އިންޑިޔާގެ އިރުމަތީ ސަރަޙައްދެއްގައި ރޭ މެންދަމުގެ ވަގުތެއްގައި ހިނގި ރޭލު އެކްސިޑެންޓެއްގައި އެތައް ބަޔަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެފައިވާތީ، އެކަމުގެ ހިތާމައިގައި އިންޑިޔާގެ ރައީސާ ޕްރަތީބާ ޕާޓިލަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ރައީސާ ޕާޓިލަށާއި، އިންޑިޔާ ސަރުކާރަށާއި، ރައްޔިތުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި މިހާދިސާގައި މަރުވި އެންމެންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވެއެވެ.