ނެމީބިއާގެ ރައީސް ހާގޭ ގެންގޮބް، އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި، 2024 ފެބުރުވަރީ 6 ވާ އަންގާރަ ދުވަހުން ފެށިގެން 2024 ފެބުރުވަރީ 7 ވާ ބުދަ ދުވަހުގެ ނިޔަލަށް (ދެ ދުވަސް ވަންދެން) ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.