ގްރެނާޑާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ގަވަރނަރ-ޖެނެރަލް ހަރ އެކްސެލެންސީ ޑޭމް ސެސީލް ލަ ގްރެނާޑް، (ޖީ.ސީ.އެމް.ޖީ، އޯ.ބީ.އީ) އާއި ގްރެނާޑާގެ ބޮޑުވަޒީރު ހިޒް އެކްސެލެންސީ ޑިކޮން މިޗެލް، އާއި އެޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ގަވަރނަރ-ޖެނެރަލް ލަ ގްރެނާޑް އާއި ބޮޑުވަޒީރު މިޗެލް އަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ދެބޭފުޅުންނަށް ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، ގްރެނާޑާގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާފައިވެއެވެ.

ގްރެނާޑާގެ މިނިވަންދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހުއެވެ.