ހުވަދުއަތޮޅު ދެކުނުބުރީ ކައުންސިލަރގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ. މިމަގާމަށް ޢައްޔަން ކުރެއްވީ، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ހިންދޫސް މުޙަންމަދު ޙަސަންދީދީ އެވެ. މީގެއިތުރުން، މާލެއަތޮޅު ގާފަރު ކައުންސިލަރގެ މަގާމަށް ގާފަރު ކުޅިތުޅާގޭ ޠާރިޤު ޢުމަރު އަދި އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލަރގެ މަގާމަށް ދަނގެތީ ލިތުވޭނިއާ ޢަބްދުލްޙަންނާން މުޙަންމަދު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.