ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މާދަމާ ދެއްވާ ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި ރާއްޖޭގެ މިނިވަންކަމުގެ ތާރީޚުގެ މައްޗަށް ބައްލަވާލައްވާނެއެވެ. އަދި އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ރާއްޖެ ދިޔަ ގޮތާއި، 1965 ވަނަ އަހަރު ރާއްޖެ މިނިވަންކަން ލިބުނު ގޮތާއި، އެކަމަށް ކުރެވުނު މަސައްކަތްތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވާނެއެވެ. މީގެއިތުރުން، އަންނަ މިނިވަން ދުވަހު ވަރަށް ގިނަ މަޝްރޫޢުތަކެއްގެ ޢަމަލީ މަސައްކަތްތައް ސަރުކާރުން ފަށްޓަވާނެކަމަށް ވިދާޅުވެ، އެމަސައްކަތްތަކުގެ ތަފްޞީލުވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބު، ދިވެހިރާއްޖޭގެ އަޑުން ފޮނުއްވާނީ، މާދަމާ ހެނދުނު 10 ޖަހާއިރުއެވެ.