ކަރަންޓުގެ ސަބްސިޑީޒް ދެއްވުމާ ގުޅޭގޮތުން ސަރުކާރުން ގެންނަވާ ބަދަލުގެ ތަފްޞީލު، މާދަމާގެ ރޭޑިޔޯ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހާމަކުރައްވާނެއެވެ. ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި މާދަމާ ހެނދުނު 10 ޖަހާއިރު ރައީސުލްޖުމްހޫރިއްޔާ ރޭޑިޔޯ ޚިޠާބު ދެއްވާއިރު، އެމަނިކުފާނު ހުންނަވާނީ އިންޑިޔާގެ ޗެންނާއީގައެވެ.

މާދަމާގެ ޚިޠާބުގައި، ރައީސުލްޖުމްހޫރިއްޔާ އަބޫދާބީއަށާއި ބަޙުރެއިނަށް ކުރެއްވި ދަތުރުފުޅުގެ އިތުރު ތަފްޞީލުވެސް ދެއްވާނެއެވެ. މިގޮތުން އެމަނިކުފާނު ބައްދަލުކުރެއްވި ބޭފުޅުންނާއި، އެބޭފުޅުންނާ ބައްދަލުކުރައްވައި މައިގަނޑު ގޮތެއްގައި ދެއްކެވި ވާހަކަފުޅުތަކުގެ މައްޗަށް ބައްލަވާލައްވާނެއެވެ.