- ފުރަތަމަ ޞަފްޙާ
- ޕްރެސް އޮފީސް
- ޚަބަރު
ޚަބަރު
"ހިތަދޫ ޕޯޓްސް ލިމިޓެޑް"ގެ ޑިރެކްޓަރުންގެ ބޯޑު، ރައީސުލްޖުމްހޫރިއްޔާ އަލުން އެކުލަވާލައްވައިފި
22 ޖުލައި 2010، ރިފަރެންސް: 2010-540
"ހިތަދޫ ޕޯޓްސް ލިމިޓެޑް"ގެ ޑިރެކްޓަރުންގެ ބޯޑު، ރައީސުލްޖުމްހޫރިއްޔާ އަލުން އެކުލަވާލައްވައިފިއެވެ. ބޯޑުގެ ޗެއަރމަންގެ މަގާމަށް ހަމަޖެއްސެވީ، އައްޑުއަތޮޅު ހިތަދޫ ޒަމާނީގޭ ޢަބްދުﷲ ޝާހިދެވެ. ބޯޑުގައި މިހާރު ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، އައްޑުއަތޮޅު ހިތަދޫ ޝައުލާ އަޙްމަދު މުޙަންމަދު ދީދީއާއި، އައްޑުއަތޮޅު ހިތަދޫ ޑޯސް ޢަބްދުއްސައްތާރު ޢަލީއާއި، އައްޑުއަތޮޅު ހިތަދޫ ތޫނޑެއެޅެގެ ޝައިބާ އަނީސާއި، އައްޑުއަތޮޅު ހުޅުދޫ ބްލޫސްކައި މުޙަންމަދު ޒަރީރާއި، އައްޑުއަތޮޅު ފޭދޫ ބީޗްވިލާ މުޙަންމަދު ސަޢީދެވެ.