ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޖަޕާނުގެ އާ ބޮޑުވަޒީރު ނައޯޓޯ ކާނަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ޖަޕާނުގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ޖަޕާނަކީ ރާއްޖެއާ ވަރަށް އެކުވެރި ގުޅުމެއް ބަހައްޓާ ޤައުމެއް ކަމަށާއި، މިގުޅުން އިތުރަށް ބަދަހިކުރުމަށް ބޭނުންފުޅުވާ ކަމުގައި ވިދާޅުވެފައިވެއެވެ. އަދި، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތައްފަދަ ދެ ޤައުމުންވެސް ކަންބޮޑުވާ ކަންކަމުގައި އެކުގައި މަސައްކަތްޕުޅުކުރެއްވުމަށް ބޭނުންފުޅުވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.