މިނިސްޓަރ އޮފް ސިވިލްއޭވިއޭޝަން އެންޑް ކޮމިއުނިކޭޝަންގެ ނައިބުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ދެބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ. މިމަގާމަށް ޢައްޔަން ކުރެއްވި އެއްބޭފުޅަކީ، ފާދިއްޕޮޅު ހިންނަވަރު ނޫރާނީއާގޭ އާމިނަތު ޞާލިޙެވެ. އޭނާ މިހާތަނަށް ހުންނެވީ ސިވިލް އޭވިއޭޝަން ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުގައެވެ.

މިމަގާމަށް ޢައްޔަން ކުރެއްވި އަނެއް ބޭފުޅަކީ، މާފަންނު ނަންނާރިގޭ މުޙަންމަދު ފަޔާޒެވެ. މުޙަންމަދު ފަޔާޒު މިމަގާމަށް ޢައްޔަން ކުރެއްވީ އޭނާ މިހާތަނަށް ހުންނެވި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުން ވަކިކުރެއްވުމަށްފަހުގައެވެ.