މި އޮފީހުގެ ހުސްވެފައިވާ މިދަންނަވާ މަގާމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި އޮފީހުގެ ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހުންނެވެ.
| 
             މަގާމުގެ ނަން:  | 
            
             ސްޕެޝަލް ސަޕޯޓް އެސިސްޓެންޓް  | 
        
| 
             ރޭންކް:  | 
            
             އެސް.އެސް 2  | 
        
| 
             އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން:  | 
            
             ކޯޕަރޭޓް ސަރވިސް އޮފީސް/ ފައިނޭންސް އެންޑް   މެއިންޓެނަންސް ސެކްޝަން  | 
        
| 
             ބޭނުންވާ އަދަދު:  | 
            
             1 (އެކެއް)  | 
        
| 
             އަސާސީ މުސާރަ:  | 
            
             3,470.00 ރުފިޔާ  | 
        
| 
             ސަރވިސް އެލަވަންސް:  | 
            
             1,000.00 ރުފިޔާ  | 
        
| 
             އެކްސްކްލޫސިވް ޖޮބް   އެލަވަންސް:  | 
            
             1,561.00 ރުފިޔާ (އަސާސީ މުސާރައިގެ %45)  | 
        
| 
             ލިވިންގ އެލަވަންސް:  | 
            
             2,500.00 ރުފިޔާ  | 
        
| 
             އޮގްޒިލަރީ ސަރވިސް   އެލަވަންސް:  | 
            
             700.00 ރުފިޔާ  | 
        
| 
             މަގާމުގެ   ޝަރުޠު:  | 
            
             -      ލިޔަންކިޔަން ދަތުމާއެކު، މަގާމުގެ މަސައްކަތް ކުރުމުގެ   ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު މަގާމާގުޅޭ ދާއިރާއިން ކަނޑައަޅާ   މަސައްކަތަށް ބޭނުންވާ ތަމްރީނެއް/ ސަނަދެއް ހާސިލްކޮށްފައިވުން.  -      ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައި ވުން. -      މީގެ އިތުރުން، މި މަގާމަށް މީހަކު ހޮވުމުގައި ފުޑް   އެންޑް ބެވެރޭޖް ސަރވިސްގެ ދާއިރާގައި އުޅެ/ ޕޭންޓްރީގައި މަސައްކަތްކޮށް،   ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. 
  | 
        
| 
             މަގާމުގެ   މައިގަނޑު  މަސްއޫލިއްޔަތުތައް:   | 
            
             -      ޕޭންޓްރީގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.  | 
        
| 
             ހުށަހަޅަންޖެހޭ ތަކެތި:  | 
            
             ހ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް   އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު". ށ. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޕޮޓޯކޮޕީ. ނ. ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ   ކޮޕީ. ރ. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. ބ. ލިބިފައިވާ ސަނަދުތަކުގެ ފޮޓޯކޮޕީ.  | 
        
 މި މަގާމަށް ޝަރުޠު ފުރިހަމަވާ މީހުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު ފުރިހަމަކުރެއްވުމަށްފަހު، އެ ފޯމާއެކު މަތީގައި ބަޔާންކޮށްފައިވާ ހުށަހަޅަންޖެހޭ ތަކެތި، 2024 އޮކްޓޯބަރު 21 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، މި އޮފީހުގެ އީމެއިލް [email protected] މެދުވެރިކޮށް ނުވަތަ މި އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް  ހުށަހެޅުއްވުން އެދެމެވެ. މި މަގާމުތަކަށް އިންޓަރވިއު ކުރެވޭނީ، މަގާމުގެ ޝަރުޠު ހަމަވެ، ޝޯޓް ލިސްޓް ކުރެވޭ މީހުންނާއެވެ. އަދި، ޝޯޓުލިސްޓުކުރުމުގައި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތަޖުރިބާ ލިބިފައިވާ މިންވަރަށް ބަލައި، އެ މީހުންނަށް އިސްކަންދެވޭނެއެވެ. 
 އަދި ވަޒީފާއަށް އެދި ފޯމު ހުށަހަޅާއިރު އެދުނު މަގާމުގެ ނަމާއި އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން ސާފުކޮށް އެނގޭގޮތަށް ޖެއްސެވުން އެދެމެވެ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު" މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މި އޮފީހުގެ ވެބްސައިޓްގެ އެޑްރެހަކީ https://presidency.gov.mv/  އެވެ.
15 އޮކްޓޫބަރު 2024