ސިންގަޕޫރުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުގެ ނައިބުގެ މަގާމަށް ފުވައްމުލަކު މާދަޑިގޭ މުޙަންމަދު އިބްރާހީމްދީދީ، ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ. މިމަގާމަށް އޭނާ ހަމަޖެއްސެވީ، މިނިސްޓަރުގެ ނައިބުގެ ފެންވަރުގައެވެ.

މުޙަންމަދު އިބްރާހީމްދީދީ މިހާތަނަށް ހުންނެވީ ސިންގަޕޫރުގައި ހުންނަވާ ޓްރޭޑް ރެޕްރެޒެންޓެޓިވްގެ މަގާމުގައެވެ.