ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިޝަން މޯލްޑިވްސްގެ ތިން މުއައްސިސުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިޝަން މޯލްޑިވްސްއަކީ، ރާއްޖެއަށް ބޭނުންވާ ވޮލަންޓިއަރުން ހޯއްދަވައިދެއްވުމުގެ މަސައްކަތް ކުރެއްވުމަށްޓަކައި، އިނގިރޭސިވިލާތުގެ ތިންބޭފުޅަކު އިސްނަންގަވައިގެން އުފައްދަވާފައިވާ އަމިއްލަ ޖަމާޢަތެކެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިބޭފުޅުންގެ މަސައްކަތަށް މަރްޙަބާ ވިދާޅުވެ، ޝުކުރު އަދާކުރެއްވިއެވެ. އަދި ރާއްޖޭގެ އިޖްތިމާޢީ، އިޤްތިޞާދީ އަދި ސިޔާސީ ތަރައްޤީގައި ވޮލަންޓިއަރުންގެ ދައުރު ފުޅާކުރައްވައި ކުރިއެރުއްވުމަކީ، ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.