ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އޮސްޓްރޭލިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ މައްޗަށް މާދަމާގެ ރޭޑިޔޯ ޚިޠާބުގައި ބައްލަވާލައްވާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ރޭޑިޔޯ ޚިޠާބު ދެއްވަން ފެށްޓެވިތާ މި ޖޫންމަހުގެ 5 ވަނަ ދުވަހަށް 1 އަހަރު ފުރޭތީ، މިމުނާސަބަތުގެ މައްޗަށްވެސް އެމަނިކުފާނު ބައްލަވާލައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބު، ދިވެހިރާއްޖޭގެ އަޑުން ފޮނުއްވާނީ، މާދަމާ ހެނދުނު 10 ޖަހާއިރުއެވެ.