ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، ތައިލެންޑްގެ ވިޔަފާރިވެރިންގެ ވަފްދަކާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު އޮތް މިބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ތައިލެންޑާ ދެޤައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގާތްގުޅުން، މި ވޭތުވެދިޔަ ދުވަސްތަކުގައި އިތުރަށް ބަދަހިވެފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން އިތުރަށް ތަރައްގީކުރުމެގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުޞަތުތަކާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމުގެ ޝައުޤުވެރިކަން ތައިލެންޑުގެ ވަފްދުގެ ބޭފުޅުން މިބައްދަލުކުރެއްވުމުގައި ހާމަކުރެއްވިއެވެ.