މިނިސްޓަރ އޮފް ސްޓޭޓް، މެދު ޕްރޮވިންސްގެ ނައިބުކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ. މިނިސްޓަރ އޮފް ސްޓޭޓް، މެދު ޕްރޮވިންސްގެ ނައިބުކަމުގެ މަގާމަށް ޢައްޔަން ކުރެއްވީ، މާފަންނު ގޯލްޑަންޕަރލް އިބްރާހީމް މުޙަންމަދެވެ. މީގެ އިތުރުން، ހެންވޭރު އަވަށު އޮފީހުގެ ކައުންސިލަރގެ މަގާމަށް ހެންވޭރު ވިލުނޫ އަޙްމަދު ސިރާޖު ޢައްޔަނު ކުރައްވައިފިއެވެ.