ކޮމަންވެލްތް ސެކްރެޓަރީ ޖެނެރަލް ކަމަލޭޝް ޝަރްމާއާއި އެމަނިކުފާނުގެ އަނބިކަނބަލުން ބަބްލީ ޝަރްމާގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީ، ކުޑަ ބަނޑޮހުގައި ރޭ ފަރިއްކޮޅެއް ދެއްވައިފިއެވެ.

މި ފަރިއްކޮޅުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދުގެ ދެކަނބަލުންނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސަރުކާރުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމަންވެލްތް ސެކްރެޓަރީ ޖެނެރަލް ރާއްޖެ ވަޑައިގަތީ މި މަހުގެ 16 ވަނަ ދުވަހުއެވެ. އިއްޔެ އެ މަނިކުފާނުވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ.