މިއޮފީހުގެ ހުސްވެފައިވާމިދަންނަވާ މަގާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާދަންނަވަމެވެ. މިއޮފީހުގެ ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި،ޤާބިލު މީހުންނެވެ.
1. މަގާމުގެ ނަން:
|
އެސިސްޓެންޓް ޑިރެކްޓަރ، އިކޮނޮމިކް ޕޮލިސީ އެންޑް ރިސަރޗް
|
ރޭންކް:
|
އެމް.އެސް 3
|
އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން:
|
ޕޮލިސީ އެންޑް މެނިފެސްޓޯ އޮފީސް
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
އަސާސީ މުސާރަ:
|
7,035.00 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
2,000.00 ރުފިޔާ
|
އެކްސްކްލޫސިވް ޖޮބް އެލަވަންސް:
|
3,165.75 ރުފިޔާ (އަސާސީ މުސާރައިގެ %45)
|
ލިވިންގ އެލަވަންސް:
|
2,500.00 ރުފިޔާ
|
މަގާމުގެ ޝަރުޠު:
|
- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ޑިޕްލޮމާ) ނުވަތަ ލެވެލް 6 (ޕްރޮފެޝަނަލް ސެޓްފިކެޓް/ އެޑްވާންސްޑް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީ/ ފައުންޑޭޝަން ޑިގްރީ) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ބެޗްލަރސް ޑިގްރީ/ ޕްރޮފެޝަނަލް ސެޓްފިކެޓް/ ޕްރޮފެޝަނަލް ޑިޕްލޮމާ) ނުވަތަ ލެވެލް 8 (ގްރެޖުއޭޓް/ ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓް/ ގްރެޖުއޭޓް/ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ ބެޗްލަރސް ޑިގްރީ ވިތް އޮނަރސް) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 9 (މާސްޓަރސް ޑިގްރީ/ އެޑްވާންސްޑް ޕްރޮފެޝަނަލް ސެޓްފިކެޓް/ އެޑްވާންސްޑް ޕްރޮފެޝަނަލް ޑިޕްލޮމާ) ގެ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:
|
- ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކާއި، ކައުންސިލުތަކާއެކު ބާއްވަވާ ބައްދަލުކުރެއްވުންތަކާ ގުޅޭގޮތުންނާއި، އަދިވެސް މިނޫން ގޮތްގޮތުން އަތޮޅުތަކާ ބެހޭގޮތުން ތައްޔާރު ކުރަންޖެހޭ އިޤްތިޞާދީ ދާއިރާއާ ގުޅޭ މަޢުލޫމާތުތައް ތައްޔާރުކުރުން.
- ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ކ) ގެ ދަށުން ޕޮލިސީ އެންޑް މެނިފެސްޓޯ އޮފީހުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުކުރާ ކަރުދާސްތައް އެކުލަވާލުމުގައި ކުރަންޖެހޭ ދިރާސާތައްކޮށް، ފަންނީ ގޮތުން ފާހަގަކުރެވޭ ކަންކަން ކަމާބެހޭ ފަރާތްތައް މެދުވެރިކޮށް އިޞްލާޙުކުރުމުގެ މަސައްކަތް ކުރުން.
- އިޤްތިޞާދީ ދާއިރާއާ ގުޅުންހުރި ސިޔާސަތުތަކާއި އުސޫލުތައް އެކުލަވާލުމުގެ މަސައްކަތްތައް ރާވައި ހިންގުން.
- ދައުލަތުގެ މުއައްސަސާތަކުން އިޤްތިޞާދީ ދާއިރާއިން ހިންގާ ޕްރޮގްރާމްތަކާއި، މަޝްރޫޢުތަކާއި ޙަރަކާތްތައް، މެނިފެސްޓޯގައިވާ މަޤުޞަދުތައް ހާސިލުކުރެވޭނެގޮތަށް ބައްޓަންކޮށްފައިވޭތޯ ޔަޤީންކުރުމުގެ މަސައްކަތް ކުރުން.
- އިޤްތިޞާދީ ދާއިރާއިން އެކަށައަޅާ އައު ސިޔާސަތުތަކާއި އަދި ތަންފީޛުކުރަމުންދާ ސިޔާސަތުތައް ސަރުކާރުގެ މެނިފެސްޓޯގެ މަޤުޞަދުތައް ހާސިލުވާނެގޮތަށް ހިންގުމަށް ބޭނުންވާ ދިރާސާތައް ކުރުން.
|
.2މަގާމުގެ ނަން:
|
ގާޑު
|
ރޭންކް:
|
އެސް.އެސް 1
|
އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން:
|
ކޯޕަރޭޓް ސަރވިސް އޮފީސް/ އެޑްމިނިސްޓްރޭޝަން
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
ޖިންސު:
|
ފިރިހެން/ އަންހެން
|
އަސާސީ މުސާރަ:
|
3,100.00 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
1,000.00 ރުފިޔާ
|
އެކްސްކްލޫސިވް ޖޮބް އެލަވަންސް:
|
1,395.00 ރުފިޔާ (އަސާސީ މުސާރައިގެ %45)
|
ލިވިންގ އެލަވަންސް:
|
2,500.00 ރުފިޔާ
|
އޮގްޒިލަރީ ސަރވިސް އެލަވަންސް:
|
700.00 ރުފިޔާ
|
މަގާމުގެ ޝަރުޠު:
|
- ލިޔަން ކިޔަން ދަތުން.
ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައި ވުން.
|
މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:
|
- ރިހިޖެހިކޮށީގެ ސެކިއުރިޓީ ބެލެހެއްޓުން.
|
ހުށަހަޅަންޖެހޭ ތަކެތި:
|
ހ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު".
ށ. ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
ނ. ވަޒީފާއަށްއެދޭފަރާތުގެވަނަވަރު.
|
މި މަގާމުތަކަށް ޝަރުޠު ފުރިހަމަވާ މީހުން،ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު ފުރިހަމަކުރެއްވުމަށްފަހު، އެ ފޯމާއެކު މަތީގައި ބަޔާންކޮށްފައިވާ ހުށަހަޅަންޖެހޭ ތަކެތި، 2024 މާރިޗު 27 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، މިއޮފީހުގެ އީމެއިލް [email protected] މެދުވެރިކޮށް ނުވަތަ މި އޮފީހުގެ ރިސެޕްޝަން ކައުންޓަރަށްހުށަހެޅުއްވުން އެދެމެވެ. މި މަގާމުތަކަށް އިންޓަރވިއު ކުރެވޭނީ، މަގާމުގެ ޝަރުޠު ހަމަވެ، ޝޯޓް ލިސްޓް ކުރެވޭ މީހުންނާއެވެ. އަދި، ޝޯޓުލިސްޓުކުރުމުގައި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތަޖުރިބާ ލިބިފައިވާ މިންވަރަށް ބަލައި، އެ މީހުންނަށް އިސްކަންދެވޭނެއެވެ.
އަދި ވަޒީފާއަށް އެދި ފޯމު ހުށަހަޅާއިރު އެދުނު މަގާމުގެ ނަމާއި އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން ސާފުކޮށް އެނގޭގޮތަށް ޖެއްސެވުން އެދެމެވެ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު" މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.މި އޮފީހުގެ ވެބްސައިޓްގެ އެޑްރެހަކީ https://presidency.gov.mv/ އެވެ.
21 މާރިޗު 2024