ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން، މި އޮގަސްޓު މަހުގެ 14 ވާ ބުދަ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ. މިކަން އިޢުލާނުކުރައްވާފައި ވަނީ މިކަމާގުޅޭގޮތުން މިރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ހަމަޖެއްސެވީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، ރާއްޖޭގައި މިހާތަނަށް ރެކޯޑުކުރެވިފައި ނެތް މިންވަރަށް ވާރޭވެހި، ބައެއް ރަށްރަށުގެ މަގުތަކުގައި ފެންބޮޑުވެ، އެތައް ގެޔަކަށާއި ވިޔަފާރިތަކަށާއި މުދަލަށާއި ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއްލިބި، އަދި ގިނަބައެއްގެ އާންމު ދިރިއުޅުމަށް ބޮޑު ދަތިކަމެއް ކުރިމަތިވެ، ހިނގާބިނގާވެ އުޅުމަށާއި، އެއްތަނުން އަނެއްތަނަށް ދަތުރުކުރުމަށް ދަތިވެފައިވާތީއެވެ.