ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ގަޔާނާގެ ރައީސް ބަރަތް ޖަގްދިޔޯއާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުމުގައި، ކޯޕަންހޭގަން ސަމިޓާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

އިންޓަރ ގަވަރންމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް، އައި.ޕީ.ސީ.ސީ އިން މިހާރު ނެރެފައިވާ ރިޕޯޓުގައި، ޖައްވު ހޫނުވާ މިންވަރު، އިތުރު ދެޑިގްރީއަށް މައްޗަށްދާނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، އައި.ޕީ.ސީ.ސީ އިން ދެން ނުކުންނަ ރިޕޯޓުގައި ޖައްވު ހޫނުވާ މިންވަރު 1.5 އަށް ތިރިވާނެ ކަމަށް އަންދާޒާ ކުރެވޭތީ، އެ ރިޕޯޓް ނުކުތުމުން، މި މިންވަރާ ބެހޭގޮތުން އިތުރަށް މަޝްވަރާ ކުރެއްވުމަށް ދެބޭފުޅުން އެއްބަސްވެވަޑައިގެންނެވިއެވެ.