ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ބަޙްރެއިންގެ މިނިސްޓަރ އޮފް ފިނޭންސް ޝައިޙް އަޙްމަދު ބިން މުޙަންމަދު އަލް ޚަލީފާއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި ދެޤައުމުގެ ދެމެދުގައި އިޤްތިޞާދީ ގޮތުން ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރްޞަތުތަކާ ބެހޭގޮތުންނާއި، ސަރުކާރުން މިހާރު ގެންގުޅުއްވާ އިޤްތިޞާދީ ސިޔާސަތާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ބަޙްރައިންގެ ފިނޭންސް މިނިސްޓަރަށް މަޢުލޫމާތު ދެއްވިއެވެ.

ޝައިޙް އަޙްމަދު ބިން މުޙަންމަދު އަލް ޚަލީފާއަކީ، ބަޙްރެއިންގެ މުމްޠަލަޤަތު ހޯލްޑިންގ ކޮމްޕެނީގެ ޗެއަރމަން އަދި ޕެންޝަން ފަންޑް ކޮމިޝަންގެވެސް ޗެއަރމަނެވެ.