ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބަޙްރައިންގެ ރަސްގެފާނު ޙަމަދު ބިން ޢީސާ އަލްޚަލީފާއާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ބަޙްރައިނަށް ދަތުރުފުޅެއް ކުރެއްވީތީ، ބަޙްރައިންގެ ރަސްގެފާނު ރައީސުލްޖުމްހޫރިއްޔާއަށް މަރްޙަބާއަށް ވިދާޅުވިއެވެ. މިބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި ބަޙްރައިނާ ދެޤައުމުގެ ގުޅުމާ ބެހޭގޮތުން ޚާއްޞަކޮށް، އިޤްތިޞާދީ ދާއިރާގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ބަޙްރައިންގެ ރަސްގެފާނު ވާހަކަފުޅު ދެއްކެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަގު ހުޅުވިގެން ހިނގައްޖެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް މިބައްދަލުކުރެއްވުމުގައި ބަޙްރައިންގެ ރަސްގެފާނު ވިދާޅުވިއެވެ.