ސާފް ޗެމްޕިއަންޝިޕްގައި މާދަމާ ރާއްޖެ، އިންޑިޔާއާ ބައްދަލުކޮށް ކުޅޭ ފައިނަލް މެޗު ބައްލަވާލައްވުމަށާއި ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމަށް ރައީސުލްޖުމްހޫރިއްޔާއާއި، ސަރުކާރާއި، ރައްޔިތުންގެ ފަރާތުން ހިތްވަރު ދެއްވުމަށް ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ބަންގްލަދޭޝްގެ ޑާކާ ވަޑައިގަތުމަށް މިރޭ ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ފުރާވަޑައިގަންނަވަމުން ނައިބު ރައީސް ދެއްވި ބަސްދީގަތުމެއްގައި، މި މުބާރާތަކީ ހުރިހާ ދިވެހިންގެ ލެއާ ވަރަށް ބޮޑަށް ގުޅިފައިވާ މުބާރާތެއް ކަމުގައި ވިދާޅުވިއެވެ.