ޕޯސްޓަލް ބޭންކު ޚިދުމަތް ދިނުމާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވައިފިއެވެ.

މިކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުން ނިންމެވީ، މިކަމާބެހޭ ފީސިބިލިޓީ ދިރާސާއެއް ހެއްދެވުމަށެވެ. އަދި މިމައްސަލަ އިތުރަށް ދިރާސާ ކުރެއްވުމަށް ވަޒީރުންގެ ކޮމިޓީއެއްވެސް މިއަދު އެކުލަވާލެއްވިއެވެ.

ރައްޔިތުންނަށް ލިބޭ އާމްދަނީން ފައިސާ އިތުރުކުރެވޭނެ އަދި ފައިސާ ރައްކާކޮށް ބެލެހެއްޓޭނެ އިތުރު ވަސީލަތެއް ހަމަޖެއްސެވުމަށާއި، އަދި މީގެއިތުރުން، ޕެންޝަނަރުންނަށް ލިބޭ އާމްދަނީވެސް ސަލާމަތްތެރިކަމާއެކު ރައްކާކޮށް ބެލެހެއްޓޭނެ އިތުރު ގޮތްތަކެއް ހަމަޖައްސަވައި ދެއްވުމަށްޓަކައި، ޕޯސްޓަލް ބޭންކެއް ހެއްދެވުމަށް ސަރުކާރުން ވަނީ މިހާތަނަށް ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ.