ފުލުހުންގެ ޤާނޫނުގެ 54 ވަނަ މާއްދާގެ (ށ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ތިންބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ. މިގޮތުން، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ޢައްޔަން ކުރެއްވި ތިންބޭފުޅުންނަކީ، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމުގައި ތިއްބެވި ކޮޅުމަޑުލު އޮމަދޫ ދިލާސާގޭ އަޙްމަދު މުނީރާއި، ހެންވޭރު ހަބަރުގޭ މުޙަންމަދު ރިޝްވާނާއި، ޗީފް އިންސްޕެކްޓަރ ކަމުގެ މަގާމުގައި ހުންނެވި މާފަންނު ސޯމާ އިސްމާޢީލް ޢަޠީފެވެ.