މި އޮފީހުގެ ނަންބަރު 25/2024 (26 ޑިސެންބަރު 2024) ދެންނެވުމާ ހަވާލާދީ ދަންނަވަމެވެ.

     މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއާއި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ދިވެހިބަހުން ކިޔާނެ ނަން ހަމަޖައްސަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

      އެ ވުޒާރާތަކަށް ދިވެހިބަހުން ނަން ކިޔުމަށް ހަމަޖެއްސެވި ގޮތް ތިރީގައި މި ވަނީއެވެ.

ވުޒާރާގެ ނަން

ވުޒާރާއަށް ދިވެހިބަހުން ކިޔާނެ ނަން

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ

މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