އ.ދ.ގެ ހިއުމަން ރައިޓްސް ކައުންސިލުން ރާއްޖެއަށް ލިބިފައިވާ ގޮނޑިއާ މިސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު ރާއްޖެއިން ޙަވާލުވާތީ، އެކަމުގެ މުހިންމު ކަމުގެ މައްޗަށް މާދަމާގެ ރޭޑިޔޯ ޚިޠާބުގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވާހަކަފުޅު ދައްކަވާނެއެވެ. އަދި މިކައުންސިލްގެ މެންބަރުކަމުގެ ގޮނޑި ރާއްޖެއިން ފުރުމުގައި ސަމާލުކަންދޭނެ ކަންތައްތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވާނެއެވެ.

މާދަމައަކީ މިއަހަރުގެ ބަރަކާތްތެރި ފިޠުރުޢީދު ދުވަސް ކަމަށްވުމާއެކު، ޢީދުގެ މުނާސަބަތުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވާނެއެވެ. އަދި ވާދަވެރި ޑީ.އާރު.ޕީ އާއި ސަރުކާރާ ދެމެދު މިހާރު ހިނގަމުންދާ މަޝްވަރާތަކާ ބެހޭގޮތުންވެސް މާދަމާގެ ރޭޑިޔޯ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވާނެއެވެ.