ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ، ފުރަމާނަ ދަތުރުފުޅެއްގައި، މާދަމާ ރާއްޖެ ވަޑައިގަންނަވާނެއެވެ. ރައީސް މަހިންދަ ރާޖަޕަކްސައަށް ރަސްމީ ގޮތުން މަރްޙަބާ ދެންނެވުން އޮންނާނީ މާލޭ ރަސްމީ ފާލަމުގައެވެ. ރަސްމީ ފާލަމުން، އެމަނިކުފާނަށް މަރްޙަބާ ވިދާޅުވާނީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ.

ސްރީލަންކާގެ ރައީސްގެ މިދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ޒިޔާރަތް ކުރައްވާނެއެވެ. އަދި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދާއި، އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދާ ބައްދަލުކުރައްވާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި، ރާއްޖޭގެ ސިޔާސީ އިސް ބައެއް ބޭފުޅުންނާވެސް އެމަނިކުފާނު ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.