ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މާޅޮސްމަޑުލު ދެކުނުބުރީ އިނގުރައިދޫ ތަރައްޤީއަށް އެންމެ މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން އެރަށު ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ)އާއެކު މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ރ. އިނގުރައިދޫ ސްކޫލުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށްގިރުމުގެ މައްސަލަ ހައްލުކުރުމާއި ބަނދަރާއި ގުޅިގެން ބޭނުންވާ ކަންކަމާއި ސްލިޕްވޭއެއްގެ މުހިންމުކަމާއި 100 ހައުސިންގް ޔުނިޓުގެ މަސައްކަތް އަވަހަށް ފެށުމާއި މަގުހެދުމުގެ މަޝްރޫއަށް ރަށުގެ މުހިންމު އިތުރު މަގުތަކެއް ހިމެނުމާއި ސްކޫލް ކްލާސްރޫމުތަކެއް ހިމެނޭ އިމާރާތުގެ މަސައްކަތް ނުނިމި ލަސްވުން ހިމެނެއެވެ.

މީގެ އިތުރުން ކައުންސިލު އިދާރާގެ ޖާގައިގެ ދަތިކަން ޙައްލުކުރުމާއި އަދި މިނޫންވެސް ރަށުގެ ތަރައްޤީއަށް މުހިންމުކަންތައްތައް ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރައްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ އެންމެ ފަހުގެ މަޢޫލޫމާތުތައް ހިއްސާކުރައްވާފައެވެ.