މިއޮފީހުގެ ހުސްވެފައިވާމިދަންނަވާ ވަޒީފާތަކަށް ޝައުގުވެރިވާ ފަރާތްތަކަށް މަރުޙަބާދަންނަވަމެވެ. މިއޮފީހުގެ ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުގުވެރިކަންހުރި،ގާބިލު މީހުންނެވެ.
1. މަގާމުގެ ނަން:
ޑެޕިއުޓީ ޑިރެކްޓަރ، އިކޮނޮމިކް ޕޮލިސީ އެންޑް ރިސަރޗް
 ރޭންކް:
އެމް.އެސް. 2
 އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން:
ޕޮލިސީ އެންޑް މެނިފެސްޓޯ އޮފީސް
 ބޭނުންވާއަދަދު:
1 (އެކެއް)
 އަސާސީމުސާރަ:
7,875.00 ރުފިޔާ
 ސަރވިސްއެލަވަންސް:
2,000.00 ރުފިޔާ
 އެކްސްކްލޫސިވްޖޮބްއެލަވަންސް:
3,543.75 ރުފިޔާ (އަސާސީ މުސާރައިގެ %45)
 ލިވިންގއެލަވަންސް:
2,500.00 ރުފިޔާ
 ކޮލިފިކޭޝަން އެލަވަންސް:
- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވާނަމަ، 4,000.00 ރުފިޔާ ނުވަތަ،
- ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވާނަމަ، 5,000.00 ރުފިޔާ
 މަގާމުގެ ޝަރުތު:
- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ފައިނޭންސް ދާއިރާއިން ނުވަތަ އިކޮނޮމިކްސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ޑިޕުލޮމާ) ނުވަތަ ލެވެލް 6 (ޕްރޮފެޝަނަލް ސެޓުފިކެޓު/ އެޑްވާންސްޑް ޑިޕުލޮމާ/ އެސޯސިއޭޓް ޑިގުރީ/ ފައުންޑޭޝަން ޑިގުރީ)ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 9 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
 
- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ފައިނޭންސް ދާއިރާއިން ނުވަތަ އިކޮނޮމިކްސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ބެޗްލަރސް ޑިގުރީ/ ޕްރޮފެޝަނަލް ސެޓުފިކެޓު/ ޕްރޮފެޝަނަލް ޑިޕުލޮމާ) ނުވަތަ ލެވެލް 8 (ގުރެޖުއޭޓް/ ޕޯސްޓްގުރެޖުއޭޓް ސެޓުފިކެޓު/ ގުރެޖުއޭޓް/ ޕޯސްޓް ގުރެޖުއޭޓް ޑިޕުލޮމާ/ ބެޗްލަރސް ޑިގުރީ ވިތް އޮނަރސް) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
 
- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ފައިނޭންސް ދާއިރާއިން ނުވަތަ އިކޮނޮމިކްސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 (މާސްޓަރސް ޑިގުރީ/ އެޑްވާންސްޑް ޕްރޮފެޝަނަލް ސެޓުފިކެޓު/ އެޑްވާންސްޑް ޕްރޮފެޝަނަލް ޑިޕުލޮމާ) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
 މަގާމުގެ މައިގަނޑު
 މަސްއޫލިއްޔަތުތައް:
- ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކާއި، ކައުންސިލުތަކާއެކު ބާއްވަވާ ބައްދަލުކުރެއްވުންތަކާ ގުޅޭގޮތުންނާއި، އަދިވެސް މިނޫން ގޮތްގޮތުން އަތޮޅުތަކާ ބެހޭގޮތުން ތައްޔާރު ކުރަންޖެހޭ އިޤުތިޞާދީ އަދި މާލީ ދާއިރާއާ ގުޅޭ މައުލޫމާތުތައްޔާރުކުރުން.
-  ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ކ) ގެ ދަށުން ޕޮލިސީ އެންޑް މެނިފެސްޓޯ އޮފީހުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުކުރާ ކަރުދާސްތައް އެކުލަވާލުމުގައި ކުރަންޖެހޭ ދިރާސާތައްކޮށް، ފަންނީ ގޮތުން ފާހަގަކުރެވޭ ކަންކަން ކަމާބެހޭ ފަރާތްތައް މެދުވެރިކޮށް އިޞްލާޙުކުރުމުގެ މަސައްކަތް ކުރުން.
