ރާއްޖޭގެ މާލީ އަދި އިޤްތިޞާދީ ހިންގުމާ ގުޅޭގޮތުން މި ޖޫންމަހު އައި.އެމް.އެފް.އިން ނެރެފައިވާ ރިޕޯޓުގައިވާ ހުށަހެޅުންތަކުގެ މައްޗަށް މާދަމާގެ ރޭޑިޔޯ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވާހަކަފުޅު ދައްކަވާނެއެވެ. މިގޮތުން، މިރިޕޯޓްގައި ފާހަގަކުރައްވާފައިވާ މައިގަނޑު މައްސަލަތަކުގެ މައްޗަށާއި، ދައުލަތުގެ މާލީ ހިންގުމުގައި ނިސްބަތުން ރަނގަޅު ކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަމަށް ރިޕޯޓްގައި ފާހަގަކުރައްވާފައިވުމާއެކު، އެކަންކަމާ ގުޅިގެން ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބު، ދިވެހިރާއްޖޭގެ އަޑުން ފޮނުއްވާނީ، މާދަމާ ހެނދުނު 10 ޖަހާއިރުއެވެ.