ސުވާލު:
އަޅުގަނޑު ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އާއި ކޮށްލަން ބޭނުންވާ ސުވާލަކީ މިހާރު މާލޭގައި ފޭސް ދޭއްގައި، ހިޔާ ފްލެޓްތަކުގައި ބަލިމީހުން އުފުލަން އެއްވެސް ކަހަލަ އިންތިޒާމެއް ހަމަޖެހިފައެއް ނެތް. އަޅުގަނޑު ކޮށްލަން ބޭނުންވާ ސުވާލަކީ މިހާރު ކުރިއަށް ހަދަމުން ގެންދާ ލިފްޓުތަކުގައި ބަލިމީހުން އުފުލާ ބާލަން އެއްވެސް ކަހަލަ އިންތިޒާމެއް ހަމަޖެހިފައި ވޭތޯ؟ މާނައަކީ ސްޓްރެޗަރ އިން ބަލިމީހުން ބޭލުމުގެ އިންތިޒާމެއް ނުވަތަ އެރުވުމުގެ އިންތިޒާމެއް ހަމަޖެއްސުމުގެ ވިސްނުންފުޅެއް އެބަހުރިތޯ؟ އެއީ އަޅުގަނޑު ކޮށްލަން ބޭނުންވާ ސުވާލަކީ.


ޖަވާބު:
އާދެ! މުޙައްމަދު ލަބީބުގެ ސުވާލަށް ދަންނަވާލަން ބޭނުންވަނީ މިހާރު ހަރުކުރަމުންދާ ލިފްޓުތައް ހަރުކުރާއިރު ސްޓްރެޗަރ އެރުވޭ ލިފްޓުވެސް އޭގައި ހިމެނޭނޭ. އެހެންވީމާ ހިޔާ ފްލެޓްތަކުގައި ހަރުކުރެވޭ ލިފްޓުތަކުގެ މަޝްރޫޢޫ ނިމޭއިރު އިރާދަކުރެއްވިއްޔާ ދެންމެ ތިޔަ ފާހަގަކުރެއްވި ކަންތަކަށް ޙައްލެއް ލިބިގެންދާނެ. ޝުކުރިއްޔާ!