މާދަމާ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ރޭޑިއޯ ޚިޠާބުގައި، އަންނަ ހަފްތާގައި އެމަނިކުފާނު އަބޫދާބީއަށާއި އިންޑިޔާއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅެއްގެ ތަފްޞީލު ދެއްވާނެއެވެ.

މާދަމާއަކީ، ރާއްޖޭގެ ޅެންވެރިންގެ ދުވަސް ކަމަށްވުމާއެކު، މިދުވަހުގެ މައްޗަށާއި، މިދުވަސް ނިސްބަތްވެގެންވާ އަލްއުސްތާޛު އަލްމަރްޙޫމް އިބްރާހީމް ޝިހާބުގެ އަދަބީ ޚިދްމަތްތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވާނެއެވެ. މީގެއިތުރުން، ސަރުކާރުގެ ސަބްސިޑީގެ ސިޔާސަތާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވާނެއެވެ.