އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، މުމްބާއީއަށް ވަޑައިގަތުމުގެ މަގުމަތީގައި އާގްރާއަށް ޒިޔާރަތްކުރައްވައިފިއެވެ.

އާގްރާގެ ވައިގެބަނދަރުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ، އިލެކްޓްރޯނިކްސް އެންޑް އިންފޯމޭޝަން ޓެކްނޮލޮޖީ، ޔޯގެންދްރާ އުޕަދްޔާޔާ އެވެ.

މި ޒިޔާރަތުގައި އިންޑިޔާގެ ޘަޤާފީ ތަރިކައެއްކަމުގައިވާ ތާޖް މަހަލަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޒިޔާރަތް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.