މި އޮފީހުގެ ހުސްވެފައިވާ މިދަންނަވާ މަގާމަށް ޝައުގުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި އޮފީހުގެ ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުގުވެރިކަންހުރި، ގާބިލު މީހުންނެވެ.
މަގާމުގެ ނަން:
|
އެސިސްޓެންޓް ޑިރެކްޓަރ
|
ރޭންކް:
|
އެމް.އެސް 3
|
އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން:
|
ކޮމިއުނިކޭޝަންސްއޮފީސް
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
އަސާސީ މުސާރަ:
|
7,035.00 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
2,000.00 ރުފިޔާ
|
އެކްސްކްލޫސިވް ޖޮބް އެލަވަންސް:
|
3,165.75 ރުފިޔާ (އަސާސީ މުސާރައިގެ %45)
|
ލިވިންގ އެލަވަންސް:
|
2,500.00 ރުފިޔާ
|
މަގާމުގެ ޝަރުޠު:
|
- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެލެވެލް 5 (ޑިޕްލޮމާ) ނުވަތަ ލެވެލް 6 (ޕްރޮފެޝަނަލް ސެޓްފިކެޓް/ އެޑްވާންސްޑް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީ/ ފައުންޑޭޝަން ޑިގްރީ)ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުންދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެލެވެލް 7 (ބެޗްލަރސް ޑިގްރީ/ ޕްރޮފެޝަނަލް ސެޓްފިކެޓް/ ޕްރޮފެޝަނަލް ޑިޕްލޮމާ) ނުވަތަ ލެވެލް 8 (ގްރެޖުއޭޓް/ ޕޯސްޓްގްރެޖުއޭޓް ސެޓްފިކެޓް/ ގްރެޖުއޭޓް/ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ ބެޗްލަރސް ޑިގްރީ ވިތް އޮނަރސް) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެލެވެލް 9 (މާސްޓަރސް ޑިގްރީ/ އެޑްވާންސްޑް ޕްރޮފެޝަނަލް ސެޓްފިކެޓް/ އެޑްވާންސްޑް ޕްރޮފެޝަނަލް ޑިޕްލޮމާ) ގެ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:
|
- އޮފީހުން ބާއްވަވާ ޕްރެސް ކޮންފަރެސްތަކަށް ތައްޔާރުވުމަށް މައުލޫމާތު އެކުރުމާއި ދިރާސާކުރުން.
- މީޑިއާ ބްރީފް ތައްޔާރުކުރުން.
- ކޮމިއުނިކޭޝަންސް އޮފީހުން ތައްޔާރުކުރާ މީޑިއާއާގުޅޭ ތަފާތު ރިޕޯޓުތައް ތައްޔާރުކޮށް، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
- މީޑިއާ ރިޕޯޓުތައް ދިރާސާކުރުން.
- މުހިންމު ކަންކަމާ ގުޅީގެން ސެންޓިމެންޓަލް އެނެލިސިސް ތައްޔާރުކުރުން.
- ސަރުކާރުގެ މުހިންމު ނިންމުންތަކާ ގުޅިގެން އާންމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުން.
|
މި މަގާމަށް ޝަރުތު ހަމަވާ މީހުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މައުލޫމާތު ފޯމު ފުރިހަމަކުރެއްވުމަށްފަހު، އެ ފޯމާއެކު މަތީގައި ބަޔާންކޮށްފައިވާ ހުށަހަޅަންޖެހޭ ތަކެތި، 2025 ފެބުރުވަރީ 12 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، މިއޮފީހުގެ އީމެއިލް [email protected] މެދުވެރިކޮށް ނުވަތަ މިއޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. މި މަގާމަށް އިންޓަރވިއު ކުރެވޭނީ، މަގާމުގެ ޝަރުތު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ މީހުންނާއެވެ. އަދި، ޝޯޓުލިސްޓުކުރުމުގައި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތަޖުރިބާ ލިބިފައިވާ މިންވަރަށް ބަލައި، އެ މީހުންނަށް އިސްކަންދެވޭނެއެވެ.
އަދި ވަޒީފާއަށް އެދި ފޯމު ހުށަހަޅާއިރު އެދުނު މަގާމުގެ ނަމާއި އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން ސާފުކޮށް އެނގޭގޮތަށް ޖެއްސެވުން އެދެމެވެ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މައުލޫމާތު ފޯމު" މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މި އޮފީހުގެ ވެބްސައިޓްގެ އެޑްރެހަކީ https://presidency.gov.mv/އެވެ.
5 ފެބުރުވަރީ 2025