ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ސްކޮޓްލަންޑްގެ ފަސްޓް މިނިސްޓަރ އެލެކްސް ސެލްމަންޑާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ސްކޮޓްލަންޑާ ދެޤައުމުގެ ދެމެދުގައިވާ ގާތް ރަޙްމަތްތެރި ގުޅުމާބެހޭގޮތުންނާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވޭނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. މިގޮތުން، ތަޢްލީމާއި އިޢާދަކުރަނިވި ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުމެއްގައި، 2010 ވަނަ އަހަރު އޮކްޓޯބަރު މަހުގެ ތެރޭގައި ސޮއިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއާއި ސްކޮޓްލަންޑްގެ ފަސްޓް މިނިސްޓަރ، މިބައްދަލުވުމުގައި އެއްބަސްވެވަޑައިގެންނެވިއެވެ.