މެލޭޝިޔާގައި އޮންނަ "6ވަނަ ވާރލްޑް އިސްލާމިކް އިކޮނޮމިކް ފޯރަމް"ގައި ބައިވެރިވެވަޑައިގަތުމަށް މެލޭޝިއާއަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިރޭ ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، މި ފޯރަމްގައި ތަޤްރީރު ކުރައްވާނެއެވެ. އަދި މި ފޯރަމްގެ ތެރޭގައި ބާއްވާ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ޚާއްޞަ ސެޝަންގައިވެސް އެމަނިކުފާނު ވާހަކަފުޅު ދައްކަވާނެއެވެ. މީގެ އިތުރުން، އެމަނިކުފާނުގެ މިދަތުރުފުޅުގައި، މެލޭޝިޔާގެ ބޮޑުވަޒީރާއި، މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ބައެއް އިސްލާމީ ޤައުމުތަކުގެ ވެރިންނާ ބައްދަލުކުރައްވާނެއެވެ.