އެޓަރނީޖެނެރަލްގެ މަގާމުން އަލްއުސްތާޛު ޙުސްނުއްސުޢޫދު މިއަދު އިސްތިޢުފާ ދެއްވައިފިއެވެ. މަގާމުން އިސްތިޢުފާ ދެއްވައި، އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުއްވި ސިޓީފުޅުގައި، މަގާމު އިސްތިޢުފާ މިދެއްވީ، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ދިވެހި ދައުލަތް މިވަގުތު ހިންގެން އޮތް ކަމަށް އެމަނިކުފާނަށް ފެނިވަޑައިނުގަންނަވާތީއާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 14 ވަނަ ބާބުގައި، އެޤާނޫނުއަސާސީއަށް ވާސިލުވުމަށް ކަނޑައަޅާފައިވާ އިންތިޤާލީ މުއްދަތު ހަމަވިއިރު، އެބާބުގައި ބަޔާންކޮށްފައިވާ ކަންކަން، ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ފުރިހަމަކުރުމުގައި އިހްމާލުވެފައިވާ ކަމަށް އެމަނިކުފާނަށް ޤަބޫލުފުޅު ކުރެއްވޭތީއެވެ. އަދި ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބަންޑާރަނައިބުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެއްވުމުގެ ފުރްޞަތު އޮތް ކަމަށް ފެނިވަޑައިނުގަންނަވާތީއެވެ.