ދިވެހިރާއްޖޭގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމާބެހޭ ގަވާއިދު ނެރުއްވައި، ދިވެހި ސަރުކާރުގެ ގެޒެޓްގައި މިއަދު ޝާއިޢު ކުރައްވައިފިއެވެ.

މިގަވާއިދަކީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2/99)ގެ 17 ވަނަ މާއްދާއާއި 18 ވަނަ މާއްދާގެ ދަށުން ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދިނުމާއި، އެފަދަ ގެސްޓްހައުސްތަކުން ލިބެން ހުންނަން ޖެހޭނެ ފަސޭހަތަކުގެ މިންގަނޑާއި، އެފަދަ ގެސްޓްހައުސްތަކުން ލިބެން ހުންނަން ޖެހޭނެ ޚިދްމަތްތައް ކަނޑައެޅުމަށްޓަކައި އެކުލަވާލެވިފައިވާ ގަވާއިދެކެވެ.

ދިވެހިރާއްޖޭގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމާބެހޭ ގަވާއިދަށް ޢަމަލުކުރައްވަން ފަށްޓަވާނީ 15 ޖަނަވަރީ 2010 ން ފެށިގެންނެވެ.