ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާ، އަންނަ ހޮނިހިރު ދުވަހު ހެނދުނު އޮންނާނެއެވެ. މި ޖަލްސާ އޮންނާނީ، އެ ދުވަހު ހެނދުނު 9 ޖަހާއިރު ދަރުބާރުގޭގައެވެ. ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހެވެ.

މި ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވާހަކަފުޅު ދައްކަވާނެއެވެ. މި ޖަލްސާގައި އޮންނާނެ އެންމެ ޚާއްޞަ އެއްކަމަކީ، ޙާފިޡް ކަމުގެ ސަނަދު ހާސިލުކުރި ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި، އިނާމާއި، ހަނދާނީ ލިޔުން ދެއްވުމެވެ. މި ޖަލްސާގައި 28 ޙާފިޡަކަށް ރައީސުލްޖުމްހޫރިއްޔާ އިނާމު ދެއްވާނެއެވެ.