ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދުއަށް ކުރައްވާ ދަތުރުފުޅެއް މިއަދު ހެނދުނު ފަށްޓަވައިފިއެވެ. މިދަތުރުފުޅުގައި، ތިނަދޫ ހައުސިންގ ޕްރޮގްރާމާބެހޭ މަޢްލޫމާތު ދެއްވުމަށް މިއަދު މެންދުރުފަހު ބާއްވަވާ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާނެއެވެ. އަދި ކުނި ނައްތާލުމުގެ ޕްރޮގްރާމް މާދަމާ އިފްތިތާޙުކޮށްދެއްވާނެއެވެ. މިރޭ ތިނަދޫގައި ބާއްވަވާ ދަނޑުވެރިކަމާބެހޭ ސެމިނާރެއްގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ތިނަދުއަށް މިކުރައްވާ ދެދުވަހުގެ ދަތުރުފުޅުގައި، ރަށުގެ މުއައްސަސާތަކުގެ ވެރިންނާއި، ކަމުވޮށިވެގެންވާ ބޭފުޅުންނާ ބައްދަލުކުރައްވާނެއެވެ. އަދި ރަށުގެ ޢާންމު ޙާލަތު ބައްލަވާލައްވާނެއެވެ.