ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިހާރު ބަޙުރައިނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެމަނިކުފާނުގެ ޝަރަފުގައި ބަޙުރައިންގެ ފޮރިން މިނިސްޓަރ ޝައިޚް ޚާލިދު ބިން އަޙްމަދު އަލް ޚަލީފާ، ރޭ ދެއްވި ފަރިއްކޮޅެއްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންފިއެވެ.

މި ފަރިއްކޮޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިދަތުރުފުޅުގައި ގެންދެވި ދިވެހި ވަފްދުގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިފަރިއްކޮޅުގައި، ރާއްޖެއާއި ބަޙުރައިނާ ދެޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ބަޙުރައިންގެ ފޮރިން މިނިސްޓަރ ވާހަކަފުޅު ދެއްކެވިއެވެ.