ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މާދަމާ ދެއްވާ ރޭޑިޔޯ ޚިޠާބުގައި ބަޖެޓް ތަންފީޒު ކުރެއްވުމުގައި އެމަނިކުފާނު ދެކިވަޑައިގަންނަވާ ބައެއް ގޮތްތައް ފާހަގަކުރައްވާނެއެވެ. އަދި ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ބައްލަވާލައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބު، ދިވެހިރާއްޖޭގެ އަޑުން ފޮނުއްވާނީ މާދަމާ ހެނދުނު 10 ޖަހާއިރުއެވެ.