- އިޤުތިޞާދީ އަދި މާލީ ދާއިރާއާ ގުޅުންހުރި ސިޔާސަތުތަކާއި އުސޫލުތައް އެކުލަވައިލުމުގެ މަސައްކަތްތައް ރާވައި ހިންގުން.
- ދައުލަތުގެ މުއައްސަސާތަކުން އިޤުތިޞާދީ އަދި މާލީ ދާއިރާއިން ހިންގާ ޕުރޮގުރާމުތަކާއި، މަޝްރޫޢުތަކާއި ހަރަކާތްތައް، މެނިފެސްޓޯގައިވާ މަގުސަދުތައް ހާސިލުކުރެވޭނެގޮތަށް ބައްޓަންކޮށްފައިވޭތޯ ޔަގީންކުރުމުގެ މަސައްކަތް ކުރުން.
- އިޤުތިޞާދީ އަދި މާލީ ދާއިރާއިން އެކަށައަޅާ އައު ސިޔާސަތުތަކާއި އަދި ތަންފީޒުކުރަމުންދާ ސިޔާސަތުތައް ސަރުކާރުގެ މެނިފެސްޓޯގެ މަގުސަދުތައް ހާސިލުވާނެގޮތަށް ހިންގުމަށް ބޭނުންވާ ދިރާސާތައް ކުރުން.
- ދައުލަތުގެ ބަޖެޓާއި، ފިސްކަލް ސްޓެރެޓަޖީ އަދި މާލީ ކަންކަމާ ގުޅޭގޮތުން ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި އެކުލަވައިލަންޖެހޭ ޕްލޭންތަކާއި ކޮންސެޕްޓުތައް ކަމާބެހޭ އިދާރާތައް މެދުވެރިކޮށް އެކުލަވައިލުމުގެ މަސައްކަތް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރުން.
- މެނިފެސްޓޯގައި އެކުލެވިފައިހުރި އިޤުތިޞާދީ އަދި މާލީ ދާއިރާއާއި ގުޅުންހުރި ސިޔާސަތުތައް ތަންފީޒުކުރެވެމުންދަނީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައިކަން ކަށަވަރުކުރުމަށްޓަކައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ސަރވޭތައް ސުޕަވައިޒަރުގެ މަޝްވަރާގެ މަތިން އެކުލަވައިލައި ކުރިއަށް ގެންދިއުން.
2. މަގާމުގެ ނަން:
ސީނިއަރ އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް
ރޭންކް:
ޖީ.އެސް. 4
އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން:
ޕޮލިޓިކަލް އެފެއާޒް އޮފީސް
ބޭނުންވާ އަދަދު:
1 (އެކެއް)
އަސާސީމުސާރަ:
5,020.00 ރުފިޔާ
ސަރވިސްއެލަވަންސް:
1,500.00 ރުފިޔާ
އެކްސްކްލޫސިވްޖޮބްއެލަވަންސް:
2,259.00 ރުފިޔާ (އަސާސީ މުސާރައިގެ %45)
ލިވިންގއެލަވަންސް:
2,500.00 ރުފިޔާ
އެޑްމިނިސްޓްރޭޓިވް ސަޕޯޓް އެލަވަންސް:
1,000.00 ރުފިޔާ
މަގާމުގެ ޝަރުތު:
- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ،
- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 (ސެޓުފިކެޓު 2) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 9 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 (ސެޓުފިކެޓު 3) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 (ސެޓުފިކެޓު 4) ގެ ސަނަދެއް ހާސިލުކޮށްފައިވުން.
