އިންޑިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު އަދި އިންޑިޔާގެ ކުރީގެ ބޮޑުވަޒީރު ރަޖީވް ގާންދީގެ ދަރިކަލުން އޮނަރަބަލް ރާހުލް ގާންދީ މިއަދު މެންދުރު ރާއްޖެ ވަޑައިގެންފިއެވެ. ރާހުލް ގާންދީގެ މިދަތުރުފުޅަކީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުން ރާހުލް ގާންދީއަށް މަރުޙަބާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދެވެ. މީގެއިތުރުން ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާޙިމް ޙުސައިން ޒަކީއާއި، ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރ ޙަސަން އަފީފާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަޙްމަދު ޝަހީދު، ރާހުލް ގާންދީގެ އިސްތިޤްބާލުގައި ތިއްބެވިއެވެ.