ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އޮސްޓްރޭލިއާގެ ބޮޑުވަޒީރު ކެވިން ރަޑްގެ ދަޢުވަތަކަށް، އޮސްޓްރޭލިއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިރޭ ފުރާވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ބޮޑުވަޒީރު ކެވިން ރަޑާއި، ގަވަރނަރ ޖެނެރަލް ކުއެންޓިން ބްރައިސްއާ ބައްދަލުކުރައްވާނެއެވެ. މީގެ އިތުރުން، އޮސްޓްރޭލިއާ ސަރުކާރުގެ އިސްވެރިންނާއެކު ވާހަކަފުޅުތައް ބާއްވަވާނެއެވެ. އަދި ކެންބަރާގައި ކިޔަވަންތިބޭ ދިވެހި ކުދިންނާ އެމަނިކުފާނު ބައްދަލުކުރައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ އޮސްޓްރޭލިއާއަށް މިކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ޚަރަދުގެ ބޮޑުބައި ހަމަޖައްސަވައިދެއްވަނީ އޮސްޓްރޭލިއާ ސަރުކާރުންނެވެ. ދިވެހި ސަރުކާރުން ކުރެއްވުމަށް ހަމަޖެހިފައިވާ ޚަރަދަކީ، ރައީސުލްޖުމްހޫރިއްޔާގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން، އޮސްޓްރޭލިއާއަށް ވަޑައިގަތުމާއި އެނބުރިވަޑައިގަތުމުގެ ޓިކެޓް ޚަރަދެވެ.