعوديـة ملكا وحكومـة وشــعبا، وأن يمد فى عمر جلالـة الملك فهد بن عبدالعزيز حفظه الله ويديم عليه نعمة الصحة والعـافية، وأن يوفقه وإيانا. وجميع قادة البـلاد الإسـلامة لمافيـه خير الإســلام وعزته. ورفعة شـأنه فى كل مكان.
والسـلام عليكم ورحمـة اللـه وبركاته.