‎ޤައުމީ މާމަ ކާފަ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ތަހުނިޔާ ވިދާޅުވީ މި ދުވަސް ފާހަގަކުރެއްވުމުގެ ގޮތުން މީސް މީޑިއާގެ މަންސައެއް ކަމުގައިވާ އެކްސް މެދުވެރިކުރައްވައި، ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި އާރުލާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް، ކޮންމެ މާމައަކާއި ކާފައެއްގެ ނަސޭހަތާއި މަގުދެއްކުން ދިވެހި ޤައުމަށް ބޭނުންވާކަމުގައި ފާހަގަކުރައްވާފައިވެއެވެ.

‎ޤައުމީ މާމަ، ކާފައިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ސެޕްޓެންބަރު މަހުގެ 1 ވަނަ ދުވަހެވެ. ޤައުމީ މާމަ، ކާފައިންގެ ދުވަހެއް ކަނޑައަޅައި އެދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ދޮށީ އުމުރުގެ މީހުން ޤައުމަށާއި އެމީހުންގެ އާއިލާއަށް ކޮށްދެއްވާ ޚިދުމަތްތައް ފާހަގަކޮށް އެމީހުންގެ އަގު ވަޒަންކުރުމެވެ.