ސެއިންޓް ލޫޝާގެ 45 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި، ސެއިންޓް ލޫޝާގެ ބޮޑުވަޒީރު ފިލިޕް ޖޮސެފް ޕިއާރ އަދި ވަގުތީ ގަވަރނަރ ޖެނެރަލް ސިރިލް އީ. އެމް. ޗާރލްސްއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެ މެސެޖް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، އެ ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖުގައި، އެމަނިކުފާނު ވަނީ ސެއިންޓް ލޫޝާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ދެ މެސެޖުވެސް ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ސެއިންޓް ލޫޝާގެ ރައީސަށާއި ވަގުތީ ގަވަރނަރ ޖެނެރަލްއަށް، ދުޅަހެޔޮކަމާއި ފުރިހަމަ ޞިއްޙަތަކަށް އެދިވަޑައިގެން، ސެއިންޓް ލޫޝާގެ ރައްޔިތުންނަށް އުފާފާގަތިކަމާއި ކުރިއެރުމަށް އެދިވަޑައިގެންފައެވެ.