މަގާމުގެ މައިގަނޑު
މަސްއޫލިއްޔަތުތައް:
- ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ހުވާކުރައްވާ ބޭފުޅުންނާއި ފަތްކޮޅު އަރުވާ ބޭފުޅުންނާއި، ސިޔާސީ މަގާމުތަކަށާއި، މިނިވަން މުއައްސަސާތަކަށް ޢައްޔަންކުރައްވާ ބޭފުޅުންނާއި، އަދި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާ މަޖިލިސް، ކައުންސިލް އަދި ކޮމިޓީތަކަށް ޢައްޔަންކުރައްވާ ބޭފުޅުންގެ އިތުރުން ސަރުކާރުގެ ކުންފުނިތަކަށް ޢައްޔަންކުރައްވާ ބޭފުޅުން މަގާމަށް ޢައްޔަންކުރުމުގެ ހުރިހާ އިންތިޒާމުތަކެއް ބެލެހެއްޓުމާއި، އެ ބޭފުޅުންނާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
- ޕޮލިޓިކަލް އެފެއާޒް އޮފީހުގެ މަސައްކަތްތައް ހިންގުމުގައި ބޭނުންވާ އިދާރީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
 ހުށަހަޅަންޖެހޭ ތަކެތި:
ހ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މައުލޫމާތު ފޯމު".
ށ. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ.
ނ. ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓުތަކުގެ ކޮޕީ ("އޯ" ލެވެލް، "އޭ" ލެވެލް، އެސް.އެސް.އީ، އެޗް.އެސް.އެސް.ސީ، އެފް.ސީ.އީ، ސީ.އޭ.އީ، ސީ.ޕީ.އީ، ޑިގްރީ، މާސްޓަރސް، އެކިއެކި ޓްރޭނިންގ ކޯސްތަކުގެ ސެޓުފިކެޓުތައް). މީގެތެރެއިން     "އޯ" ލެވެލް އަދި "އޭ" ލެވެލް ސެޓުފިކެޓު ފިޔަވައި ހުރިހާ ސެޓުފިކެޓުތައް (ރާއްޖޭން ބޭރުގެ) އެކްރެޑިޓުކޮށްފައި ހުށަހެޅުއްވުން އެދެމެވެ.
ރ. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
ބ. ލިބިފައިވާ ސަނަދުތަކުގެ ފޮޓޯކޮޕީ.
ޅ. ސްކޫލް ލީވިންގ ސެޓުފިކެޓުގެ ފޮޓޯކޮޕީ.
ކ. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ، ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
-       ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި، މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
-          ޤައުމީ ނުވަތަ ބައިނަލްއަގުވާމީ ޖަމުޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަގާމަކީ މުސާރަދެވޭ މަގާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް، އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
މި ވަޒީފާތަކަށް ޝަރުތު ހަމަވާ މީހުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މައުލޫމާތު ފޯމު ފުރިހަމަކުރެއްވުމަށްފަހު، އެ ފޯމާއެކު މަތީގައި ބަޔާންކޮށްފައިވާ ހުށަހަޅަންޖެހޭ ތަކެތި، 2025 އޮކްޓޫބަރު 7 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، މި އޮފީހުގެ އީމޭލް [email protected]މެދުވެރިކޮށް ނުވަތަ މި އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔެކިޔުންތައް އީމޭލުކުރައްވާނަމަ، އެއް އީމޭލެއްގައި ހުރިހާ ޑޮކިއުމަންޓުތައް ޕީޑީއެފް ފޯމެޓުގައި ފޮނުއްވަންވާނެއެވެ. މި ވަޒީފާތަކަށް އިންޓަރވިއު ކުރެވޭނީ، މަގާމުގެ ޝަރުތު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ މީހުންނާއެވެ. އަދި، ޝޯޓުލިސްޓުކުރުމުގައި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތަޖުރިބާ ލިބިފައިވާ މިންވަރަށް ބަލައި، އެ މީހުންނަށް އިސްކަންދެވޭނެއެވެ.
އަދި ވަޒީފާއަށް އެދި ފޯމު ހުށަހަޅާއިރު އެދުނު މަގާމުގެ ނަމާއި އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން ސާފުކޮށް އެނގޭގޮތަށް ޖެއްސެވުން އެދެމެވެ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މައުލޫމާތު ފޯމު" މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މި އޮފީހުގެ ވެބްސައިޓްގެ އެޑްރެހަކީ https://presidency.gov.mv/އެވެ.
     1 އޮކްޓޫބަރު 2025